ފައިނަލުގެ ފަހު ޖާގަ ސިފައިންނަށް

Advertisement

ފައިނަލުގެ ފަހު ޖާގަ ސިފައިންނަށް

ޢަލީ ޝަހީމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަނުގެ ފައިނަލުގެ ފަހު ޖާގަ ދިވެހި ސިފައިންގެ ކްލަބް ހޯދައިފިއެވެ. އެޓީމު ފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ ރޭ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ކުޅުނު ސެމީ ފައިނަލުގެ ތިންވަނަ މެޗުގައި ހުޅުމާލެ ސްޕޯޓްސް ކްލަބް ތިންސެޓު އެއްސެޓުން ބަލިކޮށްގެންނެވެ.

ދިވެހި ސިފައިންގެ ކްލަބް ވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕޮލިސް ކްލަބް އަތުން ތިންސެޓު ދެސެޓުން ބަލިވެފައެވެ. ހުޅުމާލެ ސްޕޯޓްސް ކްލަބް ތިންވަނަ ސެމީ ފައިނަލަށް ދަތުރުކުރީ ދެވަނަ ސެމީ ފައިނަލުގައި ގުޑީސް ސްޕޯޓްސް ކްލަބް ސީދާ ތިންސެޓުން ބަލިކޮށްގެންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ދެސެޓު ގެންދިޔައީ ދިވެހި ސިފައިންގެ ކްލަބުންނެވެ. ފުރަތަމަ ސެޓު 19-25 އިން ގެންދިޔައިރު ދެވަނަ ސެޓު ގެންދިޔައީ 18-25 އިންނެވެ. ތިން ސެޓުން މޮޅުވާން ލިބުނު ފުރުސަތު ސިފައިންގެ ކްލަބަށް ގެއްލުނީ ތިންވަނަ ސެޓު 25-17 އިން ހުޅުމާލެ ސްޕޯޓްސް ކްލަބް ކާމިޔާބު ކުރުމުންނެވެ. ނަމަވެސް ސިފައިންގެ ކްލަބުން ވަނީ ޖެހިގެން އައި ސެޓު 17-25 އިން ކާމިޔާބުކޮށް ފައިނަލުގެ ފަހުޖާގަ ކަށަވަރު ކޮށްފައެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހުޅުމާލެ ސްޕޯޓްސް ކްލަބްގެ އިސްމާއީލް ސާޖިދު އެވެ.

މުބާރާތުގެ ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް ނުކުންނާނީ ޕޮލިސް ކްލަބާއި ދެކޮޅަށެވެ. ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެރޭ 8:30 ގައި ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *