އެންމެ މޮޅު އަންހެން ކުޅުންތެރިޔާއަށް ވެސް ބަލޮންޑިއޯ

Advertisement

އެންމެ މޮޅު އަންހެން ކުޅުންތެރިޔާއަށް ވެސް ބަލޮންޑިއޯ

ފަހުމިނެޓް

އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާއަށް ދޭ ބަލޮންޑިއޯ އެވޯޑްގެ އިތުރުން ފްރާންސް ފުޓުބޯޅައިން މިއަހަރު ވަނީ މުޅިން އަލަށް އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއަކަށް ވެސް ބަލޮންޑިއޯ އެވޯޑު ދޭން ނިންމާފައެވެ.

ޖުމްލަ 15 ކުޅުންތެރިއެއް މި އެވޯޑަށް ނޮމިނޭޓެ ކޮށްފައި ވާއިރު އެންމެ ފާހަގަ ކޮށްލެވެނީ ލިޔޯން އާއެކު މިދިޔަ ސީޒަނުގައި އަންހެނުންގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އިނގިރޭސި ޑިފެންޑަރު ލޫސީ ބްރޯންޒް އާއި ޗެލްސީ އާއެކު ސުޕަރ ލީގު އަދި އެފްއޭ ކަޕް ކާމިޔާބުކުރި ފޯވަޑް ފްރޭން ކިރްބީ އެވެ.

މީގެ އިތުރުން ދާދި ފަހުން ފީފާ އިން ހޮވި އަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާ، “ފީފާ ދި ބެސްޓް” ކާމިޔާބުކުރި ބްރެޒިލްގެ މާތާ ވެސް ފާހަގަ ކޮށްލެވެއެވެ. އަދި ހަމަ އެހެންމެ މާތާ އާ އެނެމް ގާތުން ވާދަކުރި، ލިޔޯން އާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޖަރުމަނުގެ މިޑްފީލްޑަރު ޑްސެނިފާ މަރޯސާން އާއި ނޯވޭގެ ފޯވަޑް އަޑާ ހެގަބާގް ވެސް މި ލިސްޓުގައި ފާހަގަ ކޮށްލެވެއެވެ.

1956 ވަނަ އަހަރު ފްރާންސް ފުޓުބޯޅައިން އަހަރުގެ އެންމެ މޮޅުު ފިރިހެން ކުޅުންތެރިޔާއަށް ދޭންފެށި މި އެވޯޑް، އަންހެން ކުޅުންތެރިންނަށް ހާއްސަކޮށްގެން ދޭ މިއީ ފުރަަތަމަ ފަހަރެވެ.

ބަލޮންޑިއޯޯ އެވޯޑް ހަފްލާ ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ފްރާންސްގެ ވެރިރަށް ޕެރިސްގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *