ގޯލްޑަން ފުޓްސަލް ޗެލެންޖް: ގަދަ 16 ގެ މެޗުތައް މިރޭ ފަށަނީ

Advertisement

ގޯލްޑަން ފުޓްސަލް ޗެލެންޖް: ގަދަ 16 ގެ މެޗުތައް މިރޭ ފަށަނީ

ޢަލީ ޝަހީމް
ޒޯން ހައެއްގެ ޗެމްޕިއަންކަން ހޯދި ލ. ގަން ޓީމު. ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ގެ މެޗުތައް މިރޭ ފަށާނެއެވެ. ގަދަ 16 ގައި ކުޅޭނީ ޖުމްލަ ހަ މެޗެވެ. ޒޯން 7 އަދި 8 އިން އެއްޓީމު ބައިވެރިވެފައިވާތީ އެ ދެޒޯނުން ގަދަ 16 އަށް ދަތުރު ކޮށްފައިވަނީ ދެޓީމެވެ. ގަދަ 16 ގައި މެޗެއް ކުޅެން ނުޖެހޭތީ ކ. މާފުށްޓާއި ސ. ފޭދޫ މިހާރުވެސް ވަނީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ.

މިރޭ ކުޅޭ ފުރަތަމަ މެޗުގައި ޒޯން ފަހެއްގެ ޗެމްޕިއަން ތިމަރަފުށި ނުކުންނާނީ ޒޯން ހަތަރެއްގެ ދެވަނަ ހޯދި ދަނގެއްޗާއި ދެކޮޅަށެވެ. ތިމަރަފުށްޓަކީ މި މުބާރާތް 2016 ވަނަ އަހަރު ކާމިޔާބު ކުރި ޓީމެވެ. މިރޭ ކުޅޭ ދެވަނަ މެޗުގައި ޒޯން ހައެއްގެ ޗެމްޕިއަންކަން ހޯދި ލ. ގަން ޓީމު ނުކުންނާނީ ޒޯން ފަހެއްގެ ދެވަނަ ހޯދި ފ. ނިލަންދޫއާ ދެކޮޅަށެވެ. ނިލަންދޫ ވަނީ ޒޯން މުބާރާތުގައި ތިމަރަފުށްޓާއި 1-1 އެއްވަރުކޮށްފައެވެ. މިރޭ ކުޅޭ ތިންވަނަ މެޗުގައި އަލިފުށި ނުކުންނާނީ ދާންދޫއާ ދެކޮޅަށެވެ. އަލިފުށްޓަކީ ޒޯން ދޭއްގެ ޗެމްޕިއަން ޓީމެވެ. ދާންދޫ ގަދަ 16 އަށް ދަތުރުކުރީ ޒޯން ހައެއްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.

Advertisement

ގަދަ 16 ގެ މެޗުތައް ކުޅޭނީ މިރޭ އަދި މާދަމާ ރެއެވެ. އެއަށްފަހު ކުއާޓާ ފައިނަލަށްދާ އަށްޓީމު ވާދަކުރާ މެޗުތައް އޮންނާނީ މިމަހުގެ 8 ވަނަ ދުވަހުގެ ރެއެވެ. ސެމީ ފައިނަލް ދެމެޗު މިމަހުގެ 12 ވަނަ ދުވަހުގެރޭ ކުޅޭއިރު ފައިނަލް މެޗު އޮންނާނީ މިމަހުގެ 15 ވަނަ ދުވަހުގެ ރެއެވެ. މި މުބާރާތުގައި މިއަހަރު 55 ރަށަކުން ވަނީ ބައިވެރިވެފައެވެ.

 

މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް:

20:15: ތ. ތިމަރަފުށި – އދ. ދަނގެތި

21:15: ލ. ގަން – ފ. ނިލަންދޫ

22:15: ރ. އަލިފުށި – ގއ. ދާންދޫ

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *