ޮޕާކިސްތާން ބަލިކޮށް ބަންގްލަދޭޝް ސެމީއާ ގާތަށް
ސާފް ސުޒުކީ ކަޕްގައި މިރޭ ޕާކިސްތާނާ ވާދަކުރި މެޗުވެސް ކާމިޔާބުކޮށް ބަންގްލަދޭޝް މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރު ކުރުމާއި ގާތަށް ޖެހިލައިފިއެވެ. އެތައް ހާސް އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު މެޗުން ބަންގްލަދޭޝް މޮޅުވީ 1-0 އިންނެވެ. މި ގްރޫޕުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ބޫޓާންއާ ވާދަކޮށް މޮޅުވީ 2-0 އިންނެވެ.
މިރޭގެ މެޗަށް ނުކުތުމުގެ ކުރިން ޕާކިސްތާން ވެސް އެމީހުންގެ ފުރަތަމަ މެޗުގައި ނޭޕާލް އަތުން މޮޅުވެފައި ވުމާއެކު، ބަންގްލަދޭޝް ބަލިކޮށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑު ކުރެވެން އޮތެވެ. ބަންގްލަދޭޝް މިމެޗުން މޮޅުވުމުން އެޓީމަށް ވަނީ ކުޅުނު ދެމެޗުންވެސް މޮޅުވެ ހަ ޕޮއިންޓް ލިބިފައެވެ. ކުޅުނު ދެމެޗުން ޕާކިސްތާން އަދި ނޭޕާލަށްވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެއްވެސް މެޗަކުން މޮޅުނުވެ ގްރޫޕުގެ ފުލުގައި އޮތީ ބޫޓާނެވެ. މި ގްރޫޕުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރުމުން ނޭޕާލާ ވާދަކުރާ މެޗުން ބަންގްލަދޭޝް އަށް ބޭނުންވަނީ ޕޮއިންޓެކެވެ. ނޭޕާލަށް ސެމީގެ ފުރުސަތެއް ލިބޭނީ ބަންގްލަދޭޝް ބަލިކޮށްގެންނެވެ. ސެމީގެ ޖާގައެއް ކަށަވަރު ކުރަން ޕާކިސްތާނުވެސް މޮޅުވާން ޖެހެއެވެ. ގްރޫޕުގެ ފަހު މެޗުގައި އެޓީމު ނުކުންނާނީ ބޫޓާނާއި ދެކޮޅަށެވެ. ކުޅުނު ދެމެޗުން ބަލިވި ނަމަވެސް ބޫޓާނަށްވެސް އަދި ސެމީގެ ޖާގައެއް ނުގެއްލެއެވެ. ނަމަވެސް އެޓީމަށް ވަނީ ސެމީއަށް ދިއުމުގެ އަމިއްލަ ބާރު ގެއްލިފައެވެ. ބޫޓާނަށް ސެމީގެ ޖާގައެއް ލިބޭނެ ހަމައެޖަނި ގޮތަކީ ބޮޑު ތަފާތަކުން ޕާކިސްތާން ބަލިކޮށް އަދި ނޭޕާލް އަތުން ބަންގްލަދޭޝް ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.
މިރޭގެ މެޗުގައި ބަންގްލަދޭޝްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔަނަމަވެސް، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ދިޔައީ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައިވަނިކޮށެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ މެޗުގައިވެސް ބަންގްލަދޭޝްގެ ފުރަތަމަ ލަނޑު ޖަހައިދިން ޑިފެންޑަރު ތޯޕޫ ބާމަން އެވެ.
މި ގްރޫޕުގެ ފަހު މެޗުތަކުގައި އަންނަ ހޮނިހިރުދުވަހު ޕާކިސްތާނާއި ބޫޓާން ވާދަކުރާއިރު ބަންގްލަދޭޝް ނިކުންނާނީ ނޭޕާލާއި ދެކޮޅަށެވެ.
Advertisement
Leave a Reply