ބާސެލޯނާ އެއްވަރުވެ، ލީގުގެ ދެވަނައަށް

Advertisement

ބާސެލޯނާ އެއްވަރުވެ، ލީގުގެ ދެވަނައަށް

ފަހުމިނެޓް

ސްޕެނިޝް ލަލީގާގައި ރޭދަންވަރު ބާސެލޯނާއިން ރަށުން ބޭރުގައި ވެލެންސިޔާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެ، ލީގުގެ ދެވަނައަށް ވެއްޓިއްޖެއެވެ.

ރޭގެ މެޗު ފެށިގެން ދެވަނަ މިނިޓުގައި ވެލެންސިޔާއިން ވަނީ ލީޑު ނަގާފައެވެ. ލިބުނު ކޯނަރެއްގެ ބޭނުންހިފާ، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު އެޒެކުއެލް ގަރާއީ އެވެ. ބާސެލޯނާއިން ނަތީޖާ ހަމަހަމަ ކުރީ އޭގެ ވިއްސަކަށް މިނިޓު ފަހުން ލިއޮނެލް މެސީ ޖަހައިދިން ލަނޑަކުންނެވެ.

ބާސާއިން މިދިޔަ ސެޕްޓެމްބަރު މަހު ރަށުން ބޭރުގައި ރެއާލް ސޮސީޑެޑް އަތުން 2-1 އިން މޮޅުވި މެޗަށްފަހު ލީގުގައި މިހާތަނަށް ވަނީ މެޗަކުން މޮޅުވާން ނުކުޅެދިފައެވެ. އެއަށްފަހު ލީގުގައި ހަތަރު މެޗު ކުޅެފައި ވާއިރު ބާސާއިން ވަނީ ތިން މެޗު އެއްވަރުކޮށް، އެއް މެޗުން ބަލިވެފައެވެ.

ލީގުގައި 8 މެޗު ކުޅެގެން 15 ޕޮއިންޓާއެކު ބާސެލޯނާ ތާވަލުގެ ދެވަނައިގައި އޮތީ ހަމަ އެއަދަދަށް ޕޮއިންޓް ހޯދައިފައިވާ އެތްލެޓިކޯ މެޑްރިޑަށްވުގެ ފައިދާގޯލު އިތުރަށް ހޯދައިގެންނެވެ. ސެލްޓަ ވިގޯ އަތުން 2-1 އިން މޮޅުވެ، 16 ޕޮއިންޓާއެކު ސެވިއްޔާ ތާވަލުގެ އެއްވަނައިގައި އޮތްއިރު ހަތަރު ވަނައިގައި އޮތީ އެންމެ ފަހުން ލީގުގައި އަލަވެސް އަތުން 1-0 އިން ބަލިވި ރެއާލް މެޑްރިޑެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *