ގުރުލައިގެން ރާއްޖެ ސެމީއަށް

Advertisement

ގުރުލައިގެން ރާއްޖެ ސެމީއަށް

ޢަލީ ޝަހީމް

ސާފް ސުޒުކީ ކަޕްގައި އިންޑިޔާއާ މިއަދު ކުޅުނު މެޗުން ދިވެހި ރާއްޖެ 2-0 އިން ބަލިވުމުން ސްރީ ލަންކާއާއި ހުރިހާ ގޮތަކުން އެއްވަރުވެ ގުރުލައިގެން ރާއްޖެއަށް ސެމީ ފައިނަލުގެ ޖާގައެއް ލިބިއްޖެއެވެ.

މިއަދު މެޗު 2-0 އިން އިންޑިޔާ ކާމިޔާބު ކުރިއިރު ލަންކާއާ ވާދަކުރި މެޗުންވެސް އިންޑިޔާ މޮޅުވީ ހަމަ 2-0 އިންނެވެ. ގްރޫޕުގައި ތިން ޓީމު ހިމެނޭއިރު ރާއްޖެއާއި ލަންކާ ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. ދެޓީމުވެސް ފައިދާ ގޯލާއި ގެއްލުން ގޯލު އަދި ޕޮއިންޓުގެ ގޮތުންވެސް އެއްވަރުވުމުން މުބާރާތުގައި ގަވާއިދު ބުނާގޮތުން ޖެހުނީ ގުރުލާށެވެ. ރާއްޖެއަށް ސެމީގެ ޖާގައެއް ލިބުނީ ގްރޫޕް ބީ ގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

ސެމީ ފައިނަލުގައި ރާއްޖޭ ވާދަކުރަން ޖެހޭނީ ގްރޫޕް އޭ ގެ އެއްވަނަ ހޯދި ނޭޕާލާއެވެ. ސެމީ ފައިނަލުގައި ރާއްޖެއާއި ނޭޕާލް ވާދަކުރާ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހު ރާއްޖެ ގަޑިން މެންދުރުފަހު 3 ޖަހާއިރުއެވެ. ދެވަނަ ސެމީގައި ގްރޫޕް ބީ ގެ އެއްވަނަ އިންޑިޔާއާއި ގްރޫޕް އޭ ގެ ދެވަނަ ހޯދި ޕާކިސްތާން ވާދަކުރާނީ ބުރާސްފަތި ދުވަހު ރާއްޖެގަޑިން ހަވީރު 6 ޖަހާއިރުއެވެ.

މިއަދުގެ މެޗަށް ރާއްޖެ ނުކުތީ އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި ނާއިޒް ހަސަން (ދާދު) ބެންޗު ކުރުމަށްފަހު އަސަދުﷲ އަބްދުﷲ އާއި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) އަދި އަހްމަދު އިމާޒް (އާއްކޮ) ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ.

އިންޑިޔާއާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ސުޒުކީ ކަޕް ޓްވިޓާ

މެޗު ފަށައިގެން ރާއްޖޭން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ފުރަތަމަ ހާފުގެ ފަހު އަށް މިނެޓުގައި ރާއްޖޭގެ ކުޅުން ދަށްވުމުގެ ފައިދާ ނަގާ އިންޑިޔާއިން ވަނީ ދެގޯލު ޖަހާފައެވެ. މި ލަނޑުތައް ކާމިޔާބު ކޮށްދިނީ އެޓީމުގެ ނިކިލް އާއި މަންވީރު ސިންގެވެ. ރާއްޖެއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފުރަތަމަ ހާފުގެ ފަހު މިނެޓުގައ ފޭދޫ އިއްބެއަށެވެ. ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އިއްބެ ތިރިތިރިން ފޮނުވާލި ބޯޅަ ގޯލުގެ އަރިމަތިން ދިޔައީ ބޭރަށެވެ.

މެޗުގެ ދެވަނަ ހާފު ރާއްޖޭން ފެށީ އާއްކޮގެ ބަދަލުގައި ހަމްޕު އަރުވައިގެންނެވެ. އޭގެ ފަހުން މުހައްމަދު އާރިފް (ބަކާ) އާއި އަސަދުﷲ އަބްދުﷲގެ ބަދަލުގައި ސެންޓޭ އާއި ދާދުވެސް ދެވަނަ ހާފުގައި ވަނީ ކުޅެން އަރުވާފައެވެ. ގޯލަށް އަމާޒުކޮށް ރާއްޖޭން އެންމެ ނުރައްކާކުރީ މެޗުގެ 89 ވަނަ މިނެޓުގައެވެ. އިންޑިޔާ ހާފުގެ އޭރިޔާ ބޭރު އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ސެންޓޭ ފޮނުވާލި ބޯޅައިގެ ހުރަކަހަށް ވީ އިންޑިޔާގެ ކީޕަރު ވިޝާލް ކެއިތު އެވެ.

ސެމީ ފައިނަލުގައި ރާއްޖޭ ވާދަކުރަން ޖެހޭނީ ގްރޫޕް އޭ ގެ އެއްވަނަ ހޯދި ނޭޕާލާއެވެ. ސެމީ ފައިނަލުގައި ރާއްޖެއާއި ނޭޕާލް ވާދަކުރާ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހު ރާއްޖެ ގަޑިން މެންދުރުފަހު 3 ޖަހާއިރުއެވެ. ދެވަނަ ސެމީގައި ގްރޫޕް ބީ ގެ އެއްވަނަ އިންޑިޔާއާއި ގްރޫޕް އޭ ގެ ދެވަނަ ހޯދި ޕާކިސްތާން ވާދަކުރާނީ ބުރާސްފަތި ދުވަހު ރާއްޖެގަޑިން ހަވީރު 6 ޖަހާއިރުއެވެ.

 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *