ނަޕޯލީ ބަލިކޮށް ޔުވެންޓަސް ފަސްބެލުމެއްނެތި ކުރިއަށް

Advertisement

ނަޕޯލީ ބަލިކޮށް ޔުވެންޓަސް ފަސްބެލުމެއްނެތި ކުރިއަށް

ޢަލީ ޝަހީމް

އިޓަލީ ލީގުގައި ރޭ ވާދަވެރި ނަޕޯލީ 3-1 އިން ބަލިކޮށް ލީގުގައި ޖެހިޖެހިގެން ހަތްވަނަ މޮޅު ޔުވެންޓަސް ހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ޔުވެންޓަސްގެ ތިން ގޯލުވެސް ޖެހީ ނަޕޯލީ ލީޑު ނަގާފައިވަނިކޮށެވެ.

މި މޮޅާއެކު ކުޅުނު ހަތް މެޗުން ލިބުނު 21 ޕޮއިންޓާއިއެކު ޔުވެންޓަސް އެއްވަނައިގައި އޮތީ ހަ ޕޮއިންޓުގެ ފަރަގާއި އެކުއެވެ. ޔުވެންޓަސްގެ ފަހަތުން ހަ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ މިދިޔަ ސީޒަނުގައިވެސް ލީގުގެ ދެވަނަ ހޯދި ނަޕޯލީ އެވެ. ރޭގެ މެޗުގެ 10 ވަނަ މިނެޓުގައި ނަޕޯލީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ދްރައިސް މާޓެންސް އެވެ. ފަހަތުންއަރާ ޔުވެންޓަސް އިން ތިން ގޯލު ޖެހީވެސް ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާއި އެކުއެވެ. ތިން ލަނޑުގެ ތެރެއިން ދެ ލަނޑު މާރިއޯ މަންޒުކިޗް ޖެހިއިރު ފަހު ލަނޑު ޖެހީ ލިއޮނާޑޯ ބޮނޫޗީ އެވެ. މެޗުގެ 26 ވަނަ މިނެޓުގައި މަންޒުކިޗް ފުރަތަމަ ގޯލު ޖެހީ ރޮނާލްޑޯ ނަގައިދިން ހުރަހަކުން ބޮލުންނެވެ. ދެވަނަ ލަނޑު ދެވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓުގައި މަންޒުކިޗް ޖެހީ ރޮނާލްޑޯ ޖެހި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތުއެވެ. 2-1 ގައި ނަތީޖާ އޮއްވައި ނަޕޯލީގެ މާރިއޯ ރުއީއަށް 58 ވަނަ މިނެޓުގައި ރެފްރީ ވަނީ ރަތްކާޑު ދައްކާފައެވެ. އެއް ކުޅުންތެރިއަކު މަދުން ކުޅެމުން ދަނިކޮށް ޔުވެންޓަސްގެ ތިންވަނަ ލަނޑު ޖެހި ބޮނޫޗީ ޖެހީވެސް ރޮނާލްޑޯ ތަނަވަސްކުރި ފުރުސަތެއްގައެވެ.

Advertisement

އިޓަލީގެ ޗެމްޕިއަންކަން މިދިޔަ ހަތް ސީޒަނުގައިވެސް ހޯދި ޔުވެންޓަސް ވަނީ މި ސީޒަނުގައި މިހާތަނަށް ކުޅުނު އަށް މެޗުވެސް ކާމިޔާބު ކޮށްފައެވެ. ލީގުގައި ކުޅުނު ހަތްމެޗުގެ އިތުރުން އެޓީމު ވަނީ ޗެމްޕިއަންސް ލީގުގައި ސްޕެއިންގެ ވެލެންސިއާ 2-0 އިން ބަލިކޮށްފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *