ސިޔާމް-މައުރޫފް ސޮކާ ކަޕް އަންނަ މަހު ބާއްވަނީ

Advertisement

ސިޔާމް-މައުރޫފް ސޮކާ ކަޕް އަންނަ މަހު ބާއްވަނީ

ޢަލީ ޝަހީމް
މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދި މިލަދޫ ޓީމަށް ތަށި ހަވާލުކޮށްދެއްވަނީ. ފޮޓޯ: ސިޔާމް މައުރޫފް ސޮކާ ކަޕް

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އަތޮޅުތެރޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސިޔާމް-މައުރޫފް ސޮކާ ކަޕް އަންނަ މަހު 24 ގައި ފަށަން ނިންމައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް ނ. އަތޮޅުގެ ރަށްތަކަށް ވަނީ ހުޅުވާލާފައެވެ.

މި މުބާރާތް އެންމެ ފުރަތަމަ ބޭއްވީ 2014 ވަނަ އަހަރު ކުޑަފަރީގައެވެ. އެފަހަރު މުބާރާތް ކާމިޔާބު ކުރީ މަނަދޫ ޓީމެވެ. އޭގެ ފަހުން 2015 އަހަރު ކުޑަފަރީގައި ބޭއްވި މުބާރާތާއި އަދި 2016 ވަނަ އަހަރު ކެނދިކުޅުދޫގައި ބޭއްވި މުބާރާތް ކާމިޔާބު ކުރީ ނ. ހޮޅުދޫ އެވެ. މިދިޔަ އަހަރުގެ މުބާރާތް މާޅެންދޫގައި ބޭއްވިއިރު އެ މުބާރާތް ކާމިޔާބު ކުރީ މިލަދޫ އެވެ. މިލަދޫން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 1-0 އިން ނ. ލަންދޫ ބަލިކޮށްގެންނެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅައިފައެވެ. ރަނަރަޕް ޓީމަށް އެއްލައްކަ ދޭ ގޮތަށް ނިންމާފައިވާއިރު ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ ކަނޑައަޅައިފައިވެއެވެ. މީގެ އިތުރުން އެންމެ މޮޅު ސަޕޯޓަރުން ހޮވައި އެރަށަކަށް 15،000 ރުފިޔާ ދޭގޮތަށް ވަނީ ނިންމާފައެވެ.

މި މުބާރާތުގެ ޝަރަފްވެރި މެހެމާނުންގެ ގޮތުގައި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރިން ވޭތުވެދިޔަ ދެ އަހަރު ވަނީ ބައިވެރިވެފައެވެ. 2016 ވަނަ އަހަރު ފައިނަލް މެޗުގެ ޝަރަފްވެރި މެހްމާނަކަށް ބާސެލޯނާ އަދި ސްޕެއިންގެ ލެޖެންޑް ކާލޮސް ޕުޔޮލް ހަމަޖެއްސިއިރު މިދިޔަ އަހަރުގެ މުބާރާތުގެ ޝަރަފްވެރި މެހްމާނަކަށް ރާއްޖެ ޒިޔާރަތްކުރީ ޗެލްސީގައި މޮޅު ކުޅުމެއް ދެއްކި ޑިޑިއޭ ޑްރޮގްބާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *