ޕީއެސްޖީ މޮޅުވެ 82 އަހަރުވީ ރެކޯޑަކާ އަރާ ހަމަކޮށްފި

Advertisement

ޕީއެސްޖީ މޮޅުވެ 82 އަހަރުވީ ރެކޯޑަކާ އަރާ ހަމަކޮށްފި

ޢަލީ ޝަހީމް

ފްރާންސް ލީގުގައި ރޭ ރަށުން ބޭރުގައި ނީސްއާ ވާދަކޮށް މޮޅުވި މެޗަށްފަހު އެގައުމުގެ ފުޓްބޯޅައިގައި 82 އަހަރުވީ ރިކޯޑާއި ޕީއެސްޖީ އަރާ ހަމަކޮށްފިއެވެ. ރޭ 3-0 އިން މޮޅުވުމުން މިއީ 1936 ގެ ފަހުން އެގައުމުގެ ލީގުގައި ޓީމެއް ޖެހިޖެހިގެން އަށް މެޗުން މޮޅުވި ދެވަނަ ފަހަރެވެ. 1936 ވަނަ އަހަރު ޖެހިޖެހިގެން އަށް މެޗުން މޮޅުވުމުގެ ރެކޯޑް އޮތީ ލީލް އަތުގައެވެ.

އަށް މެޗުން މޮޅުވެ ލިބުނު 24 ޕޮއިންޓާއިއެކު ޕީއެސްޖީ ލީގުގެ އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ފަރަގަކާއި އެކުއެވެ. މިދިޔަ ހަތް ސީޒަނުގެ ތެރެއިން ހަ ފަހަރު ލީގު ކާމިޔާބު ކޮށްފައިވާ ޕީއެސްޖީން ރޭގެ މެޗު ފެށީ މާކޯ ވެރާޓީއާއި އެޑިންސަން ކަވާނީ ބެންޗުގައި ބައިންދައިގެންނެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރެޑް ސްޓާ ބެލްގްރޭޑާއި ދެކޮޅަށް މި ހަފްތާ ނުކުންނަން ޖެހޭތީ ބައެއް ކުޅުންތެރިންނަށް ފުރަތަމަ އެގާރައިން ފުރުސަތު ނުދިން ނަމަވެސް ކިލިއަން އެމްބާޕޭއާއި ނޭމާއަށް ކޯޗު ތޯމަސް ތުޗެލް ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ.

Advertisement

މި މެޗުގައި ޕީއެސްޖީން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ ނޭމާއެވެ. ނޭމާގެ ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ޖެހިއިރު އޭނާގެ ފަހު ލަނޑު ޖެހީ މެޗުގެ 90 ވަނަ މިނެޓުގައެވެ. ޕީއެސްޖީގެ ދެވަނަ ގޯލު 46 ވަނަ މިނެޓުގައި ޖެހީ ކްރިސްޓޮފާ ކުންކޫ އެވެ.

މެޗަށްފަހު ޕީއެސްޖީގެ ކޯޗު ޓުޗެލް ބުނީ، ދުވަހަކަށްވުރެ ދުވަހެއް އެޓީމު ދަނީ ކުރިއަރަމުން ކަމަށާއި، ހަފްތާއަކު ތިންމެޗު ކުޅެން ޖެހުމުން ޓީމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. ލީގުގައި ޕީއެސްޖީ ރަނގަޅު ފޯމެއްގައި އޮތަސް، ޗެމްޕިއަންސް ލީގުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި އިނގިރޭސިވިލާތުގެ ލިވަޕޫލާއި ވާދަކޮށް 3-2 އިން ވަނީ ބަލިވެފައެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *