ސާފު ޗެމްޕިއަންޝިޕް ގައި އިންޑިއާ ކޮޅަށް ލަންކާއަށް ލަނޑެއް ނުޖެހޭތާ ފަނަރަ އަހަރު

Advertisement

ސާފު ޗެމްޕިއަންޝިޕް ގައި އިންޑިއާ ކޮޅަށް ލަންކާއަށް ލަނޑެއް ނުޖެހޭތާ ފަނަރަ އަހަރު

އަޙްމަދު ޔަޝައު

ބަންގްލަދޭޝްގެ ޑާކާގައި މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އަތުން އަނެއްކާވެސް ސްރީލަންކާ ބަލިވެއްޖެއެވެ. ގްރޫޕް ބީ ގެ ފުރަތަމަ މެޗުގައި އެކުވެރި އިންޑިއާ އަތުން ލަންކާ ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ.

މިއީ އިންޑިއާ ކޮޅަށް ލަންކާއަށް ލަނޑެއް ކާމިޔާބު ނުކުރެވި ނިމުނު ތިންވަނަ ވަނަ ސާފު ޗެމްޕިއަންޝިޕް މެޗެވެ. 2011 ވަނަ އަހަރު 0-3 ގެ ނަތީޖާއަކުން ލަންކާ ބަލިވިއިރު، 2015 ވަނަ އަހަރު ލަންކާ ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ. ލަންކާއަށް އެންމެ ފަހުން އިންޑިއާ ކޮޅަށް ސާފު ޗެމްޕިއަންޝިޕް މެޗެއްގައި ލަނޑެއް ޖެހުނީ 2003 ވަނަ އަހަރު 1-1 އިން އެއްވަރުވި މެޗުގައެވެ.

Advertisement

މިއަދުގެ މެޗަށް ދެޓީމު ނިކުތްއިރު، އިންޑިއާއިން ވަނީ ކުރިންވެސް މި މުބާރާތުގައި ވާދަކުރާނީ އެޤައުމުގެ 23 އަހަރުން ދަށުގެ ޓީމުކަން އިޢުލާން ކޮށްފައެވެ. އެހެންނަމަވެސް، ލަންކާއިން މި މުބާރާތަށް އައީ އެޤައުމުގެ ނެގެން އޮތް އެންމެ ވަރުގަދަ ޓީމު ގޮވައިގެންނެވެ.

މިއަދުގެ މެޗު ފަށައިގެން ދެޓީމުވެސް ދިޔައީ ވަރަށް ހަމަހަމަ ކުޅުމެއް ކުޅެމުން ދައްކަމުންނެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި އިންޑިއާގެ ސަރްތަކް ގޮލޫ ކުރިފައުލަކާ ގުޅިގެން ލިބުނު ހިލޭޖެހުން ލަންކާގެ މުޙައްމަދު ރިފްނާޒް ވަރަށް ބަލާލާފަ ފޮނުވާލިނަމަވެސް ދިޔައީ ގޯލް ކައިރިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 35 ވަނަ މިނެޓުގައި އިންޑިއާއަށް ކާމިޔާބު ކޮށްދިނީ އާޝިގް ކުރުނިޔާންއެވެ. ކުރުނިޔާން މިލަނޑު ކާމިޔާބުކުރީ އެޓީމުގެ ސުމީތު ޕާސީ ވަރަށް ބަލާލާފަ ދިން ހިތްގައިމު އެ ޕާސް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ. އިންޑިއާގެ މިލަނޑާއެކު އެޓީމުންވަނީ މެޗު ކޮންޓްރޯލްކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުފުޅާކުރަން ރަނގަޅު ދެ ފުރުޞަތު ލިބި ވަނީ ބޭކާރުވެފައެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ މާގިނައިރެއްނުވެ އިންޑިއާއިން ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑަކީ ކުރިން ލިވަޕޫލުގެ އެކަޑެމީއިން ތަމްރީނު ހޯދާފައިވާ ލަލިއަންޒުއާލާ ޗާންގްޓޭ ނެގި ހުރަހެއް ލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާގެ ބޯމަތިން ގޯލުގެ ތެރެއަށް އޮއްސިގެން ވަން ލަނޑެކެވެ.

މެޗުގެ 53 ވަނަ މިނެޓުގައި ލަންކާއަށްވެސް ވަނީ ލަނޑެއް ކާމިޔާބުކުރަން ރަނުގެ ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. ލަންކާގެ އަސިކޫރް ރަޙްމާން ޖެހި ބާރު ޝޮޓް އިންޑިއާގެ ގޯލްކީޕަރު ވިޝާލް ކައިތުވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. ދެވަނަ ހާފުގައި އިންޑިއާއިން ވަނީ ލަންކާގެ ޑިފެންސްއަށް ގިނަ ހަމަލާތަކެއް އުފައްދައި ބާރުބޮޑުކޮށްފައެވެ. މެޗުގެ 71 ވަނަ މިނެޓުގައި ތިންވަނަ ގޯލެއް ޖަހަން ރަނގަޅު ދެފުރުޞަތެއް ލިބުނެވެ. އެގޮތުން އެޓީމުގެ ފާރޫޤް ޗޯދަރީ ހުސްކޮށްހުރި ހަމަލާ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުއިރު، މަންވީރު ސިންގް ފޮނުވާލި ރީބައުންސް ބޯޅަ ސުޖަން ވަނީ ހުށިޔާރު ކަމާއެކު މަތަކޮށްފައެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތު ކޮޅުގައި ސުޖަން ވަނީ ފާރޫޤް ޗޯދަރީ ހުސްކޮށްހުރެ ބޮލުން ފޮނުވާލި ހަމަލާވެސް މަތަކޮށްފައެވެ.

ގްރޫޕް ބީ ގައި އަންނަ ހުކުރު ދުވަހު ލަންކާ ނިކުންނާނީ ދިވެހިރާއްޖެ އާ ދެކޮޅަށެވެ. އަދި އަންނަ އާދީއްތަ ދުވަހު އިންޑިއާ ނިކުންނާނީ ރާއްޖެއާ ދެކޮޅަށެވެ.

 

 

 

 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *