ތިން ސެޓުން ފުރަތަމަ މޮޅު ފޮނަދޫ އަށް

Advertisement

ތިން ސެޓުން ފުރަތަމަ މޮޅު ފޮނަދޫ އަށް

ޢަލީ ޝަހީމް
އިއްޔެ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ފޮނަދޫ ޓީމުގެ އާއިޝަތު މާޖިދާ. ފޮޓޯ: ވޮލީބޯލް އެސޯސިއޭޝަން

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވާ ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މޮޅު ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ. އިއްޔެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރެ ކޯޓުގައި ކުޅުނު މެޗުން ފޮނަދޫ މޮޅުވީ ކްލަބް ވެމްކޯއާއި ވާދަކޮށް ސީދާ ތިންސެޓުން މޮޅުވެގެންނެވެ.

ފޮނަދޫ ޓީމުން ސެޓުތައް ގެންދިޔައީ 21-25، 22-25 އަދި 18-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ފޮނަދޫ ޓީމުގެ އާއިޝަތު މާޖިދާ އެވެ. މާޖިދާ ވަނީ މިއަހަރު ބޭއްވި އެސޯސިއޭޝަން ކަޕް މުބާރާތް މާފަންނު ޔޫތް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (މައިޑާ) އަށް ކާމިޔާބު ކޮށްދީ އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފާއެވެ.

Advertisement

މި ދެޓީމުގެ އިތުރުން މިފަހަރުގެ މުބާރާތުގައި ބައިވެރިވީ މިދިޔަ އަހަރުގެ ރަނަރަޕް ޕޮލިސް ކްލަބެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދީ ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމުންނެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގައި އެޓީމު ބައިވެރިވެފައެއް ނުވެއެވެ.

ތިން ޓީމު ބައިވެރިވާ މި މުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުންނެވެ. އެއްވަނައަށް ދާޓީމަކަށް ސީދާ ފައިނަލުގެ ޖާގައެއް ލިބޭއިރު ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ދެވަނަ އަދި ތިންވަނަ ޓީމުގެ ދެމެދުގައި ކުޅޭ ސެމީ ފައިނަލުގެ މެޗަށް ފަހުއެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވާ ބުދަ ދުވަހުއެވެ.

މި މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފޮނަދޫއާއި ޕޮލިސް ކްލަބެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *