ނޭޕާލް ބަލިކޮށް ރާއްޖެ ފައިނަލަށް

17:27
މެޗު ނިމިއްޖެ. 3-0 އިން މެޗު ކާމިޔާބު ކުރީ ރާއްޖެ. ރާއްޖެ ފައިނަލުގައި ވާދަކުރަންޖެހޭނީ ޕާކިސްތާނާއި އިންޑިޔާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ.
17:25
ނޭޕާލްގެ ބިމާލް އޭރިޔާ ބޭރުން ފޮނުވާލި ބާރު ބޯޅަ ރާއްޖޭގެ ކީޕަރު ފައިސަލް ހުށިޔާރުކަމާއެކު މަތަކޮށްފި. މި މެޗުގައި ފައިސަލް އަންނަނީ މޮޅު ކުޅުމެއް ދައްކަމުން
17:23
އިތުރު ވަގުތުގެ ގޮތުގައި ހަތަރު މިނެޓު ދައްކައިފި. ރާއްޖެ ކުރީގައި އޮތީ 3-0 އިން
17:21
ރާއްޖޭގެ ޓީމުން ބަދަލެއް ގެނެސްފި. ސަމްދޫހުގެ ބަދަލުގައި ކުޅެން އެރީ އަހްމަދު ނޫމާން (ހެލްމެޓް)
17:19
ރާއްޖޭން ތިންވަނަ ގޯލެއް ޖަހައިފި. މި ލަނޑުވެސް ޖެހީ އިބްރާހީމް ވަހީދު ހަސަން.
17:17
އަސަދުﷲ ހުރަސްކޮށްލި ބޯޅައެއް ނޭޕާލްގެ ކުޅުންތެރިން ފޮނުވާލި ބޯޅަ ލިބުނީ އިއްބެއަށް. އިއްބެ ވަނީ އޭރިޔާތެރޭގައި ހުރެފަ އެއްފަހަރުން ގޯލުގެ މަތީކަނަށް ބޯޅަ ފޮނުވާލާފަ.
17:16
ރާއްޖޭން ދެވަނަ ލަނޑު ޖަހައިފި. މި ލަނޑު ޖެހީ އިބްރާހީމް ވަހީދު ހަސަން
17:14
މެޗުގެ 80 މިނެޓު ކުޅެވިއްޖެ. ފުރަތަމަ ހާފުގައި އަކްރަމް ޖެހި ގޯލާއެކު އަދިވެސް 1-0 އިން ކުރީގައި އޮތީ ރާއްޖެ. ރާއްޖޭގެ ޓީމުން ދެވަނަ ބަދަލު ގެނެސްފި. ދާދުގެ ބަދަލުގައި ކުޅެން އެރީ އަސަދުﷲ އަބްދުﷲ. އޭގެ ކުރިން ރާއްޖޭ ޓީމުގެ ފޭދޫ އިއްބެއަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައި. ހުސްކޮށްލާފައި ހަމްޕު ނަގައިދިން ހުރަސް ފޭދޫ އިއްބެއަށް ފޮނުވާނުލެވުނީ ރަނގަޅަށް ކޮންޓްރޯލް ނުކުރެވުމުން
17:10
ރާއްޖޭގެ ޓީމަށް ލިބުނު ކޯނަރެއްގައި އިރޭ ފޮނުވާލި ބޯޅަ ކީޕަރު މަތަކޮށްފި. ކީޕަރު އަތުގައި ޖެހިފަ ވެއްޓުނު ބޯޅަ ނޭޕާލް ޑިފެންޑަރުން ވަނީ ސާފުކޮށްލާފައި
17:07
ނޭޕާލް ޓީމުގެ ތިންވަނަ ބަދަލު ކޮށްފި. ނަންބަރު 25 ސުމަން އަރްޔަލް ގެ ބަދަލުގައި ކުޅެން އެރީ ނަންބަރު 8 ބިޝާލް އަލީ
17:03
މެޗުގެ 70 މިނެޓު ކުޅެވިއްޖެ. 1-0 އިން ކުރީގައި އޮތީ ރާއްޖެ. މިހާރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުން ދަނީ ނޭޕާލް ޓީމުން
17:01
ނޭޕާލް ޓީމުގެ ސުނިލް ބާލް ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފި. ދުރުން ފޮނުވާލި ބާރު ބޯޅަ ގޯލާ އަމާޒުނުވޭ ދިޔައީ ބޭރަށް. މިއީ ނޭޕާލް ޓީމުން މި ހާފުގައި ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ
16:53
ރާއްޖޭގެ ޓީމަށް ބަދަލެއް ގެނެސްފި. ހުސައިން ނިހާންގެ ބަދަލުގައި ކުޅެން އެރީ މުހައްމަދު އިރުފާން (އިރޭ). ނޭޕާލް ޓީމަށްވެސް މިވަގުތު ވަނީ ބަދަލެއް ގެނެސްފައި
16:46
ދެވަނަ ހާފު ފަށައިގެން ރާއްޖޭން ދަނީ މޮޅަށް ކުޅޭ ނޭޕާލުގެ ގޯލަށް ނުރައްކާ ކުރަމުން. ރާއްޖޭގެ ޓީމުގެ ހަމަލާތަކުގައި ފޭދޫ އިއްބެ އަދި ދާދު ފާހަގަ ކޮށްލެވޭ
16:42
ރާއްޖޭގެ ނާއިޒް ހަސަން (ދާދު) އަށް ލަނޑު ޖަހާނެ ހުސް ފުރުސަތެއް ލިބިއްޖެ. ނޭޕާލް ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ދާދު ފޮނުވާލި ބޯޅަ ކީޕަރު ވަނީ ދިފާއު ކޮށްފައި
16:40
މެޗުގެ ދެވަނަ ހާފުގެ ކުޅުން ފަށައިފި
16:22
ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ފުރަތަމަ ހާފު ނިމުނުއިރު 1-0 އިން ކުރީގައި އޮތީ ރާއްޖެ. ރާއްޖޭގެ ހަމައެކަނި ލަނޑު ލިބުނު ހިލޭ ޖެހުމަކުން ޖަހައިދިނީ އަކްރަމް އަބްދުލްގަނީ
16:20
އަނިޔާއަށްފަހު ނިހާން ކުޅެން އަރައިފި. ނިހާން ކުރި ފައުލަކަށް ނޭޕާލަށް ހިލޭ ޖެހުމެއް ލިބިއްޖެ
16:18
ނޭޕާލަށް ކޯނަރެއް ލިބިއްޖެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކީ ހަތަރު މިނެޓު
16:16
ރާއްޖޭގެ ޓީމުގެ ހުސައިން ނިހާނަށް އަނިޔާވުމުން ދަނޑުން ބާލައިފި. މިވަގުތު ރާއްޖޭން ކުޅެމުންދަނީ 10 ކުޅުންތެރިންނާއެކު
16:15
ފުރަތަމަ ހާފުގެ 42 މިނެޓު ކުޅެވިއްޖެ. 1-0 އިން ކުރީގައި އޮތީ ރާއްޖެ
16:12
ނޭޕާލް ޓީމަށް ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބިއްޖެ. ކުޑަ އޭރިޔާ ތެރޭގައި ހުރެފައި އެޓީމުގެ ކުޅުންތެރިއަކު ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށް. އެ ބޯޅަ ލިބުނީ ނޭޕާލް ކުޅުންތެރިއަކު ފޮނުވާލި ހަމަލާއެއް ކީޕަރު ފައިސަލް ސޭވް ކުރިތަނުން
16:10
ނޭޕާލް އަރިމަތިން ކުޅޭ ބިމާލް އަނެއްކާވެސް ރާއްޖެއަށް ނުރައްކާ ކޮށްފި. ބިމާލް ނަގައިދިން ހުރަސް ރާއްޖޭގެ ޑިފެންޑަރު ވަނީ ބޭރު ކޮށްލާފައި. ނޭޕާލުން މިހާރު ދަނީ މެޗު ޑޮމިނޭޓް ކުރަމުން. ރާއްޖޭގެ ޓީމު ބޮޑަށް ފެންނަނީ ފަހަތުގައި ތިބެގެން ކުޅޭތަން.
16:08
ނޭޕާލް އަރިމަތިން ކުޅޭ ބިމާލްއަށް ލިބޭ ބޯޅަތަކުގައި ރާއްޖޭގެ ގޯލަށް ދަނީ ނުރައްކާ ކުރަމުން. ނަމަވެސް ރާއްޖޭގެ ކީޕަރު ފައިސަލްގެ ފަރާތުން މިހާތަނަށް ވަނީ މޮޅު ކުޅުމެއް ފެނިފައި. ވޭތުވެދިޔަ ފަސް މިނެޓުތެރޭ ތިން ހަމަލާއެއް ނޭޕާލް ޓީމުން ވަނީ ރާއްޖޭގެ ގޯލަށް ފޮނުވާލާފަ
16:05
ނޭޕާލް ޓީމުން ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެން ފަށައިފި. ރާއްޖޭގެ ޓީމަށް ލިބޭ ބޯޅަތަކުގައި ހަމްޒާ މުހައްމަދު (ހަމްޕު) ގެ ކުޅުން ފާހަގަކޮށްލެވޭ
15:59
މެޗު އަލުން ފަށައިފި
15:55
މެޗު އަލުން ފެށުމަށް ދެޓީމުގެ ކުޅުންތެރިންވެސް ދަނޑަށް އަރައިފި. މެޗު މެދު ކަނޑާލީ 26 ވަނަ މިނެޓަށްފަހު މާބޮޑަށް ވިދާ ގުގުރާތީ. މެޗުގެ ނަތީޖާއާކީ ރާއްޖެ 1 ނޭޕާލް 0
15:28
ވަރަށް ގަދައަށް ވިދާ ގުގުރާތީ މެޗު މެދުކަނޑާލައިފި
15:12

ރާއްޖޭގެ ޓީމުގެ އަކްރަމް ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ. ފޮޓޯ: ސުޒުކީ ކަޕް ޓްވިޓާ
ރާއްޖޭން ލަނޑު ޖަހައިފި. އަލީ ފާސިރު (ސެންޓޭ) އަށް ކުރި ފައުލަކުން އޭރިޔާ ބޭރުން ރާއްޖެއަށް ލިބުނު ހިލޭ ޖެހުމަކުން ލަނޑު ޖަހައިދިނީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ. އަކްރަމް މި ބޯޅަ ފޮނުވާލި ވަގުތު ފޭދޫ އިއްބެ ވަނީ އޭރިޔާތެރޭގައި ހުރެފައި ބޯޅަ ގޯލާ ދިމާލަށްދާތީ ދޫކޮށްލާފަ. މިއީ މި މުބާރާތުގައި ރާއްޖޭން ޖެހި ފުރަތަމަ ލަނޑު
15:05
ވިއްސާރައިގެ ސަބަބުން މި މެޗުގައި ކުޅުންތެރިންނަށް އުނދަގޫތަކެއް ދަނީ ކުރިމަތިވަމުން.
15:00
މެޗު ފަށައިފި

މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުގެ ފުރަތަމަ އެގާރަ. ފޮޓޯ: ސުޒުކީ ކަޕް ޓްވިޓާ

މިއަދުގެ މެޗުގައި ނޭޕާލް ޓީމުގެ ފުރަތަމަ އެގާރަ. ފޮޓޯ: ސުޒުކީ ކަޕް ޓްވިޓާ
14:45
މިއަދުގެ ފުރަތަމަ އެގާރައިން ޕީޓާ ސެގާޓް ވަނީ އާ ދެކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. ކުރިން ދެމެޗުގައިވެސް ފުރަތަމަ އެގާރައިގެ ކުޅުނު މުހައްމަދު އާރިފް (ބަކާ) އާއި މުހައްމަދު އިރުފާން (އިރޭ) ގެ ބަދަލުގައި މެދުތެރޭގައި ތިބީ ހުސައިން ނިހާނާއި އިބްރާހީމް ވަހީދު ހަސަން އެވެ. މި މެޗުގެ ފުރަތަމަ އެގާރައަށް ކޯޗު ގެނެސްފައިވާ ދެވަނަ ބަދަލަކީ މުޖުތާޒް މުހައްމަދު (މުޖޭ) ގެ ބަދަލުގައި ސަމްދޫހު މުހައްމަދު ކުޅެން އެރުވުމުވެ. އިންޑިޔާ މެޗުގައި ފުރަތަމަ އެގާރައިގައި ހިމަނާފައިނުވާ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި ނާއިޒް ހަސަން (ދާދު) އަށް މިއަދުގެ މެޗުގެ ފުރުސަތު އެގާރައިން ވަނީ ފުރުސަތު ދީފައެވެ. މި ކުޅުންތެރިންނާއެކު އިންޑިޔާ މެޗުގައި ރާއްޖޭއް އެންމެ ރަނގަޅު ކުޅުމެއްދެއްކި އިބްރާހީމް މަހުދީ ހަސަން (ފޭދޫ އިއްބެ) އަށްވެސް ފުރަތަމަ އެގާރައިން ވަނީ ފުރުސަތު ދީފައެވެ.
ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ރާއްޖެއާއި ނޭޕާލް ވާދަކުރާ މެޗުގެ ކަވަރޭޖަށް މަރުހަބާ
Advertisement


Leave a Reply