ހަތަރު މެޗަށްފަހު ބަޔާން މިއުނިކަށް މޮޅެއް

Advertisement

ހަތަރު މެޗަށްފަހު ބަޔާން މިއުނިކަށް މޮޅެއް

ޢަލީ ޝަހީމް
ބަޔާންގެ ތިންވަނަ ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ. ފޮޓޯ: ޓްވިޓާ

ޖަރުމަނު ލީގުގައި ރޭ 3-1 އިން ވޮލްފްސްބާގް ބަލިކޮށް ހަތަރު މެޗަށްފަހު ބަޔާން މިއުނިކް ފުރަތަމަ މޮޅު ހޯދައިފިއެވެ. ރޭގެ މެޗުގެ ކުރިން ލީގުގައި ކުޅުނު ތިން މެޗާއި ޗެމްޕިއަންސް ލީގުގައި އަޔަކްސް އާއި ކުޅުނު މެޗުންވެސް އެޓީމަށް މޮޅެއް ލިބިފައެއް ނުވެއެވެ.

ރޭގެ މޮޅާއެކު ބަޔާން ވަނީ 16 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. ލީގުގެ އެއްވަނައިގައި އޮތީ މި ސީޒަނުގައި ރަނގަޅު ފޯމެއްގައި އޮތް ބޮރޫޝިޔާ ޑޯޓްމަންޑެވެ. 20 ޕޮއިންޓާއެކު ޑޯޓްމަންޑް އެއްވަނައިގައި އޮތްއިރު ތިންވަނައިގައި 17 ޕޮއިންޓާއެކު އޮތީ ވޭޑަބްރެމަން އެވެ.

Advertisement

ބަޔާނުން ރޭގެ މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ރޮބާޓް ލެވަންޑޮސްކީ އެވެ. ލެވަންޑޮސްކީ މެޗުގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 30 ވަނަ މިނެޓުގައެވެ. ދެވަނަ ހާފު ފެށިގެން ތިންވަނަ މިނެޓުގައި ލެވަންޑޮސްކީ ވަނީ ބަޔާނަށް ދެވަނަ ލަނޑު ޖަހައިދީ ލީޑު ފުޅާކޮށްފައެވެ. އެއަށްފަހު މެޗުގެ 57 ވަނަ މިނެޓުގައި ބަޔާންގެ އާޔަން ރޮބެންއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުން އެޓީމުން ކުޅެމުން ދިޔައީ ދިހަ ކުޅުންތެރިންނާއެކުއެވެ. 63 ވަނަ މިނެޓުގައި ވޮލްފްސްބާގުން މެޗުގެ ހަމައެކަނި ލަނޑު ޖެހީ ވައުޓް ވެގޯސްޓެވެ. ބަޔާންގެ ތިންވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ޖެހީ ހަމެސް ރޮޑްރިގޭޒް އެވެ. އޭނާ މި ލަނޑު ޖެހީ މެޗުގައި ދެ ލަނޑު ޖެހި ލެވަންޑޮސްކީ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *