ރެއާލް މޮޅުވިއިރު ބޭލް އަނެއްކާވެސް ތަފާތު ދައްކައިފި

Advertisement

ރެއާލް މޮޅުވިއިރު ބޭލް އަނެއްކާވެސް ތަފާތު ދައްކައިފި

ޢަލީ ޝަހީމް
ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު ބޭލް. މި ސީޒަނުގައި ބޭލް އަންނަނީ މޮޅު ކުޅުމެއް ދައްކަމުން

ސްޕެނިޝް ލަލީގާގައި ރޭ ޖިރޯނާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވިއިރު އެޓީމުގެ ގަރެތް ބޭލް އަނެއްކާވެސް ތަފާތު ދައްކައިފިއެވެ. ރޭ ކުޅުނު މެޗުން ރެއާލް މޮޅުވީ 4-1 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑް ވަނީ ކުޅުނު ދެމެޗުންވެސް މޮޅުވެ ބާސެލޯނާއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފައެވެ. ލަނޑުގެ ތަފާތުން ރެއާލް އަށް އެއްވަނަ ލިބޭއިރު ބާސާ އަށް ލިބެނީ ދެވަނަ އެވެ.

ލަލީގާއަށް މިދިޔަ ސީޒަނުގައި ޕްރޮމޯޓްވެ ޖިރޯނާއިން ވަނީ ލީގުގެ 10 ވަނަ ހޯދާފައެވެ. އެޓީމު ވަނީ އަމިއްލަ ދަނޑުގައި މިދިޔަ ސީޒަނުގައި ރެއާލް 2-1 އިން ބަލިކޮށްފައެވެ. ޖިރޯނާއިން ރޭގެ މެޗުގައި ލީޑު ނެގުމުން ހައިރާން ކުރުވަނިވި ނަތީޖާއެއް ނުކުމެދާނެކަމަށް ހީކުރެވުނު ނަމަވެސް ރެއާލްއިން ވަނީ ކުޅުން ރަނގަޅު ކޮށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ.

Advertisement

ރޭގެ މެޗުވެސް ރެއާލް އިން ފެށީ ކަރިމް ބެންޒެމާ އާއި ގަރެތް ބޭލްގެ އިތުރުން މާކޯ އެސެންސިއޯއަށް ފުރަތަމަ އެގާރައިން ފުރުސަތު ދީގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު 17 ވަނަ މިނެޓުގައި ޖެހީ ޖިރޯނާގެ ބޯޖާ ގާސިއާ އެވެ. އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ ޖިރޯނާއަށް މެޗުގެ ލީޑު ގެއްލުނީ ރެއާލަށް ލިބުނު ދެ ޕެނަލްޓީ ވައްދާލުމުންނެވެ. ރެއާލް އަށް މި ދެ ޕެނަލްޓީވެސް ހޯދައިދިނީ އެސެންސިއޯ އެވެ. މެޗުގެ 39 ވަނަ މިނެޓުގައި ފުރަތަމަ ޕެނަލްޓީ ސާޖިއޯ ރާމޯސް ވައްދާލިއިރު ދެވަނަ ޕެނަލްޓީ މެޗުގެ 52 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކަރިމް ބެންޒެމާ އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ރެއާލްގެ ތިންވަނަ ލަނޑު އިސްކޯގެ އެހީތެރިކަމާއެކު ޖަހައިދިނީ ފުރަތަމަ މެޗުގައިވެސް ލަނޑުޖެހި ބޭލް އެވެ. ބޭލްގެ މި ލަނޑަށްފަހު އޭނާ ވަނީ ރެއާލްގެ ހަތަރު ވަނަ ލަނޑު ޖެހުމަށް ބެންޒެމާއަށް މަގުފަހިކޮށްދީފައެވެ.

މިދިޔަ ސީޒަނުގައި ޒިނެދިން ޒިދާންގެ ކޯޗުކަމުގެ ދަށުން ފުރަތަމަ އެގާރައިން ފުރުސަތު ގެއްލުނު ބޭލް މި ސީޒަނުގައި ލޮޕެޓީގުގެ އިރުޝާދުގެ ދަށުން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ލަލީގާގާއި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެސްޕެނިޔޯލް ވަނީ 2-0 އިން ވެލެންސިއާ ބަލިކޮށްފައެވެ. މި މެޗުގައި އެސްޕެނިޔޯލްގެ ލަނޑުތައް ޖަހައިދިނީ އެސްޓެބަން ގްރަނިރޯ އާއި ބޯޖާ އިގްލެސިއަސް އެވެ. ރޭ ސެވިއްޔާ އާއި ވިޔަރެއާލް ބައްދަލުކުރި މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *