ބާންލީ ޔޫރޮޕާ ލީގު ކުޅުމާ ފިޔަވަޅެއް ގާތަށް!

Advertisement

ބާންލީ ޔޫރޮޕާ ލީގު ކުޅުމާ ފިޔަވަޅެއް ގާތަށް!

ފަހުމިނެޓް

ޔޫރޮޕާ ލީގު ކޮލިފައިންގެ ތިންވަނަ ބުރުގައި ތުރުކީގެ އިސްތަންބުލް ބަސަކްޝިއަރ ބަލިކޮށް ޔޫރޮޕާ ލީގު ޕްލޭއޮފުން އިނގިރޭސި ކުލަބް ބާންލީ ޖާގަ ހޯދައިފިއެވެ.

ބާންލީން ޕްލޭއޮފަށް ދަތުރުކުރީ އަމިއްލަ ދަނޑުގައި ރޭ ކުޅެވުނު ކޮލިފައިން ތިންވަނަ ބުރުގެ ދެވަނަ ލެގުގައި އެޓީމުގެ ޖެކް ކޯކް އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިން ލަނޑާއެކު 1-0 ގެ އެގްރިގޭޓް ނަތީޖާއަކާއެކުއެވެ.
ބާންލީއަށްވުރެ ބޮޑަށް ބަސަކްޝިއަރ އިން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ފެނިގެންދިޔަ މިމެޗުގައި ބާންލީގެ ކީޕަރު ޖޯ ހާޓްގެ ފަރާތުން ވަނީ މޮޅު ސޭވްތަކެއް ފެނިގެން ގޮސްފައެވެ.

ޕްލޭއޮފްގައި ބާންލީ ނުކުންނާނީ ގްރީސްގެ އޮލިމްޕިއާކޯސް އާދެކޮޅަށެވެ. އޮލިމްޕިއާކޮސް ވަނީ ކޮލިފައިންގެ ތިންވަނަ ބުރުގައި ސްވިޒަލޭންޑްގެ ލުޒާން 7-1 ގެ އެގްރިގޭޓް ނަތީޖާއަކުން ބަލިކޮށްފައެވެ.

ޔޫރޮޕާ ލީގު ޕްލޭއޮފަށް ދިޔަ އެހެން ބައެއް ޓީމުތަކަށް ބަލާލާއިރު ސްޓީވަން ޖެރާޑުގެ ކޯޗުކަމުގެ ދަށުން ކުޅޭ ރޭންޖާސް ރޭގެމެޗު ލަނޑެއް ނުޖެހި އެއްވަރު ވީނަމަވެސް އެޓީމު ޕްލޭއޮފަށް ދިޔައީ ފުރަތަމަ ލެގުގައި ސްލޮވީނިއާގެ މަރިބޯގެ މައްޗަށް ހޯދި 3-1 ގެ މޮޅާއެކުއެވެ. ޕްލޭއޮފްގައި ރޭންޖާސް ކުޅޭނީ، ކޮލިފައިންގެ ތިންވަނަ ބުރުގައި ލަކްސެމްބާގްގެ ކުލަބް ޕްރޮގްރެސް ނީޑާކޯން 4-3 ގެ އެގްރިގޭޓަކުން ބަލިކުރި ރަޝިޔާގެ ކުލަބް އުފަ އާދެކޮޅަށެވެ.

ޒެނިތުގެ ކުޅުންތެރިން ރޭގެމެޗުގައި އުފާފާޅުކުރަނީ. ފޮޓޯ: ބީބީސީ

ރަޝިޔާގެ ޒެނިތު ސައިންޓް ޕީޓަސްބާގް ޕްލޭއޮފަށް ދަތުރުކުރީ ރޭ ކުޅެވުނު ދެވަނަ ލެގުގައި ބެލަރޫސްގެ ޑައިނަމޯ މިންސްކު 8-1 އިން ބަލިކޮށްގެންނެވެ. ފުރަތަމަ ލެގުގައި 4-0 އިން ޒެނިތު ބަލިވެފައި ވީނަމަވެސް ދެވަނަ ލެގުގައި ޒެނިތުން ވަނީ 90 މިނިޓު ކުޅުން ހަމަވުމުގެ ކުރިން 10 ކުޅުންތެރިންނާއެކީ ކުޅެ، 4 ގޯލު ޖަހާފައެވެ. އިތުރުވަގުތުގައި ޑައިނަމޯ މިންސްކުން ފުރަތަމަ ލަނޑެއް ޖަހާ އެގްރިގޭޓުން ކުރި ހޯދިނަމަވެސް ޒެނިތުން ވަނީ އިތުރު ހަތަރު ލަނޑު ޖަހާ، 8-5 ގެ އެގްރިގޭޓަކާއެކު މެޗު ނިންމާލާފައެވެ.

ޕްލޭއޮފްގައި ޒެނިތު ނުކުންނާނީ ނޯވޭގެ ކުލަބް، މޯލްޑެ އާދެކޮޅަށެވެ. މޯލްޑެ ވަނީ ކޮލިފައިން ތިންވަނަ ބުރުގައި ސޮކޮޓްލޭންޑުގެ ކުލަބް ހައިބާނިއަން 3-0 ގެ އެގްރިގޭޓަކުން ބަލިކޮށްފައެވެ.

ސްޕެއިންގެ ސެވިއްޔާ ޕްލޭއޮފްގައި ޗެކް ރިޕަބްލިކްގެ ސިގްމާ އޮލޮމޮކް އާ ބައްދަލުކުރާއިރު، ފްރާންސްގެ ކުލަބް ބޯޑޯ ނުކުންނާނީ ބެލްޖިއަމްގެ ކޭއޭއޭ ގެންޓް އާދެކޮޅަށެވެ. އަދި އިޓަލީގެ ކުލަބް އެތްލާންޓާ ޕްލޭއޮފްގައި ޑެންމާކުގެ ކޯޕަންހޭގަން އާދެކޮޅަށް ނުކުންނައިރު ޖަރުމަނުގެ އާރުބީ ލިޕްޒިގް ނުކުންނާނީ ޔޫކްރޭނުގެ ޒޯރިޔާ ލުހާންސްކާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *