ޕީކޭ އަށްފަހު ސިލްވާ ވެސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

Advertisement

ޕީކޭ އަށްފަހު ސިލްވާ ވެސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

އަޙްމަދު ޔަޝައު

ސްޕެއިންގެ ޤައުމީ ޓީމަށް ކުޅެމުން އަންނަ މެންޗެސްޓާރ ސިޓީގެ މިޑްފީލްޑަރ ޑޭވިޑް ސިލްވާ އިންޓަރނޭޝަނަލް ފުޓުބޯޅައިން ރިޓަޔާރ ކޮށްފިއެވެ.

ސިލްވާ ޤައުމީ ޓީމުން ރިޓަޔާރ ކުރިކަން އިއުލާން ކުރުމުގެ ކުރިން މިދިޔަ ހޮނިހިރު ދުވަހު ސްޕެއިންގެ ބާސެލޯނާ ޑިފެންޑަރ ޖެރާޑް ޕީކޭވެސް ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފައެވެ.

މިހާރު އުމުރުން 32 އަހަރު ވެފައިވާ މިޑްފީލްޑަރު ވަނީ ސްޕެއިންގެ ޤައުމީ ޓީމާއެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ އިތުރުން، 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.

ޑޭވިޑް ސިލްވާ

2006 ވަނަ އަހަރު ޤައުމީ ޓީމަށް ކުޅެން ފެށިފަހުން މިއަދާ ހަމައަށް ސިލްވާ ވަނީ ޤައުމީ ޓީމު ޖާޒީގައި 125 މެޗު ކުޅެދީ 35 ގޯލު ކާމިޔާބުކޮށްފައެވެ. ސިލްވާ ޤައުމީ ޓީމަށް ފުރަތަމަ ގޯލެއް ކާމިޔާބު ކޮށްދީފައިވަނީ 2007 ވަނަ އަހަރު ގްރީސް އާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ.

ސިލްވާ ރިޓަޔާރ ކުރިކަން އޭނާގެ އަމިއްލަ ޓްވިޓާރ އެކައުންޓްގައި އިއުލާންކުރަމުން ބުނެފައިވަނީ، ޤައުމީ ޓީމާއެކު އޭނާ ހޯދާފައިވާ ކާމިޔާބީތަކާމެދު ފަޚުރުވެރިވާ ކަމަށާއި، ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ނިންމުމަކީ އޭނާގެ ހަޔާތުގައި ނިންމަންޖެހުނު އެންމެ އުނދަގޫ ނިންމުން ކަމުގައެވެ.

މީގެއިތުރުން، ސިލްވާ ވަނީ ސްޕެއިން އަށް 44 އަހަރުފަހުން ފުރަތަމަ ފަހަރަށް ބައިނަލް އަޤުވާމީ މުބާރާތެއްގައި ތަށްޓެއް ހޯދައިދިން ސްޕެއިންގެ ކުރީގެ ކޯޗު ލުއިސް އަރަގޯނޭސް އަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާގެ މަތިން ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށާއި، އެއީ ސިލްވާގެ ފުޓުބޯޅަ ކެރިއަރުގައި ކުރިއަރައިގެން ދިއުމުގެ އެންމެ މުޙިއްމު ދައުރެއް އަދާކޮށްދިން ފަރާތްކަމުގައި ފާހަގަކުރިއެވެ. 2008 ވަނަ އަހަރު ސްޕެއިން އަށް ޔޫރޯ ތަށި ހޯދައިދިން ކޯޗު އަރަގޯނޭސް ވަނީ 2014 ވަނަ އަހަރު އުމުރުން 75 އަހަރުގައި ނިޔާވެފައެވެ.

ޑޭވިޑް ސިލްވާ މެންސިޓީ ޖާޒީގައި

ސިލްވާ އެންމެފަހުން ޤައުމީ ޓީމަށް ކުޅެފައިވަނީ ނިމިގެންދިޔަ ވޯލްޑްކަޕްގެ ގަދަ 16 ގައި ރަޝިޔާ އާއެކު ޕެނަލްޓީ ޖަހައިގެން ބަލިވެ މުބާރާތުން ކެޓި މެޗުގައެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *