ރޮނާލްޑޯ އަމިއްލަ ސަޕޯޓަރުން ކުރިމަތީ ކުޅުނު ފުރަތަމަ މެޗުން މޮޅެއް

Advertisement

ރޮނާލްޑޯ އަމިއްލަ ސަޕޯޓަރުން ކުރިމަތީ ކުޅުނު ފުރަތަމަ މެޗުން މޮޅެއް

ޢަލީ ޝަހީމް

ޔުވެންޓަސްގެ ރެކޯޑް އަގަކަށް އެޓީމާ ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފުރަތަމަ މެޗުން އެޓީމު މޮޅުވެއްޖެއެވެ. މިރޭ ލާޒިއޯއާ ވާދަކުރި މެޗުން ޔުވެންޓަސް މޮޅުވީ 2-0 އިންނެވެ. 99 މިލިއަން ޕައުންޑަށް މިސީޒަނަށް 33 އަހަރުގެ ރޮނާލްޑޯ ޔުވެންޓަސްއާ ގުޅުނީ ރެއާލް މެޑްރިޑް ދޫކޮށްލުމަށްފަހުއެވެ.

ލީގުގައި ޔުވެންޓަސް ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ޗިއޭވޯ ވެރޯނާއާ ވާދަކޮށް މޮޅުވީ 3-2 އިންނެވެ. ޔުވެންޓަސްގެ އަލިއަންޒް ސްޓޭޑިއަމްގައި މިރޭ ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ސަޕޯޓަރުން ވަނީ ރޮނާލްޑޯ އަށް މަރުހަބާ ކިޔުމުގެ ގޮތުން ގިނަ އަދަދެއްގެ ބެނާތަކާއި ޕޯސްޓަރުތައް ބޭނުންކޮށްފައެވެ.

މިރޭގެ މެޗު ރޮނާލްޑޯއަށް ހާއްސަ ވިނަމަވެސް، ލަނޑުޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން އޭނާއަށް ހިފޭގޮތެއް ނުވިއެވެ. މެޗުގެ 30 ވަނަ މިނެޓުގައި ޔުވެންޓަސްއިން ލީޑު ނެގީ 25 ޔާޑު ދުރުން މިރަލެމް ޕިޔަނިޗް ޖަހައިދިން ހިތްގައިމު ލަނޑުންނެވެ. ދެވަނަ ހާފުގައި ޔުވެންޓަސްއަށް ދެވަނަ ލަނޑު ޖަހައިދިނީ މާރިއޯ މަންޒުކިޗް އެވެ. މަންޒުކިޗް މި ލަނޑު ޖެހީ އެޓީމުގެ ޖައޯ ކަންސެލޯ ނަގައިދިން ހުރަހެއް ރޮނާލްޑޯ އަށް ގޯލުގެ ތެރެއަށް ފޮނުވާނުލެވުމުން ލިބުނު ފުރުސަތުގައެވެ. މިރޭގެ މެޗުން ލަނޑެއް ނުޖެހުމުން ވާދަވެރި މެޗެއްގައި ރޮނާލްޑޯއަށް އަދި އެޓީމަށް ގޯލެއް ޖަހައިދެވިފައެއް ނުވެއެވެ.

މި މޮޅާއެކު ކުޅުނު ދެމެޗުންވެސް މޮޅުވެ ޔުވެންޓަސް އޮތީ ތާވަލުގެ އެއްވަނައިގައެވެ. ފުރަތަމަ ދެމެޗުންވެސް ބަލިވުމުން ލާޒިއޯއަށް ވަނީ ހާސްކަމާ ކުރިމަތިލާން ޖެހިފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *