ތަރިންގެ ލަނޑުތަކުން ޕީއެސްޖީއަށް ފަސޭހަ މޮޅެއް

Advertisement

ތަރިންގެ ލަނޑުތަކުން ޕީއެސްޖީއަށް ފަސޭހަ މޮޅެއް

ޢަލީ ޝަހީމް

ފްރާންސް ލީގުގައި ރޭ އެންޖާސް އާ ބައްދަލުކުރި މެޗުގައި ޕީއެސްޖީގެ ކުރިއަށް ކުޅޭ ތިން ތަރިންގެ ލަނޑުތަކުން 3-1 އިން އެޓީމު މޮޅުވެއްޖެއެވެ. ރޭގެ މެޗުގައި ޕީއެސްޖީއަށް ލަނޑުތައް ޖަހައިދިނީ ކިލިއަން އެމްބާޕޭ އާއި ނޭމާގެ އިތުރުން އެޑިންސަން ކަވާނީ އެވެ. މި ތިން ކުޅުންތެރިންނަކީވެސް މިވަގުތު ޔޫރަޕްގައި ތިބި އެންމެ މޮޅު ކުޅުންތެރިންގެ ލިސްޓުގައި ހިމެނޭ ކުޅުންތެރިންނެވެ. މިއީ ލީގުގައި މި ތިން ކުޅުންތެރިންނާއެކު ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗެވެ.

ރޭގެ މެޗު ފެށިގެން 12 ވަނަ މިނެޓުގައި ޕީއެސްޖީގެ ފުރަތަމަ ލަނޑު ޖެހީ ވޯލްޑް ކަޕްގައި ލިބުނު އަނިޔާއަށްފަހު ރަނގަޅުވެ ފުރަތަމަ ފަހަރަށް މި ސީޒަނުގައި ކުޅުނު ކަވާނީ އެވެ. ވޯލްޑް ކަޕްގައި އުރުގުއޭ ތަމްސީލު ކުރަނިކޮށް ކަވާނީގެ ފަޔަށް އަނިޔާވީ ދެވަނަ ބުރުގައި ޕޯޗުގަލްއާ ވާދަކުރި މެޗުގައެވެ. މިދިޔަ ސީޒަނުގައި ފްރާންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް 28 ގޯލު ޖަހައިގެން ހޯދި ކަވާނީގެ ބޭނުން ލީގުގެ ފުރަތަމަ ދެމެޗުގައި ޓީމުން ހިފާފައެއް ނުވެއެވެ. ކަވާނީގެ ލަނޑަށް ފަހު އެންޖާސް އިން އެއްވަރުކުރީ ލިބުނު ޕެނަލްޓީއެއްގައި ތޯމަސް މަންގާނީ އެވެ.

Advertisement

ޕީއެސްޖީގެ ދެވަނަ ލަނޑު މެޗުގެ 51 ވަނަ މިނެޓުގައި ޖެހީ ޒުވާން ތަރި އެމްބާޕޭ އެވެ. މިދީ އެންމެ ފަހުން ކުޅުނު ދެމެޗުގައި އެމްބާޕޭ ޖެހި ތިންވަނަ ގޯލެވެ. އެމްބާޕޭގެ ގޯލަށްފަހު ދެން ފެނުނީ ނޭމާގެ ގޯލެކެވެ. މި ލަނޑު ޖަހަން ނޭމާއަށް މަގުފަހި ކޮށްދިނީ އުމުރުން 19 އަހަރުގެ އެމްބާޕޭ އެވެ. ޕީއެސްޖީގެ ތިންވަނަ ގޯލަށް ފަހު މެޗު ނިމެން ކައިރި ވެފައިވަނިކޮށް އެމްބާޕޭ ފޮނުވާލި ހަމަލާގެ ހުރަކަހަށްވީ އެންޖާސްގެ ކީޕަރު ލުޑޮވިޗް ބުޓެއްލޭ އެވެ.

މި މޮޅާއެކު ކުޅުނު ތިންމެޗުންވެސް މޮޅުވެ ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައެވެ. ލީގުގައި ޕީއެސްޖީ ދެން ކުޅޭ މެޗުގައި ރަށުން ވާދަކުރާނީ އަލަށް ޕްރޮމޯޓްވި ނިމެސްއާ އެވެ،

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *