ރިޗާލިސަން ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް

Advertisement

ރިޗާލިސަން ފުރަތަމަ ފަހަރަށް ގައުމީ ޓީމަށް

ޢަލީ ޝަހީމް

އިނގިރޭސި ކްލަބް އެވަޓަންއަށް ކުޅޭ ހުނަރުވެރި ކުޅުންތެރިޔާ ރިޗާލިސަން ފުރަތަމަ ފަހަރަށް ބްރެޒިލްގެ ގައުމީ ޓީމަށް ނަގައިފިއެވެ. މިދިޔަ ސީޒަނުގައި ވެޓްފޯޑުން އާ ސީޒަނަށް އެވަޓަންއަށް ބަދަލުވުމަށްފަހު ރިޗާލިސަން އަންނަނީ އެޓީމުގެ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރިޗާލިސަން ވަނީ ލީގުގައި ކުޅުނު ތިންމެޗުގައި މިހާތަނަށް ތިން ގޯލު ޖަހާފައެވެ. ރަނގަޅު ފޯމެއްގައި ހުއްޓައި ރިޗާލިސަންއަށް ވަނީ އެންމެ ފަހުން ލީގުގައި ބޯންމައުތާއި ދެކޮޅަށް ކުޅުނު މެޗުގައި ރަތްކާޑު ދައްކާފައެވެ. ބްރެޒިލްގެ ގައުމީ ޓީމުން ރިޗާލިސަން ނެގީ ފްލުމިނީސްއަށް ކުޅޭ ޕެޑްރޯގެ ބަދަލުގައެވެ. އަންނަމަހު ކުރީކޮޅު ކުޅޭ ރަހްމަތްތެރިކަމުގެ ދެމެޗުގައި ބްރެޒިލް ނުކުންނާނީ އެމެރިކާއާއި އެލް ސަލްވަޑޯ އާއި ދެކޮޅަށެވެ.

Advertisement

21 އަހަރުގެ ރިޗާލިސަން ވަނީ ބްރެޒިލްގެ 20 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް 10 މެޗު ކުޅެދީފައެވެ. މި ސީޒަނަށް އެވަޓަންއަށް ބަދަލުވުމަށްފަހު އޭނާ ބުނީ، އެންމެ ފުރަތަމަ އަމާޒަކީ ބްރެޒިލްގެ ސީނިއާ ގައުމީ ޓީމުން ފުރުސަތު ހޯދުންކަމަށެވެ. މިދިޔަ ސީޒަނުގައި ވެޓްފޯޑުގައި ދެއްކި މޮޅު ކުޅުމާއެކު ރިޗާލިސަން އެވަޓަންއަށް ބަދަލުވީ 50 މިލިއަން ޔޫރޯއަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *