އެއްބަސްވުން އާކުރީ ދިހަ އަހަރު ކްލަބުގައި މަޑުކުރަން ބޭނުންވެގެން: އަގުއޭރޯ

Advertisement

އެއްބަސްވުން އާކުރީ ދިހަ އަހަރު ކްލަބުގައި މަޑުކުރަން ބޭނުންވެގެން: އަގުއޭރޯ

ޢަލީ ޝަހީމް

މެންޗެސްޓަރ ސިޓީގައި 2021 ވަނަ އަހަރާއި ހަމައަށް މަޑުކުރަން އެޓީމުގެ ސާޖިއޯ އަގުއޭރޯ ނިންމައިފިއެވެ. 2020 ވަނަ އަހަރާއި ހަމައަށް އަގުއޭރޯގެ މިހާރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު ކްލަބާއެކު އޭނާ މިފަހަރުގެ އެއްބަސްވުން އާކުރީ ކޮންޓްރެކްޓް ހަމަވުމުން އިތުރު އެއް އަހަރު ކްލަބުގައި މަޑުކުރުމަށެވެ.

އެއްބަސްވުން އާކުރުމަށްފަހު އަގުއޭރޯ ބުނީ އިތުރު އެއް އަހަރަށް ސޮއިކުރީ ކްލަބަށް ދިހަ އަހަރު ހިދުމަތް ކޮށްދިނުމުގެ ވިސްނުން ހުރީމަކަމަށެވެ.

“އަހަރެންގެ ވިސްނުމުގައި ހުރީ މިތަނުގައި ދިހަ އަހަރު ހުންނަން. އެއްބަސްވުން އާކުރި މައިގަނޑު ސަބަބަކީ އެއީ” އަގުއޭރޯ ބުންޏެވެ.

38 މިލިއަން ޕައުންޑަށް އަގުއޭރޯ ސިޓީއަށް ބަދަލުވީ 2011 ވަނަ ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުންނެވެ. ސިޓީއަށް ބަދަލުވުމަށްފަހު އެ ކްލަބުން ހޯދި ކާމިޔާބީގައި އަގުއޭރޯގެ ހިއްސާ ބޮޑެވެ. 204 ގޯލާއެކު އަގުއޭރޯއަކީ އެ ކްލަބަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާއެވެ. ސިޓީއާއެކު އަގުއޭރޯ ވަނީ ތިންފަހަރު ޕްރިމިއަރ ލީގާއި ލީގު ކަޕް ކާމިޔާބު ކޮށްފައެވެ. 2012 ވަނަ އަހަރުގެ ސީޒަނުގެ ފަހު މެޗުގައި ސިޓީއަށް ލީގު ހޯދައިދިން ލަނޑު ކުއީން ޕާކް ރޭންޖަސް ކޮޅަށް ޖެހީވެސް އަގުއޭރޯ އެވެ.

އަގުއޭރޯ ބުނީ އެހެން ކްލަބެއްގައި ހުރުމަށްވުރެ ސިޓީގައި ހުރެގެން ކުޅުންތެރިންނަށް މާ އަވަހަށްވެސް ކުރިއަށް ދެވޭނެކަމަށެވެ.

“މި ޓީމުގައި އެބަތިބި ކުރިއަށް އޮތް ތަނުގައި ތަފާތު ގެނެވޭނެ ޒުވާން ވަރަށް ގިނަ ކުޅުންތެރިންތަކެއް. އެ ކުޅުންތެރިންތައް މިހާރުވެސް ވަނީ ކުރިއަރާފަ. އަދި އެބަތިބި ބައިވަރު ކުޅުންތެރިން ކަންތައްތައް ދަސްކޮށް ކުރިއަރަން. އެހެން ތަނަކަށްވުރެ މި ކްލަބުގައި ހުރެގެން ދަސްކުރުމާއި ކުރިއަށްދާން މާ ބޮޑަށްވެސް އަވަސްވާނެ” އުމުރުން މިހާރު 30 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

އަގުއޭރޯ 2021 ވަނަ އަހަރާއި ހަމައަށް ކޮންޓްރެކްޓް އާ ކުރުމުން ކްލަބްގެ ޑިރެކްޓަރ ޒިކީ ބެގިރިސްޓިއަން ބުނީ ކުރިއަށް އޮތް އަހަރުތަކުގައި ކްލަބުން ހޯދަން ބޭނުންވާ ކާމިޔާބީގައި އެންމެ ކުރީގައި ހުންނާނީ އަގުއޭރޯ ކަމަށެވެ.

“ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވާޑް ގިނަ އަހަރުތަކެއް ވަންދެން މި ކްލަބުގައި ހުރިމަކީ އަހަރެމެންގެ ވަރަށް ބޮޑު ނަސީބެއް” ބެގިރިސްޓިއަން ބުންޏެވެ.

ޕްރިމިއަރ ލީގުގައި ސިޓީ މިރޭ ކުޅޭ މެޗުގައި ރަށުން ބޭރުގައި ނުކުންނާނީ ކާޑިފް ސިޓީއާއި ދެކޮޅަށެވެ. އެންމެފަހުން ޗެމްޕިއަންސް ލީގުގައި ލިޔޯންއާ ވާދަކުރި މެޗުގައި އަގުއޭރޯއަށް ފުރަތަމަ އެގާރައިން ފުރުސަތު ނުލިބުނު ނަމަވެސް މިރޭގެ މެޗުގައި ފުރަތަމަ އޭގަރައިގައި އަގުއޭރޯ ހިމަނާނެ ކަމަށް ބެލެވެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *