ސާފް ސުޒުކީ ކަޕް: ބަންގްލަދޭޝް ވެސް ގައުމަށް އުންމީދެއް ގެނެސްދީފި

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ ސާފް ސުޒުކީ ކަޕުގެ ދެވަނަ މެޗުގައި، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝްއިން ބޫޓާން ބަލިކޮށް އެގައުމުގައި ތަށި ބަހައްޓަން ކުރާ އުންމީދުތަކަށް ކުލަވަރެއް ގެނުވައިފިއެވެ.
މެޗު ނިމިގެން ދިޔައީ ބަންގްލަދޭޝް 2-0 އިން ބޫޓާންގެ މައްޗައް ކުރިހޯދައިގެންނެވެ.
މެޗުގެ 3 ވަނަ މިނިޓުގައި ބަންގްލަދޭޝްގެ ޓީމުގެ ޑިފެންޑަރު، ތޯޕޫ ބާމަން ލީޑު ނަގައިދިންއިރު، ދެވަނަ ލަނޑު، ދެވަނަ ހާފުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ މިފަހަރުގެ މައި ހަތިޔާރު ކަމަށްވާ މަހްބުބުރް ރަހްމާން ސުލްފީ އެވެ. މިއީ 18 އަހަރުގެ ފޯވަޑް ގައުމީޓީމަށް ކުޅެދިން ދެވަނަ މެޗުން ޖެހި ދެވަނަ ގޯލެވެ.
މިއާއެކު ގުރޫޕް އޭގެ ތާވަލުގެ އެއްވަނަ ވެސް ލިބެނީ ބަންގްލަދޭޝް އަށެވެ. ދެވަނައިގައި ހަމަ އިން ޕޮއިންޓާއެކު ދެވަނައިގައި އޮތީ މިއަދު ނޭޕާލް އަތުން މޮޅުވި ޕާކިސްތާނެވެ. ބޫޓާނަށް ލިބެނީ ތާވަލުގެ ހަތަރުވަނަ އެވެ.
މާދަމާ ކުޅެވިގެންދާނީ ގުރޫޕް އޭގެ މެޗެކެވެ. އިންޑިޔާ އާއި ސްރީލަންކާ މާދަމާ ބައްދަލުކުރާއިރު، ރާއްޖެ އާއި ސްރީލަންކާއާ ބައްދަލުކުރާ މެޗުއޮންނާނީ ހުކުރުދުވަހު އެވެ.
Advertisement


Leave a Reply