އިނގިރޭސި ލީގު ކަޕްގައި ލިވަޕޫލާ ޗެލްސީ ވާދަކުރަން ޖެހިއްޖެ

Advertisement

އިނގިރޭސި ލީގު ކަޕްގައި ލިވަޕޫލާ ޗެލްސީ ވާދަކުރަން ޖެހިއްޖެ

ޢަލީ ޝަހީމް

އިނގިރޭސި ލީގުކަޕްގެ ތިންވަނަ ބުރުގައި އަށް ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާ ލިވަޕޫލާއި ޗެލްސީ ވާދަކުރަން ޖެހިއްޖެ އެވެ. މި މެޗު ކުޅޭނީ ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައެވެ. ލީގު ކަޕްގެ ތިންވަނަ ބުރުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 24 އަދި 25 ވަނަ ދުވަހުގެ ރެއެވެ. ލީގު ކަޕްގައި އެންމެ ފަހުން މި ދެޓީމު ވާދަކުރީ 2015 ވަނަ އަހަރު ސީޒަނުގެ ސެމީ ފައިނަލުގައެވެ. ދެމެޗުގެ އެގްރިގޭޓުން އެފަހަރު ލިވަޕޫލްގެ މައްޗަށް ޗެލްސީ ކުރިހޯދީ 2-1 އިންނެވެ. ލީގު ކަޕްގެ ތިންވަނަ ބުރުގައި ޗެލްސީއާ ވާދަކުރަން ޖެހޭއިރު މިރޭ ނެގި ޗެމްޕިއަންސް ލީގުގެ ގުރުގައި ލިވަޕޫލް ލައްވާލީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއި އިޓަލީ ލީގުގެ ދެވަނަ މިދިޔަ ސީޒަނުގައި ހޯދި ނަޕޯލީއާއެކު އެއް ގްރޫޕެއްގައެވެ.

ލީގު ކަޕްގެ ތިންވަނަ ބުރުގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް

މިދިޔަ ސީޒަނުގައި އާސެނަލް ބަލިކުރުމަށްފަހު ލީގުކަޕް ކާމިޔާބު ކުރި މެންޗެސްޓަރ ސިޓީ ތިންވަނަ ބުރުގައި ވާދަކުރަން ޖެހޭނީ ރަށުން ބޭރުގައި ލީގު ވަންގެ އޮކްސްފޯޑް ޔުނައިޓެޑާއި ދެކޮޅަށެވެ. މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަ  ދަނޑުގައި ފްރޭންކް ލަމްޕާޑުގެ ޑާބީ ކައުންޓީއާ ދެކޮޅަށް ނުކުންނައިރު އާސެނަލް އަމިއްލަ ދަނޑުގައި ނުކުންނާނީ ބްރެންޓްފޯޑްއާ ދެކޮޅަށެވެ. ލަންޑަނަށް ނިސްބަތްވާ ޓޮޓެންހަމް ހޮޓްސްޕާސް އަމިއްލަ ދަނޑުގައި ވާދަކުރަން ޖެހޭނީ ޕްރިމިއަރ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ވެޓްފޯޑާއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *