ސިޓީ އަށް މޮޅުނުވެވުމުގެ ފައިދާ ލިވަޕޫޫލުުންް ނަަގައިފި

Advertisement

ސިޓީ އަށް މޮޅުނުވެވުމުގެ ފައިދާ ލިވަޕޫޫލުުންް ނަަގައިފި

ޢަލީ ޝަހީމް
ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު ސަލާހް (މ). މި ސީޒަނުގައިވެސް ސަލާހް އަންނަނީ ލިވަޕޫލަށް މޮޅު ކުޅުމެއް ދައްކަމުން

އިނގިރޭސި ޕްރިމިއަރ ލީގަށް ހަ އަހަރަށްފަހު ކޮލިފައިވި ވުލްވްސް އިން ގަދަފަދަ މެންޗެސްޓަރ ސިޓީއަށް މޮޅު ނުވެވުމުގެ ފައިދާ ލިވަޕޫލުން ނަގައިފިއެވެ. ރަށުން ބޭރުގައި ރޭ ވުލްވްސް އާ، ސިޓީ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. އޭގެފަހުން ކުޅުނު މެޗުގައި ލިވަޕޫލުން ވަނީ 1-0 އިން ބްރައިޓަން ބަލިކޮށް މޮޅުވުމުގެ ސިލްސިލާ ދަމަހައްޓާފައެވެ. މި މޮޅާއެކު ކުޅުނު ތިންމެޗުންވެސް މޮޅުވެ ލިވަޕޫލް ވަނީ ޓޭބަލްގެ އެއްވަނަ އަށް ޖެހިލާފައެވެ. ރޭގެ މެޗުން އެއްވަރުވުމުން ހަތް ޕޮއިންޓާއެކު ލިވަޕޫލްގެ ފަހަތުން ސިޓީއަށް ލިބެނީ ދެވަނައެވެ.

ސިޓީއާ އާ ވާދަކުރި ވުލްވްސް އެންމެ ފަހުން ޕްރިމިއަރ ލީގުގައި ކުޅުނީ 2012 ވަނަ އަހަރުއެވެ. މިފަހަރު އެޓީމު ޕްރިމިއަރ ލީގަށް ކޮލިފައި ކޮށްދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ ކްލަބްގެ ވެރިޔާ ޗައިނާގެ ފޮސުން ގްރޫޕެވެ. އެ ގްރޫޕުގެ ފަރާތުން ވުލްވްސް ޓީމަށް އިތުރުކުރި ކުޅުންތެރިން ވަނީ ސިޓީއާ ދެކޮޅަށް ރަނގަޅު ވާދައެއް ކޮށްފައެވެ.

ސިޓީއާ ވުލްވްސް މެޗުގެ ފުރަތަމަ ލަނޑު ޖައޯ މުޓީނިއޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ވުލްވްސް ވިލީ ބޮލީ އެވެ. އޭގެފަހުން ސިޓީއަށް އެއްވަރު ކޮށްދިނީ ދެވަނަ ހާފުގައި އައިމެރިކް ލަޕޯޓް އެވެ. މެޗުގެ 69 ވަނަ މިނެޓުގައި ލަޕޯޓް މި ލަނޑުޖެހީ އިކޭ ގުންޑަގާން ނަގައިދިން ހުރަހަކުންނެވެ. މެޗުގެ ބާކީ ބައިގައި ސިޓީން ވަނީ ވުލްވްސް ގޯލަށް ނުރައްކާކޮށް ލަނޑެއް ޖެހޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ސިޓީން ކުރިއަށް ޖެހިގެން ކުޅެން ފެށުމުން ލިބުނު ބޯޅަތަކުގައި ވުލްވްސް ޓީމުގެ ކުޅުންތެރިންވެސް ވަނީ ސިޓީގެ ގޯލަށް ނުރައްކާ ކޮށްފައެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ސިޓީއަށް ލިބުނު ހިލޭ ޖެހުން ސާޖިއޯ އަގުއޭރޯ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗަށްފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ލިބުނީ ވަރަށް މުހިއްމު ޕޮއިންޓެއް ކަމަށެވެ.

“ވަރަށް ރަނގަޅު ޕޮއިންޓެއް ލިބުނީ، އަހަރެމެން ފުރުސަތުތައް ތަނަވަސްކުރި އެކަމު އެމީހުންގެ ކީޕަރު ސޭވްތައް ކުރި. އަހަރެމެނަށް އެނގޭ އެޓީމަކީ ކިހާ މޮޅު ޓީމެއްކަން މި ސީޒަނުގަ. އަހަރެމެން ބައިވަރު ފުރުސަތުތައް ތަނަވަސްކުރުން އެއީ މި މެޗު ރަނގަޅުވި ސަބަބަކީ” ފަސޭހަކަމާއެކު މިދިޔަ ސީޒަނުގައި ޕްރިމިއަރ ލީގު ސިޓީއަށް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

މި މެޗުން އެއްވަރުވުމުން ލީގުގައި ރޭ ފަހުން ކުޅުނު މެޗުގައި ލިވަޕޫލް ހޯދި މޮޅާއެކު އެޓީމަށް ވަނީ ހިތްހަމަޖެހުން ލިބިފައެވެ. އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ލިވަޕޫލް މޮޅުވި ލަނޑު ރޮބާޓޯ ފިރްމީނޯގެ އެހީތެރިކަމާއެކު ޖެހީ މުހައްމަދު ސަލާހް އެވެ. ސަލާހް ވަނީ ލިވަޕޫލްގެ ދަނޑުގައި މިހާތަނަށް ކުޅުނު 29 މެޗުގައި 29 ގޯލު ޖަހާފައެވެ.

މި މެޗުން މޮޅުވިޔަސް ލިވަޕޫލްގެ ކޯޗް ޔާގެން ކްލޮޕް ބުނީ ޕޮއިންޓް ޓޭބަލާމެދު ޝައުގުވެރިކަމެއް ނެތްކަމަށެވެ.

“ހަގީގަތުގަ ޕޮއިންޓް ޓޭބަލްއަށް އަހަރެން ޝައުގުވެރިކަމެއް ނެތް. ތިންވަނަ ހަފްތާއަށްފަހު ޓޭބަލް މުހިއްމެއް ނޫން. މުހިއްމީ ލިބުނު ނުވަ ޕޮއިންޓް. އަހަރެން ޓީމުގެ ކުދިންގެ ފަރާތުން ވަރަށް ބޮޑަށް އުއްމީދުކުރަން. އަހަރެން އެ ކުޅުންތެރިންނަށް ޑިމާންޑްކުރަން. ސަބަބަކީ އަހަރެންނަށް އެނގޭ އަދިވެސް އަހަރެމެނަށް ކުރިއެރުވޭނެކަން” ކްލޮޕް ބުންޏެވެ.

ޕްރިމިއަރ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އަމިއްލަ ދަނޑުގައި އާސެނަލް ވަނީ 3-1 އިން ވެސްޓްހަމް ބަލިކޮށްފައެވެ. ފަހަތުންއަރާ ބޯންމައުތުން އެވަޓަންއާ 2-2 އިން އެއްވަރުކުރި މެޗުގައި އެވަޓަންގެ އެންމެ މުހިއްމު ކުޅުންތެރިޔާ ރިޗާލިސަން އަށް ވަނީ ރަތްކާޑު ދައްކާފައެވެ. ރޭ އަމިއްލަ ދަނޑުގައި ސައުތުހަމްޓަން އިން ލެސްޓާ ސިޓީއާ ވާދަކުރި މެޗުން 2-1 އިން ބަލިވިއިރު ހަޑަސްފީލްޑް ޓައުން އާއި ކާޑިފް ސިޓީ ބައްދަލުކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *