ޓެރީ މެނޭޖްމަންޓަށް ގެންނަން ސާރީ ތައްޔާރު

Advertisement

ޓެރީ މެނޭޖްމަންޓަށް ގެންނަން ސާރީ ތައްޔާރު

ޢަލީ ޝަހީމް

ޗެލްސީއަށް 22 އަހަރު ކުޅެދިނުމަށްފަހު މިދިޔަ އަހަރުގެ ޖޫންމަހު ކްލަބް ދޫކޮށްލި ކްލަބްގެ ލެޖެންޑް ޖޯން ޓެރީ ކްލަބުގެ ކޯޗިން ސްޓާފެއްގެ ގޮތުގައި އަންނަން ބޭނުންނަމަ އެ ފުރުސަތަށް މަރުހަބާ ކިޔާނެކަމަށް \ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.

އުމުރުން 37 އަހަރުގެ ޓެރީ މިދިޔަ ސީޒަނުގައި ކުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޗެމްޕިއަންޝިޕްގައި ކުޅޭ އެސްޓަންވިލާއަށެވެ. އެސްޓަންވިލާ ޓީމާއެކު ޓެރީ ވަނީ ޗެމްޕިއަންޝިޕް ފައިނަލަށް ދަތުރުކޮށްފައެވެ. އެޓީމަށް މި ސީޒަނުގެ ޕްރިމިއަރ ލީގުން ޖާގަ ނުލިބުނީ ފައިނަލުގައި ފުލަމްއާ ވާދަކޮށް ބަލިވުމުންނެވެ. ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލާފައިނުވާ ޓެރީ ވަނީ ދާދިފަހުން ރަޝިޔާގެ ސްޕާޓަކް މޮސްކޯއިން ލިބުނު ހުށަހެޅުން ދޫކޮށްލާފައެވެ.

Advertisement

“ޓެރީ އަހަރެމެނަށް އެހީތެރިވާން ހުރިނަމަ، ވަރަށް އުފާވާނެ. ޗެލްސީއަކީ ޓެރީގެ އަމިއްލަ ގެ. ޓެރީގެ އަތްމަތީގަ އެކަން އޮތީ. އޭނަ އަދި އެއް ސީޒަން ކުޅެން ބޭނުންވާނަމަ ކުޅެން މަސައްކަތް ކުރުމަކީ ރަނގަޅު ކަމެއް” ޗެލްސީގެ ކޯޗުކަމުގައި ރަނގަޅު ނަތީޖާތަކެއް ހޯދަމުންއަންނަ ކޯޗު ބުންޏެވެ.

ޗެލްސީގައި ހޭދަކުރި މުއްދަތުގައި ޓެރީ ވަނީ 700 އަށްވުރެ ގިނަމެޗު ކުޅެދީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ޗެލްސީއާއެކު ފަސް ފަހަރު ޕްރިމިއަރ ލީގު ޓެރީ ކާމިޔާބު ކުރިއިރު ފަސް އެފްއޭ ކަޕާއި ފުރަތަމަ ފަހަރަށް އެޓީމަށް ޗެމްޕިއަންސް ލީގު 2012 ވަނަ އަހަރު ހޯދައިދީފައިވެސް ވެއެވެ.

“އެންމެ ފަހުން އަހަރެންނާއި ޓެރީ ދިމާވެގެން ބުނި އަދި އެއް ސީޒަނުގައި ކުޅެން ބޭނުންވާ ވާހަކަ. ޔަގީނުންވެސް ޓެރީ ލިބިއްޖެނަމަ އަހަންނަށްވެސް މިތަނުގައި ތިބި އެންމެނަށްވެސް ޓެރީގެ އެހީތެރިކަން މުހިއްމު ވާނެ” ސާރީ ބުންޏެވެ.

ޕްރިމިއަރ ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ މި ސީޒަނުގައި ޗެލްސީ ދަނީ މޮޅުވުމުގެ ރެކޯޑް ދަމަހައްޓަމުންނެވެ. ލީގުގައި މިރޭ ޗެލްސީ ކުޅޭ މެޗުގައި ހަތެއް ޖަހާއިރު ނުކުންނާނީ ލީގަށް އަލަށް ޕްރޮމޯޓްވި ކާޑިފް ސިޓީއާއި ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *