ރޮނާލްޑޯ ލަނޑުޖެހިއިރު ކޮސްޓާއަށް ސަސްޕެންޝަން

Advertisement

ރޮނާލްޑޯ ލަނޑުޖެހިއިރު ކޮސްޓާއަށް ސަސްޕެންޝަން

ފަހުމިނެޓް

މިއަހަރުގެ ހޫނުމޫސުމުގެ ޓްރާންސްފާގައި ސްޕެއިންގ ރިއާލް މެޑްރިޑްް ދޫކޮށް އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ތިން މެޗަށްފަހު ޔުވެންޓަސްއަށް ފުރަތަމަ ގޯލު ކާމިޔާބު ކޮށްދީފިއެވެ.

99.2 މިލިއަން ޕައުންޑަށް ޔުވެންޓަސް އަށް ބަދަލުވި ފޯވަޑް ވަނީ ރޭ ކުޅެނުވު ސެރީ އޭގެ މެޗުގައި ސަސުއޯލޯ ކޮޅަށް ދެގޯލު ޖަހާދީފައެވެ. މި ދެގޯލުވެސް މެޗުގެ ދެވަނަ ހާފުގައި ފެނިގެން ގޮސްފައި ވާއިރު ޔުވެންޓަސް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. ސަސުއޯލޯގެ ހަމައެކަނި ލަނޑު މެޗުގެ އެންމެ ފަހު މިނިޓުގައި ޖަހައިދިނީ ކޫމާ ބަބަކާ އެވެ.

ރޮނާލްޑޯގެ މި ގޯލަކީ ސެރީއޭގައި އޭނާ ކުޅުނު ހަތަރު މެޗުން ގޯލަށް ފޮނުވާލި 28 ވަނަ ހަމަލާއިން ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ތިން މެޗުގައި ގޯލު ނުޖެހުމުން ރޮނާލްޑޯއަށް ވަނީ ތަފާތު ފާޑުކިޔުންތައްވެސް އަމާޒު ވެފައެވެ.

މިމެޗުގައި ރޮނާލްޑޯއަށް ހެޓްރިކް ހަދަންވެސް ފުރުސަތު ލިބިފައި ވާއިރު، ލބުނު ފުރުސަތުތަކުގެ ބޭނުން ވަނީ ނުހިފި ބޭކާރުވެފައެވެ. މި ނަތީޖާއާއެކު ޔުވެންޓަސްއިން ވަނީ ލީގުގައި މިހާތަނަށް ކުޅުން 4 މެޗުންވެސް މޮޅުވެ، ތާވަލުގެ އެނެމެ ކުރީގައެވެ.

މެޗު ނިމިގެން ދިޔައީ ދެވަނަ ހާފުގައި ކުޅެން ނުކުތް ޔުވެންޓަސްގެ ޑަގްލަސް ކޮސްޓާއަށް ރެފްރީ ދެއްކި ރަތްކާޑުންނެވެ. ސަސުއޯލޯއިން ގޯލް ޖެހި ވަގުތު އޭނާ ވަނީ ސަސުއޯލޯގެ ފެޑްރިކޯ ޑި ފްރާންސެންކޯ މޫނުމަތީގައި އުޅަނބޮށިން ޖަހާފައެވެ. އަދި އޭނާގެ މޫނުމަތީގައި ބޮލުން ޖެހުމަށްފަހު ކޮސްޓާ ވަނީ ފްރާންސެސްކޯގެ މޫނަށް ކުޅުޖަހާފައެވެ. ރެފްރީގެ ނިންމުން ނިންމުމުގްއި ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީގެ އެހީ ހޯދާފައެވެ.

View this post on Instagram

Gostaria de pedir desculpas a todos os torcedores da Juventus por essa minha reação equivocada no jogo de hoje. Peço também desculpas aos meus companheiros de time, que estão sempre comigo nos momentos bons e ruins. Errei feio, tenho consciência e venho me desculpar com todos por isso. Deixo claro que essa atitude isolada não condiz com o que sempre mostrei em minha carreira. Douglas Costa Vorrei scusarmi con tutti i fan della Juventus per questa reazione fuorviante nel gioco di oggi. Mi scuso anche con i miei compagni di squadra, che sono sempre con me nei momenti belli e cattivi. Ero brutto, ne sono consapevole e mi scuso con tutti per questo. Metto in chiaro che questo atteggiamento isolato non corrisponde a quello che ho sempre dimostrato nella mia carriera. Douglas Costa @juventus

A post shared by ⚡️DC11⚡️ (@douglascosta) on

މި ހާދިސާއާ ގުޅިގެން މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޔުވެންޓަސްގެ ކޯޗު މެސިމިލިއާނޯ އަލެގްރީ ބުނެފައިވަނީ ކުލަބުން ކޯސްޓަގެ އެއަމަލަށް ޖޫރިމަނާކުރާނެކަމަށެވެ.

ކޮސްޓާވަނީ މެޗަށްފަހު އޭނާގެ އިންސްޓަގުރާމް އެކައުންޓުގައި، މެޗުގައި ވެދިޔަ ކަންތަކާމެދު އންމެންގެ ކިބައިން މާފަށް އެދިފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *