ޑިބްރޭނާ ތިން މަސްދުވަހަށް ކުޅުމާ ދުރަށް

Advertisement

ޑިބްރޭނާ ތިން މަސްދުވަހަށް ކުޅުމާ ދުރަށް

ޢަލީ ޝަހީމް

މެންޗެސްޓަރ ސިޓީގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކެވިން ޑިބްރޭނާގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ތިން މަސްދުވަހަށް ކުޅުމާ ދުރަން ދާންޖެހިއްޖެއެވެ. ޑިބްރޭނާއަށް އަނިޔާވީ މިދިޔަ ބުދަ ދުވަހު ސިޓީން ބޭއްވި ފަރިތަކުރުންތަކުގެ ތެރޭގައެވެ.

ވޯލްޑް ކަޕަށްފަހު ލިބުނު ޗުއްޓިއަށްފަހު އެނބުރި އައިސް ޑިބްރޭނާ ވަނީ ޕްރިމިއަރ ލީގުގައި އާސެނަލް އަތުން ސިޓީ މިދިޔަ އާދީއްތަ ދުވަހު  މޮޅުވި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފައެވެ. ޑިބްރޭނާގެ ކަނާތު ކަކުލުގެ ލިގަމެންޓަށް އަނިޔާވި ނަމަވެސް ސާޖަރީއެއް ކުރަން ނުޖެހޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާގެ ކަކުލަށް އަނިޔާވެގެން 2016 ވަނަ އަހަރުތެރޭވެސް ވަނީ 12 މެޗު ގެއްލިފައެވެ. އުމުރުން މިހާރު 27 އަހަރުގެ ޑިބްރޭނާއަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ ޕްލޭންގައި އެންމެ މުހިއްމު ކުޅުންތެރިޔާއެވެ.

Advertisement

މިދިޔަ ސީޒަނުގައި ޕްރިމިއަރ ލީގާއި އީއެފްއެލް ކަޕް ސިޓީން ކާމިޔާބު ކުރިއިރު ޑިބްރޭނާ ވަނީ 12 ގޯލު ޖަހައި 21 ގޯލު ޖަހަން މަގުފަހި ކޮށްދީފައެވެ. އަދި، އެންމެ ފަހުން ނިމުނު ވޯލްޑް ކަޕްގައި ބެލްޖިއަމް ޓީމު ތިންވަނަ ހޯދިއިރު އޭނާ ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ޑިބްރޭނާގެ އަނިޔާއާ ގުޅޭގޮތުން ގާޑިއޯލާ ބުނީ އެއީ ޓީމަށް ލިބުނު ވަރަށްބޮޑު ގެއްލުމެއް ކަމަށެވެ.

“ޑިބްރޭނާ އަނިޔާވުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް. އޭނާ ރީޕްލޭސް ކުރުމަކީ ފަސޭހަ ކަމެއް ނޫން. އަހަރެމެން ބަލާނަން ޑިބްރޭނާ ނެތި ނަތީޖާތައް ރަނގަޅު ކުރެވޭތޯ” ޑިބްރޭނާ ފަދަ މުހިއްމު ކުޅުންތެރިއަކު ސީޒަން ފެށުނު ހިސާބުން ގެއްލުމުން ދެރަވެފައި ހުރި ގާޑިއޯލާ ބުންޏެވެ.

ތިން މަސްދުވަހަށް އަނިޔާވުމާއި ގުޅިގެން ލީގުގައި ޑިބްރޭނާއަށް އޮކްޓޯބަރ 7 ވަނަ ދުވަހު ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗާއި އޮކްޓޯބަރ 28 ވަނަ ޓޮޓެންހަމް ހޮޓްސްޕާސް އާ ދެކޮޅަށް ކުޅޭ މެޗާއި ނޮވެމްބަރ 11 ވަނަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުވެސް ގެއްލުމުގެ ފުރުސަތު ބޮޑެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *