ޕީއެސްޖީ އަދި ލިވަރޕޫލް މެޗަށް ރެޑް ސްޓާ ސަޕޯޓަރުންނަކަށް ނުވަދެވޭނެ : ޔޫއެފާ

Advertisement

ޕީއެސްޖީ އަދި ލިވަރޕޫލް މެޗަށް ރެޑް ސްޓާ ސަޕޯޓަރުންނަކަށް ނުވަދެވޭނެ : ޔޫއެފާ

ފަހުމިނެޓް

މިސީޒަނުގައި ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގައި ޕީއެސްޖީ އަދި ލިވަރޕޫލް އާދެކޮޅަށް ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް އަވޭގައި ކުޅޭ ދެމެޗަށް ރެޑް ސްޓާގެ ސަޕޯޓަރުން ދަނޑަށްވެއްދުން ޔޫއެފާއިން މަނާކޮށްފިއެވެ.

ޔޫއެފާއިން މިހެން ނިންމީ ޗެމްޕިއަންސް ލީގު ޕްލޭއޮފްގައި ރެޑް ސްޓާއިން އޮސްޓްރިއާގެ ރެޑްބުލް ސަލްޒްބާގާދެކޮޅަށް މިއަހަރު އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ ކުޅެވުނު ދެވަނަ ލެގުގައި އެޓީމުގެ ސަޕޯޓަރުންގެ ކިބައިން ފެނުނު ކުޅިވަރުގެ ރޫހާ ޚިލާފް އަމަލުތަކުގެ ސަބަބުންނެވެ. އެޓީމުން ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުން ޖާގަ ހޯދީ ޕްލޭއޮފްގެ ފުރަތަމަ ލެގުގައި 0-0 އިން އެއްވަރުވެފައި ވަނިކޮށް ދެވަނަ ލެގުގައި ރަށުން ބޭރުގައި ކުޅުނު މެޗު 2-2 އިން އެއްވަރުކޮށްގެން އަވޭ ގޯލުންނެވެ.

ސަޕޯޓަރުން ދަނޑަށް އަރާ، ދަނޑުގެ ތަކެއްޗަށް ގެއްލުން ދިނުމުގެ އިތުރުން ފަޔާވޯކްސް (ހަވާ އެރުވުން) އިދިކޮޅު ޓީމުގެ ދަޑުގައި ކުރިއަށް ގެންދިޔުމުގެ އިތުރުން އެޓީމުގެ އެސިސްޓެންޓް މެނޭޖަރަށް ވެސް ވަނީ އެ މެޗުގައި ރަތް ކާޑު ދައްކާ، ބެންޗުން ފޮނުވާލާފައެވެ.

މިއާއެކު ޔޫއެފާގެ ޑިސިޕްލިނަރީ ކޮމިޓީއިން ވަނީ ރެޑް ސްޓާ ޓީމު 30،000 ޔޫރޯއިން ޖޫރިމަނާ ކޮށް، އެޓީމުގެ އެސިސްޓަންޓް މެނޭޖަރު އެއް މެޗަށް ސަސްޕެންޑް ކޮށްފައެވެ. އަދި ޗެމްޕިއަންސް ލީގުގައި އެޓީމު ކުޅޭ ފުރަތަމަ އަވޭ ދެމެޗަށް އެޓީމުގެ ސަޕޯޓަރުންނަށް ޓިކެޓް ވިއްކުންވެސް ވަނީ މަނާ ކޮށްފައެވެ.

މީގެ އިތުރުން ޔޫއެފާއިން ވަނީ 30 ދުވަހުގެ ތެރޭގައި ސަލްޒްބާގާ ގުޅުމަށްފަހު ސަޕޯޓަރުންގެ ފަރާތުން ދަނޑަށް ލިބުނު ހުރިހާ ގެއްލުމަކަށް އޭގެ ބަދަލު ދިނުމަށްވެސް އަންގާފައެވެ.

ރެޑް ސްޓާއިން ޗެމްޕިއަންސް ލީގުގައި އެޓީމު ކުޅޭ ފުރަތަމަ އަވޭ މެޗު އޮކްޓޯބަރު 3 ވަނަ ދުވަހު ޕީއެސްޖީ އާދެކޮޅަށް ކުޅޭއިރު ދެވަނަ މެޗު އޮކްޓޯބަރު 24 ވަނަ ދުވަހު ކުޅެވިގެންދާނީ ލިވަރޕޫލާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *