ހިގައިން އޭސީ މިލާނަށް، ބޮނޫޗީ އެނބުރި ޔުވެންޓަސް އަށް

Advertisement

ހިގައިން އޭސީ މިލާނަށް، ބޮނޫޗީ އެނބުރި ޔުވެންޓަސް އަށް

ފަހުމިނެޓް
އޭސީ މިލާނުން ޔުވެންޓަސް އަށް ބަދަލުވި ބޮނޫޗީ

ވޭތުވެދިޔަ ދެ ސީޒަނުގައި ޔުވެންޓަސްއަށް ކުޅުނު އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިގައިން އޭސީމިލާނަށް ބަދަލުވިއިރު، އެންމެ ސީޒަނަކަށްފަހު ލިއޮނާޑޯ ބޮނޫޗީ އެނބުރި ޔުވެންޓަސް އަށް ބަދަލުވެއްޖެއެވެ.

ހިގައިން، 30، އޭސީ މިލާނަށް ބަދަލުވީ އެއް އަހަރުދުވަހުގެ ލޯނު އެއްބަސްވުމުގެ ދަށުންނެވެ. އާޖެންޓީނާގެ ރިވަރ ޕްލޭޓުން ކެރިއަރު ފެށި ހިގައިން ވަނީ މީގެކުރިން ސްޕެއިންގެ ރެއާލް މެޑްރިޑާއި އިޓަލީގެ ނަޕޯލީއަށް ވެސް ކުޅެފައެވެ. 2016 ވަނައަހަރު އޭނާ ޔުވެންޓަސް އަށް ބަދަލުވީ  އޭރުގެ އިޓަލީ ފުޓުބޯޅައިގެ ރެކޯޑް އަގެއްކަމަށްވާ 90 މިލިއަން ޔޫރޯއަށެވެ. އޭނާ ޔުވެންޓަސް ޖާޒީގައި ވަނީ އެޓީމަށް 105 މެޗު ކުޅެދީ، 55 ގޯލު ޖަހާފައެވެ.

Advertisement

ބޮނޫޗީ، 31، ފާއިތުވެދިޔަ ސީޒަނުގައި އޭސީ މިލާނަށް ބަދަލުވީ ޔުވެންޓަސްގައި ހަތް އަހަރު ހޭދަކުރުމަށްފަހު އެވެ. އެނާވަނީ ޔުވެންޓަސްގެ ޖާޒީގައި އިޓާލިއަން ސެރީ އޭ ހަފަހަރުމަތިން ކާމިޔާބު ކޮށްފައެވެ. މިދިޔަ ސީޒަނުގައި އޭސީ މިލާނަށް 51 މެޗު ކުޅެދިން ބޮނޫޗީއަކީ އެޓީމުގެ ކެޕްޓަންވެސް މެއެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *