ރެކޯޑު ފީއަކަށް އެތްލެޓިކް ބިލްބާއޯގެ ކީޕަރު ޗެލްސީއަށް

ރެކޯޑު އަދަދެއްގެ ފީއެއް ދައްކައިގެން ޗެލްސީއިން ސްޕެނިޝް ލީގުގެ ކްލަބް އެތްލެޓިކް ބިލްބާއޯގެ އެއް ނަމްބަރު ކީޕަރު ކެޕާ އަރިޒަބަލަގާ ޗެލްސީއަށް ގެނެސްފިއެވެ.
ޗެލްސީއިން ކެޕާ ގެނައީ 71 މިލިއަން ޕައުންޑުގެ ރިލީޒް ކްލޯސް ދައްކާފައެވެ. މިއާއެކު ކެޕާ ވެގެންދިޔައީ ޗެލްސީގެ ތާރީހުގައި އެ ކްލަބަށް ގެނައި އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ. މީގެކުރިން ޗެލްސީއިން ގެނައި އެންމެ އަގުބޮޑު ކުޅުންތެރިއަކީ ނިމިދިޔަ ސީޒަނުގައި 60 މިލިއަން ޕައުންޑަށް ގެނައި އަލްވާރޯ މޮރާޓާއެވެ.
ކެޕާ ވަނީ ޗެލްސީއާއެކު 7 އަހަރުދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައެވެ. ފާއިތުވެދިޔަ ދެސީޒަނުގައިވެސް ބިލްބާއޯއަށް ކުޅުނު މި ގޯލްކީޕަރަކީ ސްޕެއިން ގައުމީ ޓީމުގެ ދެވަނަ ގޯލްކީޕަރެވެ.
މީގެ އިތުރުން ކެޕާއަކީ މިހާރު ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރަށެވެ. މިހާރު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަކީ މީގެ ވިއްސަކަށް ދުވަސް ކުރިން ލިވަޕޫލްއިން 66.8 މިލިއަން ޕައުންޑަށް ގެނައި ބްރެޒިލްގެ ކީޕަރު އެލިސަން ބެކާ އެވެ.
Advertisement


Leave a Reply