ބްރެޒިލް ރޮނާލްޑޯ އަށް ނިއުމޯނިއާ ޖެހި އައި.ސީ.ޔޫ ގައި ފަރުވާދެނީ

Advertisement

ބްރެޒިލް ރޮނާލްޑޯ އަށް ނިއުމޯނިއާ ޖެހި އައި.ސީ.ޔޫ ގައި ފަރުވާދެނީ

އަޙްމަދު ޔަޝައު

2002 ވަނަ އަހަރު ބްރެޒިލްއަށް ވޯލްޑް ކަޕް ހޯދައިދިން އެޓީމުގެ ފޯވާޑް ރޮނާލްޑޯއަށް ނިއުމޯނިއާޖެހި އިންޓެންސިވް ކެއަރ ޔުނިޓް (އައި.ސީ.ޔޫ) ގައި ފަރުވާދެމުން އެބަގެންދެއެވެ.

މިހާރު އުމުރުން 41 އަހަރުވެފައިވާ ރޮނާލްޑޯ ކުރި ޓްވީޓެއްގައި، އޭނާ ބަލިވެގެން ހުކުރު ދުވަހު ބްރެޒިލްގެ އިބީއްޒާގައި ހުންނަ ކޭން މިސަސް ހޮސްޕިޓަލްއަށް ގެންދިޔަ ކަމަށާއި، އެތަނުގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށާއި، ހޯދަ ދުވަހު ދޫކޮށްލާނެކަމަށް ބުނެފައިވެއެވެ.

Advertisement

ބްރެޒިލްގެ ޤައުމީ ޓީމަށް 98 މެޗު ކުޅެދީ 62 ގޯލު ކާމިޔާބުކޮށްފައިވާ ފޯވާޑަކީ ފުޓުބޯޅައަށް ލޯބިކުރާ ގިނަބަޔަކު ނަމޫނާއަކަށް ބަލާ ކުޅުންތެރިއެކެވެ. އަދި ގިނަ ބަޔަކު ޤަބޫލު ކުރާގޮތުގައި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ނަންބަރ 9 ފޯވާޑަކީ އޭނާއެވެ. 1994 ވަނަ އަހަރު ބްރެޒިލް ވޯލްޑްކަޕް ތަށި ކާމިޔާބުކުރިއިރު ބްރެޒިލް ސްކޮޑްގައި އޭނާ ހިމެނުނުނަމަވެސް އެފަހަރު އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. ނަމަވެސް، 1998 ވަނަ އަހަރު ބްރެޒިލް ފައިނަލަށް ގެންގޮސްދީ، 2002 ވަނަ އަހަރު ބްރެޒިލް އަށް ވޯލްޑްކަޕް ތަށި ހޯދައިދިން ފައިނަލުގައި ޖަރުމަނު ކޮޅަށް ދެގޯލުވެސް ޖެހީ ރޮނާލްޑޯއެވެ.

2002 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލުގައި ރޮނާލްޑޯ ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ރޮނާލްޑޯ ވަނީ އޭނާގެ ފުޓުބޯޅަ ކެރިއަރުގައި ގިނަ އެވޯޑް ތަކެއް ހޯދާފައެވެ. އެގޮތުން، 1996 ވަނަ އަހަރާއި 1997 ވަނަ އަހަރާއި 2002 ވަނަ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި، 1998 ވަނަ އަހަރުގެ ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި، 1997 ވަނަ އަހަރުގެ ކޮޕަރ އެމެރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި، 1999 ވަނަ އަހަރު ކޮޕަރ އެމެރިކާގެ ޓޮޕް ސްކޯރާރ އާއި، 2002 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ޓޮޕް ސްކޯރާރގެ އެވޯޑް ފާހަގަކޮށްލެވެއެވެ.

ރެއާލް މެޑްރިޑަށާއި، ބާސެލޯނާއަށާއި، އިންޓަރ މިލާނަށާއި، އޭސީ މިލާނަށް ކުޅެފައިވާ ރޮނާލްޑޯ ވަނީ އޭނާއަށް އަވަސް ޝިފާއެއް މެދުވެރިކޮށްދިނުމަށް އެދި މެސެޖުތައް ފޮނުވަމުންދާ ސަޕޯޓަރުންނަށް ޝުކުރުއަދާކޮށްފައެވެ.

 

 

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *