ތިން އަހަރަށް ފަހު ސްޓާލިން އަށް އާފެށުމެއް

Advertisement

ތިން އަހަރަށް ފަހު ސްޓާލިން އަށް އާފެށުމެއް

އިބްރާހީމް ޝާހީން
ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު ސްޓާލިން. ފޮޓޯ: ޓްވިޓާ

މިހާރު ކުރިއަށްދާ ނޭޝަންސް ލީގުގެ ފުރަތަމަ ކެޓަގަރީގެ ގްރޫޕް ހަތަރެއްގައި އިންގްލެންޑްގެ ރަހީމް ސްޓާލިން ގެ ލަނޑުތަކުން އެޓީމުން ސްޕެއިން ބަލިކޮށްފިއެވެ. 3-2 އިން އިންގްލެންޑް މޮޅުވި މެޗުގެ ދެ ލަނޑު ޖަހައި ސްޓާލިން ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ.

ރޭގެ މެޗުގެ ކުރިން ސްޓާލިން ގައުމީ ޓީމަށް އެންމެ ފަހުން ލަނޑެއް ޖަހައިދިނީ މީގެ ތިންއަހަރު ކުރިންނެވެ. 2015 ވަނަ އަހަރު އެސްޓޯނިއާ ކޮޅަށް ލަނޑު ޖެހިފަހުން ސްޓާލިން ގައުމީ ޓީމަށް ލަނޑެއް ނުޖެހި ވަނީ 1102 ދުވަސް ހޭދަވެފައެވެ.

Advertisement

މެޗަށްފަހު ސްޓާލިން ބުނީ ދެގޯލު ޖެހުމުން އުފާވިކަމަށާއި، މިއީ އޭނާއަށް ފާޑުކިޔާ ފަރާތްތަކަށް ދެވުނު ރަނގަޅު ރައްދެއްކަމަށެވެ.

“ވަރަށް ހިތްހަމަ ޖެހިފަ މި ހުރީ. އަހަރެން ވަރަށް މަސައްކަތް ކުރަން ގޯލް ޖަހަން އަދި ތިން އަހަރަށް ފަހުން ގޯލެއް ޖެހުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް. ކުރިން ރޭ މެޗުން ބަލިވީ ގޯލް ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވިގެން އެކަމަކު މިރޭ ޓީމް ވަރަށް ރަނގަޅަށް ކުޅެ ގޯލް ޖެހީ” މެންޗެސްޓަރ ސިޓީގައިވެސް މޮޅު ކުޅުމެއްދައްކާ ސްޓާލިން ބުންޏެވެ.

ސްޓާލިންގެ ޖެހި ދެގޯލުގެ އިތުރުން ރޭގެ މެޗުގައި އިންގްލެންޑަށް ލަނޑު ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ މާކަސް ރެޝްފޯޑެވެ. ރޭގެ މެޗުގައި ސްޕެއިންގެ ފުރަތަމަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޕަކޯ އަލްކަސޭއަ އެވެ. މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ސްޕެއިންގެ ދެވަނަ ލަނޑު ޖަހައިދިނީ ކެޕްޓަން ސާޖިއޯ ރާމޯސް އެވެ.

ރޭގެ މެޗުން އިންގްލެންޑް މޮޅުވިނަމަވެސް މި ގުރޫޕުގެ އެއްވަނަ ޓީމެއް ގެގޮތުގައި އަދިވެސް އޮތީ ސްޕެއިން އެވެ. އެއީ ކުޅުނު  ތިން މެޗުން ލިބުނު ހަ ޕޮއިންޓާއި އެކުއެވެ. ދެވަނައިގައި އިންގްލެންޑް އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކުއެވެ. ގްރޫޕުގެ ފުލުގައި ކުޅުނު ތިން މެޗުން ލިބުނު އެއް ޕޮއިންޓާއެކު އޮތީ ކްރޮއޭޝިޔާއެވެ. ނޭޝަންސް ލީގުގައި އިންގްލެންޑް ދެން ބައްދަލު ކުރަން ޖެހޭނީ ކްރޮއޭޝިޔާއާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 18 ވާ އާދީއްތަ ދުވަހު އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *