ބަޔާން މިއުނިކް ހާތާ ބާލިންގެ އަތްދަށުވެއްޖެ

Advertisement

ބަޔާން މިއުނިކް ހާތާ ބާލިންގެ އަތްދަށުވެއްޖެ

ޢަލީ ޝަހީމް

ޖަރުމަނު ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހާތާ ބާލިން އަތުން ރޭ ބަޔާން މިއުނިކް 2-0 އިން ބަލިވެއްޖެއެވެ. މިއީ މި ސީޒަނުގައި މިހާތަނަށް ބަޔާން ބަލިވި ފުރަތަމަ މެޗެވެ.

މި މެޗުން ބަލިވުމުން ބަޔާންއާއި ހާތާ ބާލިން ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. ކުޅުނު ހަމެޗުން ދެޓީމަށްވެސް 13 ޕޮއިންޓް ލިބިފައިވާއިރު ބަޔާން އެއްވަނައިގައި އޮތީ ފައިދާ އިތުރު އެއްގޯލާއި އެކުއެވެ.

Advertisement

ހާތާ ބާލިންގެ ދަނޑުގައި ކުޅުންނަމަވެސް ރޭގެ މެޗު މުޅިންކަހަލަ ގޮތަކަށް ޑޮމިނޭޓް ކޮށްގެން ކުޅުނީ ބަޔާން އެވެ. މެޗުގައި 25 ހަމަލާ ބަޔާނުން ފޮނުވާލާފައިވާއިރު ހާތާ ބާލިންއަށް ފޮނުވާލެވުނީ ހަ ހަމަލާއެވެ. މެޗުގައި ހާތާ ބާލިންގެ ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޖެހީ ވެޑަޑް އިބިސެވިޗެވެ. މިއީ ހާތާ ބާލިންގެ ސަލޮމަން ކަލޫއަށް ބަޔާންގެ ޖިރޯމް ބޯޓެންގ ކުރި ފައުލަށް ލިބުނު ޕެނަލްޓީއެވެ. އެޓީމުގެ ދެވަނަ ގޯލު ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖެހީ އޮންޑްރޭ ޑުޑާ އެވެ.

މެޗުން ބެޔާން ބަލިވިއިރު 51 ވަނަ މިނެޓުގައި އާޔެން ރޮބެން ބަދަލުކުރުމުން އޭނާ ވަނީ ކޯޗު ނިކޯ ކޮވަޗާއި ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާފައެވެ. ރޮބެންގެ ބަދަލުގައި ކުޅެން އެރުވި ތޯމަސް މުލާއަށް މެޗުގައި އެދެވޭ ކުޅުމެއް ނުދެއްކުނުއިރު ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތެއްވެސް ތަނަވަސް ކުރެވިފައެއް ނުވެއެވެ. ރޭގެ މެޗުގައި ބަޔާންއަށް ލަނޑު ޖަހަން ލިބުނު ފުރުސަތަކުގެ ބޭނުން ރެނާޓޯ ސަންޗޭޒް އާއި ޑޭވިޑް އަލަބާއަށް ބޭނުމެއް ނުހިފުނެވެ. ނަތީޖާ ބަދަލުކުރުމަށް ނިކޯ ކޮވަޗް ވަނީ އާސެނަލަށް ކުރިން ކުޅުނު ސާޖް ގްނެބްރީ ވެސް ކުޅެން އަރުވައިފައެވެ. ނަމަވެސް މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ހާތާ ބާލިންގެ ދިފާއީ ފާރު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

ބަޔާން ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ނުކުންނާނީ ނެދަލޭންޑްސްގެ އަޔަކްސްއާއި ދެކޮޅަށެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *