ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ފަށައިފި

Advertisement

ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ފަށައިފި

ފަހުމިނެޓް

ދިވެހި ރާއްޖޭގެ ފުޓުބޯޅަ އެސޯސިއޭޝަނުން ހިންގާ ތިންވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ.

މިއަހަރުގެ މުބާރާތުގައި 47 ޓީމު ވާދަކުރާއިރު ޓީމުތައް ވަނީ އަށް ގުރޫޕަކަށް ބަހާލާފައެވެ.

Advertisement

އެފްއޭއެމް އެއް ނަންބަރު ޓާފް އަދި ހެންވޭރު ދަނޑުގައި ކުރިއަށްދާ މިމުބާރާތުގެ ފުރަތަމަ މެޗު އިއްޔެ ހަވީރު ކުޅެވިފައިވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ގުރޫޕް 1 ގެ ރޭޖް ސްޕޯޓްސް ކުލަބާއި ފެލްކަން ސްޕޯޓްސް ކުލަބެވެ. މިމެޗު 4-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރޭޖް ސްޕޯޓްސް ކުލަބެވެ. އެޓީމުގެ އަލީ މުއާޒް ގޯލެއް ޖަހާފައިވާއިރު ހަސަން ޝާމިހް ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ.

ބުރު ސްޕޯޓްސް ކުލަބް އަދި ވިލިމާލެ ޔުނައިޓެޑް މިއަދުގެ މެޗު ފެށުމުގެ ކުރިން. – ފޮޓޯ: ބުރު ސ.ކ. ފޭސްބުކް

މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރީ ގުރޫޕް 2 ގެ ބުރު ސްޕޯޓްސް ކުލަބާއި ވިލިމާލެ ޔުނައިޓެޑެވެ. މިމެޗު ނިމުނީ 4-0 އިން ބުރު، މެޗު ކާމިޔާބު ކޮށްގެންނެވެ. ބުރު ސްޕޯޓްސްގެ ހަތަރު ލަނޑުވެސް ޖަހައިދިނީ 2008 ވަނަ އަހަރުގެ ދިވެހިރާއްޖެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ސްކޮޑުގައި ހިމެނޭ ފޯވަޑް ޝިނާޒް ހިލްމީ އެވެ. ހުއްރިއްޔާ ސްޕޯޓްސް ކުލަބުން ފާހަގަވި ޝިނާޒް ވަނީ މީގެކުރިން ފުރަތަމަ ޑިވިޝަނުގައި ވެލެންސިޔާ އާއި ވީބީ އަދި ނިއުރޭޑިއަންޓްގެ އިތުރުން މާޒިޔާ، އީގަލްސް އަދި ވިކްޓްރީ އަށްވެސް ކުޅެފައެވެ.

ތިންވަނަ ޑިވިޝަނުގައި މާދަމާ ވެސް މެޗެއް ކުޅެވިގެން ދާނެއެވެ. ބައްދަލުކުރާނީ ގުރޫޕް 3 ގެ ލެގޫންސް ސްޕޯޓްސް ކުލަބާއި ސީބީއެލް ސްޕޯޓްސް އެވެ.

މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަނުގެ ޗެމްޕިއަނުންނަކީ ދިވެހި ސިފައިންގެ ކުލަބެވެ. ސިފައިންގެ ކުލަބް ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ސީ ލައިފް ސްޕޯޓްސް ކުލަބް ބަލިކޮށްގެންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *