ކޯޓުއާ ދޫކޮށްލަން އެޖެންޓް ޗެލްސީގައި އެދިއްޖެ

Advertisement

ކޯޓުއާ ދޫކޮށްލަން އެޖެންޓް ޗެލްސީގައި އެދިއްޖެ

ފަހުމިނެޓް
ޗެލްސީގެ ކީޕަރު ކޯޓުއާ. އޭނާ ގެންދިއުަމަށް ރެއާލް މެޑްރިޑުން ޝައުގުވެރިވޭ

 

ޗެލްސީގެ އެއްނަންބަރު ގޯލްކީޕަރު، ބެލްޖިއަމްގެ ތިބައު ކޯޓުއާ ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅުމުގެ ހުއްދަދޭން، އޭނާގެ އެޖެންޓް ޗެލްސީގައި އެދިއްޖެއެވެ.

ޗެލްސީއާއެކު ކޯޓުއާގެ އެއްބަސްވުން މިސީޒަނުގެ ނިޔަލަށް ނިމޭއިރު ރެއާލް އިންވެސް ދަނީ ކޯޓުއާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޗެލްސީއަށް ބަދަލުވުމަށްފަހު ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑަށްވެސް ލޯނު އެއްބަސްވުމުގެދަށުން ކުޅެފައިވާ 26 އަހަރުގެ ގޯލްކީޕަރުގެ ދެ ކުދިންވެސް ތިބެއެވެ. އެދެކުދިންވެސް ދިރިއުޅެނީ އެކުދިންގެ މަންމަ، ކޯޓުއާގެ ކުރީގެ ލޯބިވެރިޔާއާއެކު ސްޕެއިންގައެވެ.

ކޯޓުއާ ރެއާލް އަށް ވިއްކާލުމާމެދު ޗެލްސީން ދެކޮޅު ހަދާފައިވާއިރު ކޯޓުއާވެސް ވަނީ ސްޕެއިންގައި ތިބީ އޭނާގެ ކުދިން ގާތަށް ބަދަލުވާން ބޭނުންވާކަމަށް ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލް މެޑްރިޑުން ދަނީ ކޯޓުއާ ގަތުމަށް، މިހާރު ޗެލްސީގައި އޭނާއަށް ހަފްތާއަކު ލިބޭ އެއް ލައްކަ ޕައުންޑަށްވުރެ ބޮޑު އަދަދެއް ހުށަހަޅަން ތައްޔާރުވަމުންނެވެ.

މިކަމާގުޅޭގޮތުން ކޯޓުއާގެ އެޖެންޓް ހެންރޮޓޭ ބުނަނީ، ކޯޓުއާ ވިއްކާލައިގެން ޗެލްސީއަށް މިސީޒަނުގައި އޭނާގެ ބަދަލަށް ރަނގަޅު ކީޕަރެއް ގަނެވިދާނެކަމަށެވެ. މިސީޒަނުގައި ކޯޓުއާ ޗެލްސީއިން ބެހެއްޓިނަމަވެސް، އަންނަ ސީޒަނަށް ޗެލްސީން އިތުރު ކީޕަރެއް ގަންނަން ޖެހޭނެކަމަށް ހެންރޮޓޭ ބުނެފައިވެއެވެ. އަންނަ ސީޒަން ނިމޭއިރު ކޯޓުއާގެ ކޮންޓްރެކްޓް މުއްދަތު ހަމަވާއިރު އޭނާއަށް ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ލިބޭނެއެވެ.

“މީހުން ދެރަވާނެ އޭނާ ކުލަބް ދޫކޮށް ދާން ބޭނުންވުމުން. އެކަން ގަބޫލުކުރަން. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތެއް އެއީ އޭނާ ދާންބޭނުންވަނީ އޭނާގެ ދަރިން ގާތަށް ދިރިއުޅުން ބަދަލުކުރުމުގެ މަގްސަދުގައިކަން” އަންނަ ހަފްތާގައި ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން ރެއާލް އަށް ބަދަލުވާން ބޭނުންވެފައި ހުރި ކޯޓުއާގެ އެޖެންޓް ބުންޏެވެ.

ޗެލްސީއަށް 154 މެޗު ކުޅެދީފައިވާ ކޯޓުއާ ވަނީ އެޓީމާއެކު ދެފަހަރުމަތިން ޕްރިމިއަރ ލީގު ކާމިޔާބުކޮށް، އެފްއޭ ކަޕާއި ލީގް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *