23 އަހަރަށްފަހު ޓެރީ ކުޅުން ހުއްޓާލައިފި

Advertisement

23 އަހަރަށްފަހު ޓެރީ ކުޅުން ހުއްޓާލައިފި

ފަހުމިނެޓް

އިނގިރޭސި ގައުމީ ޓީމު އަދި ޗެލްސީގެ ކުރީގެ ކެޕްޓަން ޖޯން ޓެރީ ކުޅުން ހުއްޓާލިކަން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.

37 އަހަރުގެ ޑިފެންޑަރު އޭނާގެ ރަސްމީ އިންސްޓަގްރާމްގައި ހާމަކޮށްފައިވާ ބަޔާނުގައި ބުނެފައި ވަނީ، 23 އަހަރަށްފަހު މިއީ ފުޓުބޯޅައިން ރިޓަޔާކުރަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

އިނގިރޭސި ގައުމީ ޓީމަށް 78 މެޗު ކުޅެދީފައިވާ ޑިފެންޑަރު، ވަނީ ޗެލްސީގެ ޖޯޒީގައި 717 މެޗު ކުޅެދީފައެވެ.

ޓެރީ ވަނީ ޗެލްސީގައި ޕްރިމިއަރ ލީގު އަދި އެފްއޭ ކަޕް ފަސް ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން ލީގް ކަޕް ތިން ފަހަރު، ކޮމިޔުނިޓީ ޝީލްޑް ދެފަހަރު އަދި ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު އެއް ފަހަރު ކާމިޔާބު ކޮށްފައެވެ. މިއާއެކު ޓެރީ ވެފައިވަނީ ޗެލްސީގެ އެންމެ ކާމިޔާބު ކެޕްޓަނަށެވެ.

View this post on Instagram

THANK YOU ⚽️

A post shared by John Terry (@johnterry.26) on

2017 ވަނަ އަހަރު ޗެލްސީ ދޫކޮށް، ގެހިގެން އައި ސީޒަނުގައި ޓެރީ ފެނުނީ އިނގިތޭސި ޗެމްޕިއަންޝިޕުގައި އެސްޓަން ވިލާގެ ކެޕްޓަނުގެ ގޮތުގައެވެ. ޕްރޮފެޝަނަލް ކުޅުންތެރިއެއްގެ ގޮތުގައި އޭނާ އެންމެ ފަހުން ކުޅުނީ 2017-18 ސީޒަނުގައި ޗެމްޕިއަންޝިޕް ޕްލޭއޮފް ފައިނަލުގައި ފުލަމް އާ ދެކޮޅަށެވެ.

އެސްޓަން ވިލާ އާއެކު ހަދައިފައިވާ އެއް އަހަރުގެ ކޮންޓްރެކްޓް ހަމަވުމާއެކު ޓެރީއަށް ވަނީ ރަޝިޔާގެ ސްޕާޓަކް މޮސްކޯއިން ވެސް ހުޝަހެޅުމެއް ލިބިފައެވެ. އެޓީމާއެކު މެޑިކަލް ފުރިހަމަ ކުރި ނަމަވެސް ޓެރީ ވަނީ ހުށަހެޅުން ދޫކޮށްލާފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *