ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމު ސާފް މުބާރާތުން ކަޓައިފި

Advertisement

ރާއްޖޭގެ 15 އަހަރުން ދަށުގެ ޓީމު ސާފް މުބާރާތުން ކަޓައިފި

ޢަލީ ޝަހީމް
ނޭޕާލަށް ފުރި ރާއްޖޭގެ 15 އަހަރުން ދަށުގެ ގައުމީ ޓީމް. ފޮޓޯ: އެފްއޭއެމް

ނޭޕާލްގެ ކަތަމަންޑޫގައި މިހާރު ކުރިއަށްދާ 15 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުން ރާއްޖޭގެ ފިރިހެން ފުޓްބޯޅަ ޓީމު ކަޓައިފިއެވެ. ރާއްޖެ ކެޓީ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިއަދު ހަވީރު ބަންގްލަދޭޝްއާ ވާދަކޮށް 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެގެންނެވެ.

ގްރޫޕުގެ ފުރަތަމަ މެޗުގައި ނޭޕާލާ ވާދަކޮށް ރާއްޖެ ބަލިވީ 4-0 އިންނެވެ. ތިން ޓީމު ހިމެނޭ މި ގްރޫޕުގެ އެއްވަނަ ފައިދާ ގޯލުގެ ތަފާތުން ލިބެނީ ބަންގްލަދޭޝްއަށެވެ. މި ގްރޫޕުން އެއްވަނައަށްދާ ޓީމެއް ކަށަވަރު ވާނީ ނޭޕާލާއި ބަންގްލަދޭޝް ވާދަކުރާ މެޗަށްފަހުއެވެ. މި ދެޓީމުގެ އިތުރުން ގްރޫޕް ބީގައި ހިމެނޭ ޕާކިސްތާނުވެސް ވަނީ ސެމީގެ ޖާގައެއް ހޯދާފައެވެ. އެ ގްރޫޕުގެ ފުރަތަމަ މެޗުގައި ޕާކިސްތާނުން ވަނީ 2-1 އިން އިންޑިއާ ބަލިކޮށްފައެވެ. އަދި އެޓީމު ވަނީ މިއަދު ބޫޓާނާ ވާދަކުރި މެޗު 4-0 އިން ކާމިޔާބު ކޮށްފައެވެ. ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ވާނީ އިންޑިއާއާއި ބޫޓާން ބައްދަލުކުރާ މެޗަށްފަހުއެވެ.

Advertisement

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ބަންގްލަދޭޝްއިން ވަނީ ހަތަރު ގޯލު ޖަހައިފައެވެ. އަދި ދެވަނަ ހާފު ފެށިގެން ފުރަތަމަ ދެމިނެޓުގައި ޖެހި ދެގޯލާއެކު އެޓީމުން ނަތީޖާ 6-0 އަށް ބަދަލު ކޮށްލިއެވެ. އެއަށްފަހު ރާއްޖޭގެ ޓީމުން ފެނުނީ ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކުޅުނުތަނެވެ. އެކަމަކު ބަންގްލަދޭޝް ޓީމުން ވަނީ އޭގެ ފަހުންވެސް ތިން ގޯލު ޖަހައިފައެވެ. މުޅި މެޗުގައިވެސް ބަންގްލަދޭޝް މޮޅަށް ކުޅުނުއިރު ރާއްޖޭގެ ޓީމުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. ބަންގްލަދޭޝް ޓީމު ވަނީ މުބާރާތް ފެށުމުގެ ދެމަސްދުވަސް ކުރިން ތައްޔާރުވާން ފަށައިފައެވެ. މިފަހަރުގެ މުބާރާތުގައި ސްރީ ލަންކާއިން ބައިވެރިވެފައެއް ނުވެއެވެ.

މިއީ 15 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މި މުބާރާތް ކުރިއަށް ގެންދާ ފަސްވަނަ ފަހަރެވެ. މިދިޔަ އަހަރު މި މުބާރާތް ކާމިޔާބު ކުރީ ފައިނަލުގައި ނޭޕާލް ބަލިކޮށް އިންޑިއާއެވެ. އިންޑިއާއިން ވަނީ 2013 ވަނަ އަހަރުގެ މުބާރާތްވެސް ކާމިޔާބު ކޮށްފައެވެ. 2011 ވަނަ އަހަރު ބޭއްވި ފުރަތަމަ މުބާރާތް ޕާކިސްތާން ކާމިޔާބު ކުރިއިރު 2015 ވަނަ އަހަރުގެ މުބާރާތް ކާމިޔާބު ކުރީ ބަންގްލަދޭޝް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *