ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ހާޓް ބާންލޭއަށް

Advertisement

ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ހާޓް ބާންލޭއަށް

އަޙްމަދު ޔަޝައު

އިންގްލެންޑްގެ މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ އުމުރުން 31 އަހަރުގެ ގޯލްކީޕާރ ޖޯ ހާޓް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ބާންލޭއަށް ބަދަލުވެއްޖެއެވެ.

ހާޓް ބާންލޭއަށް ބަދަލުވީ 3.5 މިލިއަން ޕައުންޑްގެ އަގަކަށެވެ. ކުރިން އިންގްލެންޑްގެ ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކުރި ގޯލްކީޕަރު ބާންލޭއަށް ބަދަލުވުމުގެ ކުރިން ލޯން އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަންގައި ކުޅެފައިވަނީ ވެސްޓްހޭމް ޔުނައިޓެޑަށެވެ.

Advertisement

ސިޓީ އަށް 266 މެޗު ކުޅެދީފައިވާ ތަޖުރިބާކާރު ގޯލްކީޕަރު އިންގްލެންޑްގެ ބްލެކްޕޫލް އާއި ބާމިންގްހަމްގެ އިތުރުން އިޓަލީގެ ޓޮރީނޯއަށްވެސް ލޯން އެއްބަސްވުމެއްގެ ދަށުން ކުޅެފައިވެއެވެ. 2016 ވަނަ އަހަރު ޕެޕް ގާޑިއޯލާ ސިޓީއާ ހަވާލުވިފަހުން ހާޓްއަށް ސިޓީގެ ފުލް އެގާރައިގަ ކުޅެލަން ލިބިފައިވަނީ އެންމެ މެޗެކެވެ.

ހާޓް މެންޗެސްތާރ ސިޓީ ޖާޒީގައި

ބެލެވޭގޮތުގައި ބާންލޭއިން ހާޓްގެ ސޮއިހޯދީ އެޓީމުގެ ގޯލްކީޕަރުން ކަމުގައިވާ ނިކް ޕޯޕް އާއި ޓޮމް ހީޓަން އަށް ސީޒަން ފެށެން ކައިރިވެފައިވަނިކޮށް އަނިޔާވުމާ ގުޅިގެން ކަމަށް ބެލެވެއެވެ. ނިމިގެން ދިޔަ ވޯލްޑްކަޕް އިންގްލެންޑް ސްކޮޑުން ޖާގަ ނުލިބުނު ހާޓް ބުނެފައިވަނީ، ކޮންމެ ޓީމަކުން ހުށަހެޅުމެއް އަޔަސް އޭނާހުރީ އެފުރުޞަތުގެ ބޭނުންހިފަން ތައްޔާރަށް ކަމަށެވެ.

ހާޓް ވަނީ ސިޓީ އާއެކު ދެ ޕްރިމިއަރ ލީގާއި އެފް އޭ ކަޕެއް ހޯދާފައެވެ. އަދި ޕްރިމިއަރ ލީގުގެ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑު 4 ފަހަރު ހޯދާފައެވެ.

ބާންލޭއިން ވަނީ 15 މިލިއަން ޕައުންޑްގެ އަގަކަށް މިޑްލްސްބަރާއަށް ކުޅެމުން އަންނަ ޑިފެންޑަރ ބެން ގިބްސަންގެ ސޮއިވެސް ހޯދާފައެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *