ޔާޔާ ޓޫރޭ ލަންޑަން ގައި، ގުޅޭނެ ކްލަބް އޮތީ ސިއްރު ކޮށްފައި

މިދިޔަ ސީޒަނަށްފަހު މެންޗެސްޓަރ ސިޓީން ދޫކޮށްލި އުމުރުން 35 އަހަރުގެ ޔާޔާ ޓޫރޭ ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރުމަށް ލަންޑަނުގައި މެޑިކަލް ފުރިހަމަ ކޮށްފިއެވެ. ލަންޑަނުގައި މެޑިކަލް ފުރިހަމަ ކުރުމުން ސަޕޯޓަރުން ބުނަމުންދަނީ ޓޫރޭ ގުޅޭނީ ލަންޑަނުގެ ކްލަބަކާ ކަމަށެވެ. ޓޫރޭ ލަންޑަނުގައި މެޑިކަލް ފުރިހަމަކޮށް ވަރަށް އަވަހަކަށް ކްލަބަކާ ގުޅޭނެކަން އިއުލާން ކޮށްފައިވަނީ އޭނާގެ އެޖެންޓް ޑިމިޓްރީ ސެލުކް އެވެ.
ސެލުކް ކުރި ޓްވީޓެއްގައި ބުނީ، ޓޫރޭ ލަންޑަނުގައި ހުރެ މެޑިކަލް ފުރިހަމަކޮށް ވަރަށް އަވަހަށް އާ އެއްބަސްވުމެއްގައި ސޮއި ކުރާނެކަމަށެވެ. ސެލުކް މިގޮތަށް ޓްވީޓް ކުރުމުން ލަންޑަނަށް ނިސްބަތްވާ ވެސްޓްހަމް ޔުނައިޓެޑްގެ ސަޕޯޓަރެއް ވަނީ ޓޫރޭ ގުޅޭނީ އެ ކްލަބާއި ކަމަށް ބުނެފައެވެ.

ޓޫރޭއާ ގުޅޭގޮތުން އޭނާގެ އެޖެންޓް ޑިމިޓްރީ ސުލެކް ކޮށްފައިވާ ޓްވީޓް
“100 ޕަސެންޓް ވެސްޓްހަމް އެއް ނޫން. ޔާޔާ އަކީ ޗެމްޕިއަނެއް. ޓޭބަލްގެ އެންމެ ފުލަކީ އޭނާގެ އެއްޗެއް ނޫން” މިވަގުތު ޕްރިމިއަރ ލީގު ޓޭބަލްގެ ފުލުގައި އޮތް ވެސްޓްހަމްއަށް ޓޫރޭ ނުދާނެކަން ސާބިތުކޮށްދޭން ސަޕޯޓަރު ކުރި ޓްވީޓުގެ ރައްދުގައި ސުލެކް ބުނެފައިވެއެވެ.
ވެސްޓްހަމް އަކީ ލަންޑަން ކްބަލަށް ވެފައި އެ ކްލަބުގައި މިހާރު ހުރި ކޯޗަކީ ޓޫރޭ ސިޓީގައި އުޅުނު ދުވަސްވަރު އެ ކްލަބްގެ ކޯޗެއްގެ ގޮތުގައި ހުރި މެނުއަލް ޕެލްގްރީނީ އެވެ. ވެސްޓްހަމް ޓޭބަލްގެ ފުލުގައި އޮތީ ލީގުގައި ކުޅުނު ފުރަތަމަ ތިންމެޗުންވެސް ބަލިވެ އެއްވެސް ޕޮއިންޓެއް ނުލިބިއެވެ. ލީގުގައި ވެސްޓްހަމް ކުޅުނީ ލިވަޕޫލާއި ބޯންމައުތް އަދި އާސެނަލްއާއެވެ. ވެސްޓްހަމްގެ އިތުރުން ލީގުގައި މިހާރު ކުޅޭ ލަންޑަންގެ ކްލަބް ތަކަކީ އާސެނަލް، ޗެލްސީ، ކްރިސްޓަލް ޕެލޭސް، ފުލަމް ޓޮޓެންހަމް ހޮޓްސްޕާސް އެވެ.

ވެސްޓްހަމް ޔުނައިޓެޑްގެ ސަޕޯޓަރަށް ސުލެކް ދީފައިވާ ރައްދު
ޓޫރޭ ކުޅޭނެ ކްލަބް ވަރަށް އަވަހަށް ރަސްމީކޮށް ހާމަކުރާނެކަން ސެލުކް ބުނެފައިވާއިރު ކުޑަ މުސާރައެއްގައި ވިޔަސް އިނގިރޭސި ލީގުގެ ގަދަ ހައެއްގެ ޓީމަކަށް ކުޅެން ބޭނުންވާކަމަށް އޭނާ ވަނީ ބުނެފައެވެ. ގަދަ ހައެއްގެ ކްލަބަށް ބަދަލުވާން ބޭނުންވަނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް ކަމެއް ސާބިތު ކޮށްދިނުމުގެ ގޮތުން ކަމަށް މިދިޔަ ޖޫންމަހުގެ ތެރޭ ސެލުކް ވަނީ ބުނެފައެވެ. ސިޓީގައި ޓޫރޭ ހޭދަކުރި މުއްދަތުގައި ގާޑިއޯލާއާ އޮތް ގުޅުން ރަނގަޅެއް ނޫނެވެ. ގާޑިއޯލާއަށް ފާޑު ކިޔަމުން ޓޫރޭ ބުނެފައިވަނީ އެފްރިކާގެ ކުޅުންތެރިން ގާޑިއޯލާ ތަފާތު ކުރާކަމަށެވެ. ޔާޔާ ޓޫރޭ އަކީ އެފްރިކާއަށް ބައްރުގެ އައިވަރީ ކޯސްޓުގެ ކުޅުންތެރިއެކެވެ. ސިޓީއަށް ކަމެއް ސާބިތު ކޮށްދޭން ހަފްތާއަކު އެއް ޕައުންޑަށް ވިޔަސް ޕްރިމިއަރ ލީގުގެ ކްލަބަށް ބަދަލުވާން ބޭނުންވާކަމަށް މީގެ ކުރިން ޓޫރޭ ވަނީ ބުނެފައެވެ.
Advertisement


Leave a Reply