ވިއެރާގެ އާ ތަޖުރިބާ ފެށީ ނާކާމިޔާބަކުން

Advertisement

ވިއެރާގެ އާ ތަޖުރިބާ ފެށީ ނާކާމިޔާބަކުން

އަޙްމަދު ޔަޝައު

އާސެނަލް އާއި ފްރާންސްގެ ކުރީގެ ތަރި ޕެޓްރިކް ވިއެރާގެ މެނޭޖަރުކަމުގެ ދަށުން ފްރާންސް ލީގުގައި ނީސް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ނީސް ބަލިވީ އަލަށް ޕްރޮމޯޓްވި ސްޓޭޑް ޑެ ރެއިމްސް އާ ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ކުޅުންތެރިއެއްގެ ގޮތުން ރިޓަޔާރ ކުރުމަށްފަހު ވިއެރާ ވަނީ އިންގްލެންޑްގެ މެންޗެސްޓާރ ސިޓީގެ ޑިވެލޮޕްމެންޓް ކޯޗެއްގެ ގޮތުން މަސައްކަތްކޮށްފައެވެ. އަދި ފަހުން އޭނާ ވަނީ އެމެރިކާގެ ނިއު ޔޯކް ސިޓީގެ މެނޭޖްމަންޓުގައި މަސައްކަތްކޮށްފައެވެ. ވިއޭރާ ނީސް އާ ހަވާލުވީ މިއަހަރުގެ ޖޫން މަހުގައެވެ.

ރޭގެ މެޗުގެ ރެއިމްސްގެ ހަމައެކަނި ގޯލު މެޗުގެ ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މި ސީޒަނުގައި އަލަށް އެކުލަބާ ގުޅުނު މާލީގެ ފޯވާޑް މޫސާ ޑޫމްބިއާއެވެ.

ރޭގެ މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކުރި މޫސާ ޑޫމްބިއާ

ރޭގެ މެޗަށްފަހު ވިއެރާ ބުނެފައިވަނީ، އޭނާގެ ޓީމަށް މިމެޗުގައި ޑްރޯއެއް ހައްޤު ކަމަށާއި، މެޗުގެ ކުރީކޮޅުގައި ގޯލެއް ވަނުމުން އުނދަގޫވިނަމަވެސް، ކުޅުންތެރިން ދެއްކި ހިތްވަރަށް ސާބަސް ދޭނެޖެހޭ ކަމަށެވެ. އަދި ގޯލް ޖަހަން ރަނގަޅު ފުރުޞަތު ލިބުނުނަމަވެސް، އޭގެ ބޭނުން ނުހިފުމުން އެކަމާ ހިތާމަކުރާކަމަށެވެ.

މި ސީޒަނަށް ނީސް ތައްޔާރުވިއިރު އެޓީމުގެ މުހިއްމު ބައެއް ކުޅުންތެރިންވަނީ ޓީމާ ވަކިވެގެން ގޮސްފައެވެ. އޭގެ ތެރޭގައި، އިންގްލެންޑްގެ ފުލްހަމް އަށް ބަދަލުވި ސެރީ އާއި، ބޮރޫޝިއާ މޮންޗެންގްލޭޑްބާގް އަށް ބަދަލުވި އަލަސާނެ ޕްލީ ހިމެނެއެވެ. އަދި ރޭގެ މެޗުގައި އެޓީމުގެ އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީ ކުޅެފައެއް ނުވެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *