ނޭމާއާ އިދިކޮޅު ސަޕޯޓަރުން ދިމާކުރުމުން ކުޅިދައްކާލައިފި

Advertisement

ނޭމާއާ އިދިކޮޅު ސަޕޯޓަރުން ދިމާކުރުމުން ކުޅިދައްކާލައިފި

ޢަލީ ޝަހީމް

ފްރެންޗް ލީގު ވަންގައި ރޭ ޕީއެސްޖީއާއި ލީގަށް އަލަށް ޕްރޮމޯޓްވި ނިމްސް އާ ވާދަކުރި މެޗުގައި އިދިކޮޅު ސަޕޯޓަރުން “ކްރައި ބޭބީ” އެއް ގޮތަށް ސިފަކޮށް ނޭމާއާ ދިމާކުރުމުން ލަނޑު ޖެހުމަށްފަހު ސަޕޯޓަރުންގެ ގާތަށްގޮސް ހަމަ އެގޮތަށް ނޭމާ ފޯރިނަގައިފިއެވެ. ނިމްސްގެ ދަނޑުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 4-2 އިންނެވެ. މެޗު ފެށުނީއްސުރެ ނިމްސް ޓީމުގެ ސަޕޯޓަރުން ވަނީ ޕޯޗުގަލް ބަހުން “ކްރައި ބޭބީ” ޖަހާފައިވާ ބެނާއެއް ބޭނުންކޮށް ނޭމާއާ ދިމާކޮށްފައެވެ. ނޭމާއާ އެގޮތަށް ދިމާކުރީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައިވެސް އޭނާއަށް ކުރިމަތިވި ފައުލްތަކުގައި ދަނޑުމައްޗަށް ވެއްޓި މޫނުމަތީގައި އަތް އަޅައިގެން ގިނައިރު އޮތުމުން ގިނަ ބަޔަކު އެކަމަށް ފާޑު ކިޔާފައިވަނިކޮށެވެ.

ރޭގެ މެޗުން ޕީއެސްޖީ މޮޅުވިޔަސް އެޓީމަށް ލިބުނު އެންމެ ބޮޑު މާޔޫސް ކަމަކީ އެޓީމުގެ 19 އަހަރުގެ ކިލިއަން އެޕްބާޕޭއަށް ރަތްކާޑު ދެއްކުމެވެ. އެމްބާޕޭއަށް ރަތްކާޑު ދެއްކީ މެޗުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި އޭނާއަށް ކުރި ފައުލަކާމެދު ހިތްހަމަ ނުޖެހި ރުޅިގަދަވުމުންނެވެ. އެމްބާޕޭ ރުޅިގަދަވެ ހަމަނުޖެހުން އުފެއްދުމުން ދެކުޅުންތެރިންނަށްވެސް ރެފްރީ ވަނީ ރަތްކާޑު ދައްކާފައެވެ. މިއީ އެމްބާޕޭގެ ޕްރޮފެޝަނަލް ފުޓްބޯޅަ ހަޔާތުގައި ދެއްކި ފުރަތަމަ ރަތްކާޑެވެ.

Advertisement

ޕޯޗުގަލް ބަހުން “ކްރައި ބޭބީ” ޖަހައިގެން އިދިކޮޅު ޓީމު ސަޕޯޓަރުން ހަދާފައިވާ ބެނާ ކަިއިރީގައި ނޭމާ ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ

ރޭގެ މެޗުގެ ފުރަތަމަ ލަނޑު ނޭމާ ޖެހީ 36 ވަނަ މިނެޓުގައެވެ. ލަނޑު ޖެހުމަށްފަހު ނޭމާ ދުވެފައި ދިޔައީ އިދިކޮޅު ސަޕޯޓަރުންނާ ދިމާލަށެވެ. ސަޕޯޓަރުން ގާތުގައި ހުރުމަށްފަހު ނޭމާވަނީ ދެއަތް މޫނުގައި އެޅުމަށްފަހު ރޯ މަންޒަރު ސަޕޯޓަރުންނަށް ދައްކާފައެވެ. މެޗުގައި ޕީއެސްޖީގެ ދެވަނަ ލަނޑު 40 ވަނަ މިނެޓުގައި ޖެހީ އެންހެލް ޑިމާރިއާއެވެ. ޕީއެސްޖީ ދެ ލަނޑުގެ ލީޑެއްގައި އޮއްވައި ނިމްސް އިން ވަނީ މެޗުގެ 63 ވަނަ މިނެޓާއި 71 ވަނަ މިނެޓުގައި ދެލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނިމްސް ޓީމުގެ ދެވަނަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މެޗު އެއްވަރުކުރަން ނިމްސް އިން މަސައްކަތް ކުރަމުން ދަނިކޮށް އެކަމަށް ހުރަސްއެޅީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމްބާޕޭއެވެ. 77 ވަނަ މިނެޓުގައި އެމްބާޕޭ ޖެހި ލަނޑަށްފަހު ޕީއެސްޖީގެ ހަތަރު ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޖެހީ އެޑިންސަން ކަވާނީ އެވެ.

މިދިޔަ ފަސް ސީޒަނުގެ ތެރެއިން ހަތަރު ފަހަރު ލީގު ކާމިޔާބު ކޮށްފައިވާ ޕީއެސްޖީ މި ސީޒަނުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގައި އޮތީ 12 ޕޮއިންޓާއެކުއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *