އެމްބާޕޭ އެނބުރި އައިސް ޕީއެސްޖީ ސަލާމަތް ކޮށްދީފި

Advertisement

އެމްބާޕޭ އެނބުރި އައިސް ޕީއެސްޖީ ސަލާމަތް ކޮށްދީފި

ޢަލީ ޝަހީމް

ފްރެންޗް ލީގުގައި ރޭ ކުޅުނު މެޗުގައި ދެވަނަ ހާފުގައި ކުޅެން ނުކުމެ ކިލިއަން އެމްބާޕޭ ޖެހި ދެގޯލުން ޕީއެސްޖީ މޮޅުވެއްޖެއެވެ. ރޭ ރަށުން ބޭރުގައި ޖުއިންގޭމްޕާއި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވީ 3-1 އިންނެވެ. މިމެޗުގައި އެމްބާޕޭ ދެ ލަނޑުވެސް ޖެހީ މެޗުގެ ފަހު ދިހަ މިނެޓުގައެވެ.

ވޯލްޑް ކަޕް ކާމިޔާބު ކުރި ފްރާންސް ޓީމަށް ހަތަރު ގޯލު ކާމިޔާބު ކޮށްދިނުމަށްފަހު އެމްބާޕޭ ވޭތުވެދިޔަ ދުވަސްތަކުގައި ހުރީ ޗުއްޓީގައެވެ. ލީގުގެ ފުރަތަމަ މެޗުގައިވެސް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް އެމްބާޕޭ ބޭނުން ކޮށްފައެއް ނުވެއެވެ. ރޭގެ މެޗުގެ 20 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖެހީ ޖުއިންގޭމްޕާއިންނެވެ. އެއަށްފަހު ޕީއެސްޖީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 52 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ނޭމާ އެވެ. މެޗުގެ ފަހު ދެގޯލު އެމްބާޕޭ ކާމިޔާބުކުރީ 82 ވަނަ މިނެޓާއި މެޗުގެ ފަހުމިނެޓުގައެވެ. އުމުރުން 19 އަހަރުގެ އެމްބާޕޭ އަކީ ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއެވެ. މި މޮޅާއެކު ކުޅުނު ދެމެޗުންވެސް މޮޅު ޕީއެސްޖީ އޮތީ ފްރާންސް ލީގުގެ އެއްވަނައިގައެވެ.

ރޭގެ މެޗަށްފަހު އެންމެ ހާއްސަވީ ޕީއެސްޖީގެ ގޯލް ކީޕަރު ޖިއަންލުއިޖީ ބުފޮން އާއި ގުއިންގޭމްޕާގެ އުމުރުން 21 އަހަރުގެ މާކޮސް ތުރަމްއާއި ޖޯޒީ ބަދަލުކުރި ވަގުތެވެ. މާކޮސް އަކީ ބުފޮންއާއެކު ޕާމާ އަދި ޔުވެންޓަސްގައިވެސް ކުޅުނު ފްރާންސްގެ ލިލިއަން ތުރަމްގެ ދަރިފުޅެވެ. ތުރަމްގެ ދަރިފުޅާއި ބުފޮން ޖޯޒީ ބަދަލުކުރީ ތުރަމްއާ އޮންނަ ގާތްގުޅުން ދައްކުވައިދިނުމުގެ ގޮތުންނެވެ. ތުރަމްއާއެކު ބުފޮން ވަނީ އިޓަލީ ލީގު ދެފަހަރު ކާމިޔާބުކޮށް 2003 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައެވެ. ތުރަމް އަކީ ފްރާންސް ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ އެގައުމުގެ ލެޖެންޑެކެވެ. އޭނާ ވަނީ ފްރާންސަށް 142 މެޗު ކުޅެދީފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *