ނޭޕާލް އަތުން ފުރަތަމަ ފަހަރަށް މޮޅެއް ހޯދަން ބޫޓާން ނުުކުންނަނީ

Advertisement

ނޭޕާލް އަތުން ފުރަތަމަ ފަހަރަށް މޮޅެއް ހޯދަން ބޫޓާން ނުުކުންނަނީ

އަޙްމަދު ޔަޝައު

ސާފް ސުޒުކީ ކަޕް 2018 ގައި މިއަދު ހަވީރު ނޭޕާލް އާ ދެކޮޅަށް ބޫޓާން ނިކުންނައިރު، މީގެ ކުރިން ދުވަހަކުވެސް ނޭޕާލް އަތުން ބޫޓާން އަށް މޮޅެއް ނުވެވެއެވެ. ފާއިތުވެދިޔަ އަހަރު ތަކުގެ ތެރޭގައި ޖުމްލް 12 ފަހަރު މި ދެޓީމު ވަނީ އެކި މުބާރާތް ތަކުގައި ވާދަކޮށްފައެވެ.

މިއަދު ހަވީރު ބަންގްލަދޭޝްގެ ޑާކާގައި ނޭޕާލް އާ ދެކޮޅަށް ބޫޓާން ނިކުންނައިރު އެޓީމުވަނީ ކުޅުނު ފުރަތަމަ މެޗުން މުބާރާތް ބާއްވާ ޤައުމު ބަންގްލަދޭޝް އަތުން 0-2 ގެ ނަތީޖާއަކުން ބަލިވެފައެވެ. ހަމައެގޮތަށް، ނޭޕާލްވެސް ވަނީ ކުޅުނު ފުރަތަމަ މެޗުން ފަހުވަގުތު ޕާކިސްތާން އަތުން 1-2 ނަތީޖާއަކުން ބަލިވެފައެވެ. އެހެންކަމުން، މިއަދުގެ މެޗަކީ، މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް ދެޓީމަށްވެސް ވަރަށް މުޙިއްމު މެޗެކެވެ.

ބޫޓާން އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގެ ތެރެއިން

މިއަދުގެ މެޗަށް ނިކުންނައިރު، ބޫޓާންގެ ކޯޗު ޓްރެވާރ މޯގަން ބުނެފައިވަނީ، ބަންގްލަދޭޝް އަތުން ބަލިވުމަކީ ޓީމަށް ލިބުނު ނުތަނަވަސްކަމެއް ނަމަވެސް، ޓީމު އޮތީ ރަނގަޅު މިސްރާބުގައިކަމަށެވެ. އަދި އެމެޗުގައިވެސް ރަނގަޅު ކަންތައްތަކެއް ދަސްވިކަމަށާއި، އޭގެ ބޭނުން ހިފައިގެން މިއަދުގެ މެޗުން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމަށް ޤަބޫލުކުރާކަމަށެވެ.

ނޭޕާލްގެ ކޯޗު ބާލް ގޯޕާލް ބުނީ، އަދި ބާކީ ދެ މެޗު އެބައޮތްކަމަށާއި، އެ ދެމެޗުން މޮޅުވެގެން ސެމީއަށް ދިއުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.

ނޭޕާލް އާ ދެކޮޅަށް ބޫޓާން މިއަދުގެ މެޗަށް ނިކުންނައިރު ނޭޕާލުން ވަނީ އެޓީމުކޮޅަށް ޖުމްލަ 39 ގޯލު ޖަހާފައެވެ. ބޫޓާން އަށް ކާމިޔާބު ކުރެވުނީ އެންމެ 5 ގޯލެވެ. ސާފު ޗެމްޕިއަންޝިޕްގައި އެންމެ ފަހުން މިދެޓީމު ވާދަކޮށްފައިވަނީ 2005 ވަނަ އަހަރުއެވެ. އެފަހަރު ނޭޕާލް މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *