ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރު މިއަދު ފަށަނީ

Advertisement

ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރު މިއަދު ފަށަނީ

ޢަލީ ޝަހީމް
މިދިޔަ އަހަރު ދިވެހި ޕްރިމިއާ ލީގު ކާމިޔާބު ކުރި ނިއު ރޭޑިއަންޓް ޓީމް އަށްޑަނަ އުފުލާލަނީ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރު މިއަދު ފަށާނެއެވެ. ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެން ރެކްރިއޭޝަން ކްލަބާއި އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ. ދެވަނަ ބުރަށް ކޮލިފައި ވެފައިވަނީ ފުރަތަމަ ބުރުގެ ގަދަ އަށް ޓީމެވެ. ފުރަތަމަ ބުރުން ގަދަ އަށެއްގެ ފުރުސަތު ނުލިބި ކެޓީ މިނިވަން ޗެމްޕިއަންޝިޕުން ލީގަށް ކޮލިފައިވި ތ. ތިމަރަފުށްޓާއި ބ. ފެހެންދޫ އެވެ. ފުރަތަމަ ބުރުގައި ލިބުނު އެއް ޕޮއިންޓާއެކު ތިމަރަފުށި ދިޔައީ ފުލަށެވެ. ލީގުގެ ނުވަ ވަނައަށްދިޔަ ފެހެންދޫއަށް ނުވަ މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ.

ދެވަނަ ބުރުގައި ވާދަކުރާ އަށްޓީމަކީ މާޒިޔާ، ކްލަބް ގްރީން ސްޓްރީޓް، ކްލަބް އީގަލްސް، ޓީސީ ސްޕޯޓްސް ކްލަބް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބް، ފ. ނިލަންދޫ އަދި ށ. ފޯކައިދޫ އެވެ.

ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު 24 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ. އެޓީމުގެ ފަހަތުން 20 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ކްލަބް އީގަލްސް އެވެ. ތިންވައިގައި މާޒިޔާ އޮތީ 19 ޕޮއިންޓާއެކުއެވެ. ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުން 18 ޕޮއިންޓާއެކު ނިއު ރޭޑިއަންޓަށް ލިބެނީ ހަތަރު ވަނައެވެ. ނިއުގެ ފަހަތުން 17 ޕޮއިންޓާއެކު ފަސްވަނައިގައި އޮތީ ކްލަބް ގްރީން ސްޓްރީޓްސް އެވެ. ލީގުގެ ހަވަނައިގައި އޮތީ ފުރަތަމަ ބުރުން ނުވަ ޕޮއިންޓް ހޯދި ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. ފުރަތަމަ ބުރުން ލީގުގެ ހަތްވަނަ ހޯދީ ށ. ފޯކައިދޫ އެވެ. އެޓީމު ވަނީ ކުޅުނު ނުވަ މެޗުން އަށް ޕޮއިންޓް ހޯދައިފައެވެ. ލީގުގެ އަށްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ފަހު ޖާގަ ހޯދި ފ. ނިލަންދޫ ވަނީ ހަތް ޕޮއިންޓް ހޯދާފައެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގެ މެޗް ޝެޑިއުލް

މިދިޔަ އަހަރު އުރީދޫ ދިވެހި ޕްރިމިއަރ ލީގުގެ ނަމުގައި ކުޅުނުއިރު ޗެމްޕިއަންކަން ހޯދީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ. 39 ޕޮއިންޓާއެކު ނިއު ޗެމްޕިއަންކަން ހޯދިއިރު ޓީސީ އަށް ދެވަނަ ލިބުނީ 32 ޕޮއިންޓާއެކުއެވެ. ލީގުގެ ތިންވަނަ މިދިޔަ އަހަރު މާޒިޔާ ހޯދީ 27 ޕޮއިންޓާއެކުއެވެ. ހަތަރު ވަނައަށް 18 ޕޮއިންޓާއެކު ގދ. ތިނަދޫ ދިޔައިރު ފަސްވަނައަށް 16 ޕޮއިންޓާއެކު ދިޔައީ ގްރީން ސްޓްރީޓްސް އެވެ. މިދިޔަ އަހަރު ލީގުގެ ހަވަނަ 14 ޕޮއިންޓާއެކު ށ. މިލަންދޫ ހޯދިއިރު ނުވަ ޕޮއިންޓާއެކު ހަތްވަނަ ލިބުނީ މާޅޮހަށެވެ. ލީގުގެ އެންމެ ފުލަށް ދިޔަ ކުޑަހުވަދޫއަށް ލިބުނީ ތިން ޕޮއިންޓެވެ. މިދިޔަ އަހަރުގެ ލީގުގައި އަށް ޓީމު ވާދަކުރި ނަމަވެސް މިފަހަރު ވަނީ 10 ޓީމަށް އިތުރު ކޮށްފައެވެ.

ރާއްޖޭގެ އެންމެ ބޮޑު ލީގުގެ އެންމެ ކާމިޔާބު ޓީމަކީ ނިއު ރޭޑިއަންޓެވެ. އެޓީމު ހަފަހަރު ލީގު ކާމިޔާބު ކުރިއިރު ދެވަނައިގައި އޮތް ވެލެންސިޔާއަށް ލީގު ލިބިފައިވަނީ ފަސް ފަހަރުއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *