އާސެނަލްއަށް ފަސޭހަ މޮޅެއް ނަމަވެސް ޗެލްސީ މޮޅުވީ ހަމަ ކިރިޔާ

Advertisement

އާސެނަލްއަށް ފަސޭހަ މޮޅެއް ނަމަވެސް ޗެލްސީ މޮޅުވީ ހަމަ ކިރިޔާ

ފަހުމިނެޓް

ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ކުޅެވުނު ގުރޫޕް ސްޓޭޖުގެ މެޗުތަކުން އާސެނަލް އަޒަރުބައިޖާންގެ ގަރަބާގް އަތުން ފަސޭހައިން މޮޅުވިއިރު  ހަންގޭރީގެ މޮލް ވިޑީ އަތުން ޗެލްސީއަށް ލިބުނީ ހަނި މޮޅެކެވެ.

3-0 އިން އާސެނަލް މޮޅުވި މެޗުގައި އެޓީމުން ފުރަތަމަ ހާފުގެ ފަސްވަނަ މިނިޓުގައި ވަނީ ލީޑު ނަގާފައެވެ. ލީޑު ނަގައިދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ޕަޕަސްތަތޮޕުލޮސް އެވެ. ދެވަނަ ހާފުގައި އާސެނަލްގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، އުމުރުން 18 އަހަރުގެ އެޓީމުގެ އެކަޑަމީ ގްރެޖުއޭޓް އެމައިލް ސްމިތް-ރޯވް އެވެ. ތިންވަނަ ލަނޑު މެޗުނިމެން ދިހަ މިނިޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ މިސީޒަނުގައި އެޓީމުން އަލަށް ގެނައި 19 އަހަރުގެ ފްރާންސްގެ މިޑްފީލްޑަރ ގުއެންޑޯޒީއެވެ. މިއީ އޭނާ އާސެނަލް އަށް ބަދަލުވިފަހުން އޭނާ ޖަހައިދިން ފުރަތަމަ ގޯލު ވެސް މެއެވެ.

Advertisement

ޗެލްސީއިން ވިޑީ އާދެކޮޅަށް ކުޅުނު މެޗުގައި މުޅި މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނީ ޗެލްސީއެވެ. އެޓީމުން މެޗުގައި މުޅިއަކު 27 ހަމަލާ ފޮނުވާލައިފައި ވީނަމަވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވިފައި އެންމެ ފަސް ހަމަލާއެވެ. 1-0 އިން ޗެލްސީ މިމެޗުން މޮޅުވި އިރު އެޓީމުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ދެވަނަ ހާފުގައި އަލްވަރޯ މޮރާޓާއެވެ.

ޗެލްސީގެ މިމޮޅާއެކު އެޓީމުން ވަނީ ސީޒަން ހުޅުވަން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި މެންޗެސްޓާ ސިޓީ އަތުން ވީ ބައްޔަށްފަހު އެޓީމުން ދަމަހައްޓަމުން އަންނަ ބަލިނުވުމުގެ ރެކޯޑް ދަމަހައްޓާފައެވެ. އޭގެ ފަހުން ޗެލްސީ ކުޅުނު ދިހަ މެޗުން އެޓީމު ވަނީ 8 މެޗުން މޮޅުވެ، 2 މެޗު އެއްވަރު ކޮށްފައެވެ.

މެޗަށްފަހު ސެލްސީގެ ކޯޗު ސާރީ ބުނީ ލިބުނު ފުރުސަތުތަކާ އަޅާކިޔާއިރު ޗެލްސީން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ނަމަވެސް އެންމެ ހިތްހަމަޖެހޭ ކުޅުން ނުފެނުން ކަމަށެވެ. އެހެން ނަމަވެސް ކުޅުންތެރިން ކުރި ހިތްވަތަށް އޭނާ ވަނީ ތައުރީފު ކޮށްފައެވެ. ހާއްސަކޮށް ފޯމު ގެއްލިފައި ހުރި އެޓީމުގެ ސްޓްރައިކަރު، މޮރާޓާގެ ކުޅުމަށާއި މެޗުން މޮޅުކޮށްދޭން އޭނާ ޖެހި ގޯލަށް ވެސް ސާރީ ވަނީ ތައުރީފް ކޮށްފައެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އިތުރު ބައެއް މެޗު ތަކަށް ބަލައިލާއިރު އޭސީ މިލާނުން ވަނީ ފަހަތުން އަރާ 3-1 އިން އޮލިމްޕިއާކޯސް ބަލިކޮށްފައެވެ. ރޭންޖާސް ވެސް ފަހަތުން އަރާ 3-1 ގެ ނަތީޖާއަކުން އޮސްޓްރިއާގެ ރަޕިޑް ވީން އަތުން މޮޅުވިއިރު، ވިޔަރިއާލް އާއި ސްޕާޓަކް މޮސްކޯ އެއްވަރުވީ 3-3 އިންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *