ޖަޕާނުގައި އިނިއެސްޓާގެ ފުރަތަމަ ގޯލު، ވަރަށް ތަފާތު!

Advertisement

ޖަޕާނުގައި އިނިއެސްޓާގެ ފުރަތަމަ ގޯލު، ވަރަށް ތަފާތު!

ފަހުމިނެޓް
އިނިއެސްޓާ، ޖޭ ލީގުގައި ގޯލް ޖެހުމަށްފަހު. ފޮޓޯ: ސްޕޯޓްސް އިލަސްޓްރޭޓެޑް

ޖަޕާނުގެ ޖޭ ލީގުގައި ކުޅޭ ވިސެލް ކޯބެ އަށް ބަދަލުވުމަށްފަހު، ސްޕެއިން އާއި ބާސެލޯނާގެ ކުރީގެ ތަރި އަންޑްރެސް އިނިއެސްޓާ، 34، އެޓީމަށް ފުރަތަމަ ގޯލު ޖަހާދީފިއެވެ.

ވިސެލް ކޯބެ އަށް އިނިއެސްޓާ މިހާތަނަށް ތިން މެޗު ކުޅެދީފައި ވާއިރު، އޭނާގެ ފުރަތަމަ ގޯލު ފެނިގެން ދިޔައީ، އެޓީމަށް ކުޅެދިން ތިނަވަނަ މެޗުގައި، ހޮނިހިރު ދުވަހު ލީގުގައި ޖުބީލޯ އިވާޓާ އާދެކޮޅަށް ކުޅުނު މެޗުގައެވެ.

Advertisement

2-1 ގެ ނަތީޖާއަކުން ވިސެލް ކޯބެ މިމެޗުން މޮޅުވިއިރު އިނިއެސްޓާ ޖެހީ މެޗުގެ ފުރަތަމަ ލަނޑެވެ. އޭނާ މި ލަނޑު ޖެހީ، ބެޔާން މިއުނިކާއި އާސެނަލްގެ ކުރީގެ ފޯވަޑް، ޖަރުމަންގެ ލޫކަސް ޕޮޑޮލްސްކީ ދިން ޕާހަކުން ބޯޅަ ހޯދުމަށްފަހު، އިދިކޮޅު ޓީމުގެ ޑިފެންޑަރު ކަޓުވާލުމަށްފަހު، ކީޕަރު ކައިރިންވެސް ނައްޓާލުމަށް ފަހުއެވެ.

ދެވަނަ ލަނޑު އެޓީމުގެ ފޯވަޑް ކިޔޯގޯ ފުރުހަށި ކާމިޔާބު ކޮށްދިން އިރު އިދިކޮޅު ޓީމުން ޖެހި ހަމައެކަނި ލަނޑު ފެނިގެން ދިޔައީ މެޗު ނިމެން ގާތްވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ.

މި މޮޅާއެކު ވިސެލް ކޯބެ ވަނީ ޖޭ ލީގުގެ ހަރަތު ވަނައަށް ޖެހިލާފައެވެ. ލީގުގެ އެއްވަނައަށް އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ޖާގައެއް ކަށަވަރު ވާއިރު، ދެވަނަ އަދި ތިންވަނަ ޖެހޭނީ ކޮލިފައިން ކުޅޭށެވެ.

އިނިއެސްޓާ އާއެކު ޖަޕާނުގެ ޖޭ ލީގަށް ބަދަލުވި ފެނާންޑޯ ޓޮރޭޒްގެ ސާގަން ޓޯސޫ ވެސް ވަނީ ހޮނިހިރު ދުވަހުގެ މެޗުން 1-0 އިން އުރަވާ ރެޑް ޑައިމަންޑްސް އަތުން މޮޅުވެފައެވެ. ސާގަން ޓޯސޫ އަށް 5 މެޗު ކުޅެދީފައި ވާއިރު ޓޮރޭޒް، 34، އަށް އަދި އެޓީމަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތް ވަނީ ނުވެފައެވެ.

ޖުމްލަ 18 ޓީމު ވާދަކުރާ ޖޭ ލީގުގައި ފުލަށް ދާ ދެޓީމު ރެލިގޭޓް ވާއިރު، ފަހަތުން ތިންވަނަ ޓީމު ޖެހޭނީ ރެލިގޭޝަން ޕްލޭއޯފް ކުޅޭށެވެ. ޓޮރޭޒް ކުޅެމުން އަންނަ ސާގަން ޓޯސޫ މިވަގުތު އޮތީ 16 ވަނާގައި އޮތް ވީ-ވަރެން ނަގަސާކީއާ އެއްވަރަށް މެޗު ކުޅެގެން އެއްވަރަކަށް ޕޮއިންޓުވެސް ހޯދައިގެން ގޯލް ޑިފަރެންސުން ކުރި ހޯދާ، ތާވަލުގެ 15 ވަނައިގައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *