ސާފް ސުޒުކީ ކަޕް: ނޭޕާލް ބަލިކޮށް ޕާކިސްތާނަށް އުންމީދީ ފެށުމެއް

Advertisement

ސާފް ސުޒުކީ ކަޕް: ނޭޕާލް ބަލިކޮށް ޕާކިސްތާނަށް އުންމީދީ ފެށުމެއް

ފަހުމިނެޓް

ސާފް ސުޒުކީ ކަޕުގެ މިއަހަރުގެ މުބާރާތް ހުޅުވަން މިއަދު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ބަންގަބަންދު ސްޓޭޑިއަމްގައި ޕާކިސްތާނާއި ނޭޕާލް ބައްދަލުކުރި މެޗު 2-1 އިން ޕާކިސްތާން ކާމިޔާބު ކޮށްފިއެވެ.

ނޭޕާލުން ބޮޑަށް އެޓޭކިން ގޭމެއް ކުޅެން ފެށި ނަމަވެސް ޕާކިސްތާނުން ބެލީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޭށެވެ.

މެޗުގައި ފުރަތަމަ ލީޑު ނެގީވެސް ޕާކިސްތާނުންނެވެ. 33 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ޕާކިސްތާނަށް ލީޑު ނަގައިދިނީ ހަސަން ނަވީދު ބަޝީރެވެ. މި ޕެނަލްޓީއަކީ ނޭޕާލުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ކެޕްޓަން ބިރާޖް މަހަރްޖާން، ޕާކިސްތާނުގެ މުހައްމަދު ރިއާޒަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނޭޕާލަށް ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުސަތެއް ލިބި ވަނީ ނާކާމިޔާބު ވެފައެވެ. ނަމަވެސް ބީމާލް ގަތްރީ ނަގައިދިން ކޯނަރު ދިޔައީ އެއްވެސް ކުޅުންތެރިއަކަށް ނުލިބި ޕާކިސްތާނުގެ ގޯލު ކުރިމަތިން ހުރަސްވެގެން ބޭރަށެވެ.

ދެވަނަ ހާފު ފެށިގެން ޕާކިސްތާނުން މެޗު ޑޮމިނޭޓު ކޮށްގެން ކުޅެމުން ދިޔައިރު ނޭޕާލުން ކުޅުނީ ކައުންޓާ އެޓޭކިން ގޭމެކެވެ. ލީޑު ފުޅާކުރަން ޕާކިސްތާނުގެ ސާދުﷲ އަށް މިހާފުގައި ލިބުނު ފުރުސަތު ނާކާމިޔާބުވެގެން ދިޔައީ، ނޭޕާލުގެ ތިން ކުޅުންތެރިންގެ ކައިރިން ނައްޓާލުމަށްފަހު އުފެއްދި ހަމަލާ ގޯލުގެ ހުރަސް ދަނޑިއާ އަމާޒުވުމުންނެވެ.

އެއަށްފަހު ފެނިގެން ދިޔައީ ނޭޕާލުގެ ބީމަލް ގަތްރީ މެޗު ނިމެން 9 މިނިޓަށް ވެފައި ވަނިކޮށް ނަތީޖާ ހަމަހަމަ ކުރިތަނެވެ. ޕާކިސްތާނުން 3 ޕޮއިންޓު ކަށަވަރުކުރީ މެޗުގެ ފަހު ސިކުންތުކޮޅު އުފެއްދި ހަމަލާއެއްގައިި އެޓީމުގެ މުހައްމަދު އަލީ ކާމިޔާބު ކޮށްދިން ގޯލާއެކުއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *