ތައްޓާއެކު ފޮޓޯ ނެގުމުގެ ފުރުސަތު މިއަދު ހަވީރު

Advertisement

ތައްޓާއެކު ފޮޓޯ ނެގުމުގެ ފުރުސަތު މިއަދު ހަވީރު

ޢަލީ ޝަހީމް

ދިވެހި ގައުމީ ފުޓްބޯޅަ ޓީމުން ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގައި ހޯދި ތައްޓާއިއެކު ފޮޓޯ ނެގުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިފިއެވެ. ސަރަހައްދުގެ ތައްޓާއެކު ރާއްޖޭގެ ގައުމީ ޓީމު މާލެ އައިސްފައިވަނީ އިއްޔެއެވެ. ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔުމަށް އެތައް ހާސް ބަޔަކު ވަނީ އިއްޔެ ބްރިޖް ސަރަހައްދަށް ގޮސްފައެވެ.

ތައްޓާއެކު ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދު ހަވީރު 4 އިން 6 އަށް މާފަންނު ޓާފް އެކެއްގައެވެ. ފޮޓޯ ނެގުމުގެ އިތުރުން ގައުމީ ޓީމުގެ ކުޅުންތެރިންނާއި އެކު ފޮޓޯ ނެގުމާއި އޮޓޯގްރާފް ހޯދުމުގެ ފުރުސަތުވެސް މިއަދު ސަޕޯޓަރުންނަށް ލިބިގެންދާނެއެވެ. މިއަދު ހަރަކާތްތައް ޓާފް އެކެއްގައި ކުރިއަށްދާއިރު ދަނޑަށް ވަންނަން ކަނޑައަޅާފައިވަނީ މިފްކޯ މަސްފިހާރަ ކުރިމަތިން ހުންނަ ގޭޓުންނެވެ.

Advertisement

ގައުމީ ޓީމު ތަށި ހޯދުމުން އެކަން ފާހަގަ ކުރުމަށް ތަފާތު އެކި ހަރަކާތްތައް ހިންގުމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ ނިންމާފައެވެ. މިގޮތުން އެންމެ ފާހަގަ ކޮށްލެވެނީ ގައުމީ ޓީމުގެ ކުޅުންތެރިން ނިސްބަތްވާ ރަށްރަށަށް ތަށި ގެންދިއުމެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކުޅުންތެރިން ނިސްބަތްވާ ރަށްތަކަށް ތަށި ގެންދިއުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން ކުރާނެ ކަމަށެވެ. ތަށި ހޯދި ގައުމީ ޓީމުގައި ހިމެނޭ 20 ކުޅުންތެރިންގެ ތެރެއިން 18 ކުޅުންތެރިން ނިސްބަތްވަނީ އަތޮޅުތެރެއަށެވެ. މީގެ ތެރޭގައި ބައެއް ރަށްތަކުން އެއް ކުޅުންތެރިންނަށްވުރެ ގިނަ ކުޅުންތެރިންވެސް ހިމެނެއެވެ.

ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދި ފައިނަލުގައި 2-1 އިން އިންޑިޔާ ބަލިކޮށްގެންނެވެ. މިއީ ސަރަހައްދުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދި ދެވަނަ ފަހަރެވެ. ފުރަތަމަ ތަށިވެސް ރާއްޖޭން ހޯދީ ފައިނަލުގައި 1-0 އިން އިންޑިޔާ ބަލިކޮށް 2008 ވަނަ އަހަރުއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *