ފަރަގު ބޮޑުކުރަން ލިބުނު ފުރުސަތު ބާސެލޯނާއިން ނަގާލައިފި

Advertisement

ފަރަގު ބޮޑުކުރަން ލިބުނު ފުރުސަތު ބާސެލޯނާއިން ނަގާލައިފި

ޢަލީ ޝަހީމް

ސްޕެނިޝް ލަލީގާގައި ރޭ ޖިރޯނާއާއި ވާދަކުރި މެޗު 2-2 އިން އެއްވަރުވުމުން ދެވަނައިގައި އޮތް ރެއާލް މެޑްރިޑާއި ފަރަގު ބޮޑު ކުރަން ލިބުނު ފުރުސަތު ބާސާއިން ނަގާލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބާސެލޯނާ ކުޅުނު މެޗު އެއްވަރުވި ނަމަވެސް ގޯލުގެ ތަފާތުން އެޓީމު އަދިވެސް އޮތީ އެއްވަނައިގައެވެ. ބާސެލޯނާއާއި ރެއާލް މެޑްރިޑަށްވެސް 13 ޕޮއިންޓް ލިބިފައިވާއިރު އެޓީމަށް އެއްވަނަ ލިބެނީ ފައިދާ ދެގޯލު އިތުރުވުމުންނެވެ. ދެވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު ތިންވަނައިގައި 10 ޕޮއިންޓާއިއެކު އޮތީ އަލާވެސް އެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ރެއާލް މެޑްރިޑް ވަނީ 1-0 އެސްޕެނިޔޯލް ބަލިކޮށްފައެވެ. މި މެޗުގައި ރެއާލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ މެޗުގެ 41 ވަނަ މިނެޓުގައި މާކޯ އެސެންސިއޯ އެވެ. ރެއާލް މޮވުމުން ބާސެލޯނާއަށް ރޭގެ މެޗުން މޮޅުވެ ލީގުގެ އެއްވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތެއް އޮތެވެ.

Advertisement

ރޭގެ މެޗުގެ ފުރަތަމަ ލަނޑު 13 ވަނަ މިނެޓުގައި ޖެހީ ލިއޮނެލް މެސީ އެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި އެޓީމުގެ ކްލެމެން ލެންގްލޭ އަށް ރަތްކާޑެއް ދެއްކުމުން މައްސަލަތަކެއް ކުރިމަތިވިއެވެ. އެކަކު މަދުކޮށް ކުޅެމުންދިޔަ ބާސެލޯނާއިން ލީޑު ނަގާފައިވަނިކޮށް ޖިރޯނާއިން ވަނީ ފަހަތުންއަރާ ދެ ލަނޑު ޖަހާފައެވެ. މި ދެ ލަނޑުވެސް ޖަހައިދިނީ އުރުގުއޭގެ ފޯވާޑް ކްރިސްޓިއަން ސްޓުއާނީ އެވެ. ޖިރޯނާއިން ދެ ލަނޑު ޖެހުމުން ބާސެލޯނާއިން ވަނީ ކުރިއަށްޖެހި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ބާސެލޯނާއިން މެޗުގައި އެއްވަރުކުރި ލަނޑު 63 ވަނަ މިނެޓުގައި ޖެހީ ޑިފެންޑަރ ޖެރާން ޕީކޭ އެވެ.

ޖިރޯނާ އަކީ 2007 ވަނަ އަހަރު ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަނުގައި ކުޅުނު ޓީމެކެވެ. މިދިޔަ ސީޒަނުގައި ލީގަށް އަލަށް ޕްރޮމޯޓްވެ އެޓީމު ލީގު ނިންމާލީ ދިހަ ވަނައިގައެވެ. އެޓީމުގައި ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ކްލަބް މެންޗެސްޓަރ ސިޓީގެ ތިން ކުޅުންތެރިއަކު ހިމެނެއެވެ. ރޭގެ މެޗުގައި ސްޕެއިންގެ މިޑްފީލްޑަރު އެލެކްސް ގާސިއާ އަދި ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ޑަގްލަސް ލުއިޒް ބެންޗުން ކުޅެން އެރިއިރު އިނގިރޭސި ފޯވާޑް ޕެޓްރިކް ރޮބާޓްސް އަށް ކުޅުމުގެ ފުރުސަތެއް ނުލިބެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *