ޕެނަލްޓީތައް ވައްދާނުލެވުނަސް ސަލާހު ތަފާތު ދައްކައިފި

Advertisement

ޕެނަލްޓީތައް ވައްދާނުލެވުނަސް ސަލާހު ތަފާތު ދައްކައިފި

ފަހުމިނެޓް

2019 ވަނަ އަހަރު ކެމަރޫންގައި ބާއްވާ އެފްރިކަން ކަޕް އޮފް ނޭޝަންސް މުބާރާތުން ޖާގައެއް ހޯދުމަށް މިހާރު ކުރިއަށްދާ އެމުބާރާތުގެ ކޮލިފައިންގައި ނައިގަރ އާދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ދެ ޕެނަލްޓީ ވައްދާނުލެވުނު ނަމަވެސް ލިވަރޕޫލަށް ކުޅޭ މިސްރުގެ ފޯވަޑް މުހައްމަދު ސަލާހު ތަފާތު ދައްކާލައިފިއެވެ.

މިސްރުން ރޭ ނައިގަރ ގެ މައްޗަށް ކުރި ހޯދީ 6-0 އިން އެޓީމު ބަލިކޮށްގެންނެވެ. މެޗު ފެށިގެން ދެވަނަ މިނިޓުގައި ލިބުނު ޕެނަލްޓީ ސަލާހު ފޮނުވާލި ނަމަވެސް ނައިގަރގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ޕެނަލްޓީ ދިފާއު ކޮށްފައެވެ. މި ޕެނަލްޓީއަކީ ނައިގަރގެ ޕެނަލްޓީ އޭރިޔާ ތެރެއިން ސަލާހު އަށް ފައުލްކުރުމުން ލިބުނު ޕެނަލްޓީ އެކެވެ. ނަމަވެސް 12 ވަނަ މިނިޓުގައި ސަލާހު ވަނީ އެޓީމުގެ މަރުވާން މުހްސިން އަށް މެޗުގެ ފުރަތަމަ ގޯލު ޖަހަން އެހީތެރި ވެދީފައެވެ. އޭގެ އަށް މިނިޓު ފަހުން މިސްރުގެ ދެވަނަ ލަނޑު ޖަހައިދިނީ ޑިފެންޑަރު އައިމާން އަޝްރަފެވެ.

Advertisement

އެއަށްފަހު މެޗުގެ 28 ވަނަ މިނިޓުގައި މިސްރު ޓީމަށް އަނެއްކާވެސް ޕެނަލްޓީއެއް ލިބުނެވެ. އެޓީމުގެ ޓްރެޒެގޭ އަށް ނައިގަރ ޓީމުގެ ކީޕަރު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ޖަހަން މިފަހަރުވެސް ދިޔައީ ސަލާހެވެ. ސަލާހު ޖެހި ޕެނަލްޓީ މިފަހަރުވެސް ނައިގަރގެ ކީޕަރު ޑައުޑާ މަތަކުރިނަމަވެސް ރީބައުންސް ވެގެން އައި ބޯޅައިގައި ސަލާހު ވަނީ މެޗުގެ ނަތީޖާ 3-0 އަށް ބަދަލު ކޮށްލާފައެވެ.

ދެވަނަ ހާފުގައި މިސްރުގެ ހަތަރުވަނަ ގޯލް ސަލާހު މުހްސިން ކާމިޔާބުކޮށްދިނީވެސް މުހައްމަދު ސަލާހުގެ އެހީތެރިކަމާއެކުއެވެ. އެލް މުހައްމަދީ ނަގައިދިން ހުރަހަކުން ބޮލުން ޖަހައި ސަލާހު މެޗުގެ ފަސްވަނަ ގޯލު ޖެހިއިރު، ހަވަނަ ލަނޑު ޖަހައިދިނީ އާސެނަލް އަށް ކުޅެމުން އަންނަ މިޑްފީލްޑަރ މުހައްމަދު އެލް ނެނީއެވެ.

މީގެ އިތުތުންވެސް މިސްރު ޓީމަށް ވަނީ ލަނޑުޖަހާނޭ ގިނަ ފުރުސަތުތަކެއް ލިބި، ބޭކާރުވެފައެވެ. އަދި މިއީ މިއަހަރުގެ ވޯލްޑް ކަޕަށްފަހު މިސްރުޓީމުގެ ކޯޗުކަމާ މުޅިން އަލަށް ހަވާލުވި މެކްސިކޯގެ ހަވިއާ އަގުއިރޭގެ ވެސް ފުރަތަމަ މެޗެވެ.

މި މޮޅާއެކު މިވަނީ މިސްރު ޓީމް މެޗަކުން މޮޅުނުވެ އައި 9 މެޗުގެ ދިގު ސިލްސިލާއަށްވެސް ނިމުމެއް ގެނެސްފައެވެ. އެޓީމު އެންމެ ފަހުން މޮޅުވެފައިވަނީ މިދިޔަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ކޮންގޯއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. 2-1 އިން މިސްރު މޮޅުވި މި މެޗުގައިވެސް އެޓީމުން ޖެހި ދެގޯލު ކާމިޔާބު ކޮށްދިނީ ސަލާހެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *