ގްރިޒްމަން އެމެރިކާއަށް ބަދަލުވާން ބޭނުންވަނީ ބެކަމްގެ ފޯން ކޯލެއް

Advertisement

ގްރިޒްމަން އެމެރިކާއަށް ބަދަލުވާން ބޭނުންވަނީ ބެކަމްގެ ފޯން ކޯލެއް

ޢަލީ ޝަހީމް

ފުޓްބޯޅަ ކެރިއަރު ނިންމާލަން ބޭނުންވަނީ އެމެރިކާގައި ކަމަށާއި، ޑޭވިޑް ބެކަމް ބުނެފިނަމަ ދާދިފަހުން އެމެރިކާގައި ބެކަމް އުފެއްދި އާ ކްލަބަށް ބަދަލުވާނެކަމަށް ފްރާންސާއި އެތްލެޓިކޯ މެޑްރިޑްގެ ތަރި އެންޓޮއިން ގްރިޒްމަން ބުނެފިއެވެ. ގްރިޒްމަން މިހެން ބުނީ އެމެރިކާގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް) ގައި ކުޅުމަށް، ބެކަމް އުފެއްދި ޓީމުގެ ނަމާއި ލޯގޯ ދާދިފަހުން ހާމަކުރުމުން ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައެވެ.

އެމެރިކާގެ މިއާމީއަށް ނިސްބަތްކޮށް ބެކަމް އުފެއްދި ޓީމުގެ ނަމަކީ ކްލަބް އިންޓަނެސިއޮނާލް ޑެ ފުޓްބޯލް މިއާމީ އެވެ. މި ޓީމުގެ ނަން އާއްމު ގޮތެއްގައި ބޭނުންކުރަނީ އިންޓަ މިއާމީ ސީއެފްގެ ގޮތުގައެވެ. ޓީމުގެ ލޯގޯގައި ހިމަނާފައިވަނީ ފިޔާތޮށްޓާއި ހުދު އަދި ކަޅު ކުލައެވެ. އެމެރިކާގެ ލީގުގައި ބެކަމްގެ ޓީމު ވާދަކުރަން ފަށާނީ 2020 ވަނަ އަހަރުން ފެށިގެންނެވެ.

Advertisement

“ބެކަމް ބޭނުންނަމަ އެ ކްލަބަށް އަހަރެން ދާނަން. އަހަރެންގެ ކެރިއަރު ނިންމާލަން ބޭނުންވަނީ އެމެރިކާގައި. އަހަރެންނަކަށް ނޭނގޭ އެއީ މިއާމީގައި ކަމެއް ނުވަތަ ލޮސް އެންޖެލިސްގައި ކަމެއް. އެއީ ވަރަށް ފުރިހަމަ ދެ ސިޓީ” އުމުރުން 27 އަހަރުގެ ގްރިޒްމަން ބުންޏެވެ.

7 ނަންބަރު އަތްދިގު ޖޯޒީ ލާތީ މީގެ ކުރިން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ގްރިޒްމަން ބުނީ، އެންމެ ކުޑައިރުންސުރެވެސް އޭނާ ބަލަނީ ބެކަމްގެ ކުޅުންކަމަށާއި، 7 ނަންބަރު އަތްދިގު ޖޯޒީ ލަނީ ބެކަމް ފުޓްބޯޅަ ކުޅުނުއިރު 7 ނަންބަރާއެކު އަތްދިގު ޖޯޒީ ބޭނުންކުރާތީ ކަމަށެވެ. އެތްލެޓިކޯއާއި ފްރާންސް ގައިވެސް ގްރިޒްމަން ބޭނުންކުރަނީ 7 ނަންބަރު ޖޯޒީ އެވެ.

ގްރިޒްމަން ވަނީ މިދިޔަ ޖުލައި މަހު ނިމުނު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރި ފްރާންސް ޓީމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. މުބާރާތުގައި ހަތަރު ގޯލު އޭނާ ޖެހިއިރު ތިން ގޯލު ޖަހަން މަގުފަހި ކޮށްދިނެވެ. އެތްލެޓިކޯއަށް މިހާތަނަށް ކުޅެދިން 213 މެޗުގައި  113 ގޯލް ޖަހާފައިވާއިރު ފްރާންސް ޓީމަށް މިހާތަނަށް ކުޅެދިން 62 މެޗުގައި ގްރިޒްމަން ވަނީ 24 ގޯލު ޖަހާފައިވެއެވެ.

 

 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *